ތަޖުރިބާ ލިބިފައި ތިބި ހަރު މީހުން އެމްޑީޕީގެ މަގާމުތަކަށް ކުރިމަތިލާން ނަޝީދު ހިތްވަރުދެއްވައިފި

Apr 13, 2026, 8:11 PM
ކުރީގެ ރައީސް ނަޝީދު

ކުރީގެ ރައީސް ނަޝީދު

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މަގާމުތަކަށް ތަޖުރިބާ ލިބިފައި ތިބި، ހަރު މީހުން ކުރިމަތިލާން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިތްވަރުދެއްވައިފި އެވެ.

ތަޖުރިބާ ލިބިފައި ތިބި މީހުން ޕާޓީގެ މަގާމުތަކަށް ކުރިމަތިލާން ނަޝީދު ހިތްވަރު ދެއްވާފައި މި ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރަން އެންމެ ރަނގަޅު ބޭފުޅުންނާމެދު މަޝްވަރާ ކުރެވެމުންދާ ދަނޑިވަޅެއްގެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ ޕާޓީގެ ހިންގުމުގެ އެންމެ އިސް ރޯލު އަދާކުރަންޖެހޭ މަގާމެވެ. އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް އިއުލާނު ކުރައްވާފައި ވަނީ މީކާއީލް އަހުމަދު ނަސީމް، 32، އެކަންޏެވެ. 

ޗެއާޕާސަންގެ މައުލޫގައި ވާހަކަ ދެކެވެމުން ދަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ތަޖުރިބާ ލިބިފައި ތިބި ހަރު މީހުން އެމްޑީޕީގެ މަގާމުތަކަށް ކުރިމަތިލުމުން ޕާޓީއަށް ފައިދާވާނެ ކަމަށެވެ. 

"އެމްޑީޕީގެ ގައުމީ މަޖިލީހަށް ބޭނުންވަނީ ހުރިހާ އުމުރެއްގެ މީހުން. ޒުވާނުންނާއި ތަޖުރިބާ ހުރި، ހަރު މީހުން ވެސް މެ. ޕާޓީގައި ތިއްބެވި ތަޖުރިބާ ހުރި ބޭފުޅުން މަގާމުތަކަށް ޝައުގުވެރިވުމަކީ ޕާޓީއަށް ފައިދާވާނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވި އެވެ. 

ޗެއާޕާސަންގެ މަގާމަށް މީކާއީލް ކުރިމަތިލައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާއިރު، އެ މަގާމަށް ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ، 63، އެ މަގާމަށް ގެންނަން ޕާޓީގެ ފެކްޝަނަކުން މަސައްކަތް ކުރަމުންދާ ކަމަށް އެބަ ވާހަކަ ދެކެވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މާރިޔާ ހުންނެވީ 2008 އިން ފެށިގެން 2011 އާ ހަމައަށެވެ. ދިވެހިރާއްޖޭގައި ބޭއްވި ގިނަ ޕާޓީ އެކުލެވޭ ފުރަތަމަ އިންތިހާބު އެމްޑީޕީ އިން ކާމިޔާބު ކުރިއިރު ޗެއާޕާސަންއަކަށް ހުންނެވީ މާރިޔާ އެވެ. އެއީ ނަޝީދަށް ފަހު ޕާޓީގެ ދެ ވަނަ ޗެއާޕާސަން އެވެ. 

ނަޝީދާއި މާރިޔާގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވާފައި ވަނީ މޫސާ މަނިކު (ރީކޯ މޫސަ) އާއި އަލީ ވަހީދު އަދި ހަސަން ލަތީފެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox