އިރާނުން ތެޔޮ ގެންދާ ޗައިނާގެ ބޯޓުތައް ހުއްޓުވާނަން: އެމެރިކާ

Apr 15, 2026, 7:29 AM
އެމެރިކާގެ މަނަވަރެއް

އެމެރިކާގެ މަނަވަރެއް

އިރާނުން ތެޔޮ ހިފައިގެންދާ ޗައިނާގެ ތެޔޮ ބޯޓުތައް ހުއްޓުވާނެ ކަމަށް އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވެއްޖެ އެވެ.

ވޮޝިންޓަންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ބެސެންޓް ވިދާޅުވީ، ޗައިނާއަށް ބޭނުންވާ ތެޔޮ އެހެން ގައުމުތަކުން ހޯދިދާނެ ކަމަށެވެ.

"އެމީހުންނަށް ތެޔޮ ލިބޭނެ. އެކަމަކު އިރާނުގެ ތެލެއް ނުލިބޭނެ،" ބެސެންޓް ވިދާޅުވި އެވެ.

އިރާނުން އެންމެ ގިނައިން ތެޔޮ ގަންނަ ގައުމަކީ ޗައިނާ އެވެ. ބެސެންޓް ވަނީ ޗައިނާ އަކީ "އިތުބާރު ނުކުރެވޭ ބައިނަލްއަގުވާމީ ބައިވެރިއެއް"ގެ ގޮތުގައި ސިފަކުރައްވައި ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ޗައިނާއިން ތެޔޮ ރައްކާކޮށް، ބައެއް މުދާ އެކްސްޕޯޓް ކުރުން ލިމިޓް ކުރަމުންދާ ކަމަށެވެ. މި މައްސަލައިގައި ޗައިނާގެ އޮފިޝަލުންނާ ވާހަކަދައްކަވާފައިވާ ކަމަށް ބެސެންޓް ވިދާޅުވި ނަމަވެސް، މި ދެބަސްވުމުގެ ސަބަބުން މެއި މަހުގެ މެދުތެރޭގައި ރައީސް ޓްރަމްޕް، ޗައިނާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރު ބުރޫއަރާފާނެތޯ ކުރި ސުވާލަށް ޖަވާބެއް ނުދެއްވަ އެވެ.

"އަޅުގަނޑު ދެކޭގޮތުގައި މި ދަތުރުގެ މެސެޖަކީ ހަމަޖެހުން. މިދިޔަ ހޫނު މޫސުމުން ފެށިގެން ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހަމައަކަށް އެޅިފައި،" ބެސެންޓް ވިދާޅުވި އެވެ.

މީގެ އިތުރުން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް ހިންގާ އޮޕަރޭޝަނަކީ ވަކި ގައުމަކަށް ބެލުމެއް ނެތް، ހުރިހާ ގައުމަކަށް ހަމަހަމަކޮށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

ސެންޓްކޮމް އިން ހާމަކުރި ގޮތުގައި، އިރާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކާއި ބަނދަރުތަކަށް ވަންނަ އަދި ނުކުންނަ ހުރިހާ އުޅަނދުތަކަކަށް މި ބްލޮކޭޑް ހިނގާނެ އެވެ. އަދި މި އޮޕަރޭޝަންގައި އެމެރިކާގެ ނޭވީގެ ގައިޑަޑް މިސައިލް ޑިސްޓްރޯޔަރުތައް ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox