"ތަޖުރިބާ ހުރި މީހުން މަގާމުތަކަށް ކުރިމަތިލުމުން ފައިދާވާނެ"
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަޝްވަރާތައް ކުރިއަށްދާއިރު، ޕާޓީގެ މަގާމުތަކަށް ތަޖުރިބާކާރު ހަރު މީހުން ކުރިމަތިލުމަށް ރައީސް ނަޝީދު ބާރުއަޅުއްވައިފިއެވެ. ނަޝީދު ވިދާޅުވީ ޕާޓީގެ ހިންގުމަށް ޒުވާނުންނާއި ތަޖުރިބާހުރި ބޭފުޅުންގެ ބައިވެރިވުން މުހިންމު ކަމަށެވެ. މި މަގާމަށް މިހާތަނަށް މީކާއީލް ނަސީމް ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު، ކުރީގެ ޗެއާޕާސަން މާރިޔާ ދީދީ ގެނައުމުގެ ވާހަކަތަކެއްވެސް ދަނީ ދެކެވެމުންނެވެ.