ކާމީޔާބީ ފާހަގަ ކުރަން އެމްޑީޕީ އިން ބޭއްވި ޖަލްސާއަށް އެތެރޭގެ އަރައިރުންވުމުގެ ހިޔަނި

ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރަން އެމްޑީޕީ އިން ބޭއްވި ޖަލްސާގެ ތެރެއިން: ޕާޓީގެ ފެކްޝަންތަކުގެ މެދުގައި އޮތް ނުތަނަވަސްކަން ރޭ ހާމަވި / ދައުރު ނޫސް

ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރަން އެމްޑީޕީ އިން ބޭއްވި ޖަލްސާގެ ތެރެއިން: ޕާޓީގެ ފެކްޝަންތަކުގެ މެދުގައި އޮތް ނުތަނަވަސްކަން ރޭ ހާމަވި / ދައުރު ނޫސް

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރަން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ރޭ ބޭއްވި ޖަލްސާއަށް، އެ ޕާޓީގެ ލީޑަރުންގެ މެދުގައި އޮތް ދެކޮޅުވެރިކަމާއި އެއް ބަޔަކު އަނެއް ބަޔަކަށް އޮތް ނުނިޔަތުގެ ހިޔަނި އެޅިއްޖެ އެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމައި ސިޓީ ކައުންސިލުގެ މެޖޯރިޓީ ލިބުނީ އެމްޑީޕީއަށެވެ. އަދި ފެންނަ ނުފެންނަ ވޯޓުގައި 68 ޕަސެންޓު ރައްޔިތުން ބުނީ ބޮޑު ދެ އިންތިހާބު އެއްކުރަން ނުފެންނަ ކަމަށެވެ. އެއީ އެމްޑީޕީ އިން ވަކާލާތު ކުރި ގޮތެވެ. 

ޕާޓީގެ ތެރޭގައި އިއްޔެ މައްސަލަ ޖެހުނީ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުދޭން ނިންމި ކަމަށް އަޑު ފެތުރުމުންނެވެ. 

Advertisement

"މި އުފާވެރި ރޭ ވަރަށް ހިތްދަތިވެއްޖެ،" އެފްރިކާގެ ގާނާގައި ދިރިއުޅުއްވަމުން މި ނިމުނު އިންތިހާބުގެ ކެމްޕެއިނަށް ރާއްޖެ ވަޑައިގެން އުޅުއްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. 

ނަޝީދު އާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއަކީ ޕާޓީގެ މައިގަނޑު ތިން ފެކްޝަނުގެ ތެރެއިން އެއް ފެކްޝަނުގެ ދެ ލީޑަރުންނެވެ. ދެން އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ފެކްޝަނެވެ. 

ނަޝީދުގެ ފެކްޝަނުން ބުނީ، އެ ޖަލްސާގައި ވާހަކަ ދައްކަވަން ނަޝީދަށް ފުރުސަތު ދިނުމަށްފަހު ކެންސަލް ކުރީ ކަމަށެވެ. އެ ނިންމުން ނިންމީ، ސޯލިހުގެ ބާރުއެޅުއްވުމަށް ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ކަމަށް ނަޝީދުގެ ފެކްޝަނުން ތުހުމަތު ކުރެ އެވެ. 

‏"ޗެއާ އަރިހު އިއްޔެ ވެސް ދެންނެވިން އަޅުގަނޑަށް ފުރުސަތު ދިނުމުން މައްސަލަ ޖެހޭނެ ނޫންހޭ. ވިދާޅުވީ ތިމަންނާގެ ނިންމުމޭ. އައި ވިލް ޑިސައިޑް. ކޮންމެޔަކަސް ޕާޓީގެ އެކުވެރިކަން ވަރުގަދަ ކުރުމަށް އަޅުގަނޑަށް ފުރުސަތު ނުދެއްވި ނަމަވެސް ރައީސް ނަޝީދަށް ދިނުން ކުރިމަގަށް މުހިންމު ކަމަށް ފެނޭ. ކާމިޔާބު ޖަލްސާއަކަށް އެދެން،" އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ފައްޔާޒް ވިދާޅުވެފައިވެ އެވެ.  

އެންމެފަހުން ނަޝީދު އާއި ފައްޔާޒް ރޭގެ ޖަލްސާއަށް ވެސް ވަޑައިނުގެންނެވި އެވެ. އެކަމަކު، އެ ދެ ބޭފުޅުންގެ ނަން ޖަހާފައި އިން ދެ ގޮނޑި ޖަލްސާގައި ހުހަށް އިނެވެ. އެ ދެ ބޭފުޅުން ޖަލްސާއަށް ވަޑައިނުގަތުމުން އެ ދެ ގޮނޑި އެތަނުން ނުނެގި ސަބަބެއް ނޭނގެ އެވެ. 

އެ ޖަލްސާގެ ތެރެއިން، ޖަލްސާއަށް ދިޔަ ނަޝީދުގެ ސަޕޯޓަރުން "އަންނި ކޮބާހޭ" ގޮވަމުންދިޔަ އެވެ. އެ ދަނޑިވަޅު މެންބަރުންތަކެއް އެއްތަނަކަށް ބޮނޑިވެ، އެއް ބަޔަކު އަނެއް ބައެއްގެ ގަޔަށް އަތްލައި، އިނގިލި ދިއްކޮށް ހެދި މަންޒަރު ފެނުނެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރަން އެމްޑީޕީ އިން ބޭއްވި ޖަލްސާގެ ތެރެއިން ދެ ފެކްޝަނެއްގެ ސަޕޯޓަރުން މެދުގައި ހިނގި ހަމަނުޖެހުމެއް: އިއްޔެ ސޯޝަލް މީޑިއާގައި ދެ ފެކްޝަނުން ޒުވާބުކޮށްފައިވޭ -- ފޮޓޯ: އަނޫފް ޖުނައިދު / ދައުރު ނޫސް
ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރަން އެމްޑީޕީ އިން ބޭއްވި ޖަލްސާގެ ތެރެއިން ދެ ފެކްޝަނެއްގެ ސަޕޯޓަރުން މެދުގައި ހިނގި ހަމަނުޖެހުމެއް: އިއްޔެ ސޯޝަލް މީޑިއާގައި ދެ ފެކްޝަނުން ޒުވާބުކޮށްފައިވޭ -- ފޮޓޯ: އަނޫފް ޖުނައިދު / ދައުރު ނޫސް

އެ ޖަލްސާއަށް ފަހު ދަންވަރު 1:16 ގައި ޗެއާޕަސަން ގަޕޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒްއަށް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ، ވާހަކަތައް ފެތުރުނީ ޖަލްސާގައި ވާހަކަ ދައްކަވަން ފައްޔާޒް އާއި ނަޝީދު އެދިވަޑައިގެންފައިވާތީ އެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރައްވަމުން ދަނިކޮށް ކަމަށެވެ. 

"މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަން ކުރީގެ ޗެއާ ފަޔާ އާއި ރައީސް ނަޝީދު އެދިވަޑައިގެންނެވި. އެބޭފުޅުންނަށް އެ ފުރުސަތު ހަމަޖެއްސުމަށް އަޅުގަނޑު މަސައްކަތް ކުރަމުންދަނިކޮށް، މަސްލަހަތު ގެއްލޭ ގޮތަށް ތި ފެތުރުއްވި ވާހަކަތަކާ ގުޅިގެން އަޅުގަނޑު ހިތާމަ ކުރަން،" ހަނިމާދޫ ދާއިރާގެ މެންބަރުގެ މަގާމުގައި ވެސް ހުންނެވި ގަޕޯ ވިދާޅުވި އެވެ. 

އޭގެ ކުރިން، ދެ ފެކްޝަނުގެ ސަޕޯޓަރުން ދިޔައީ ސޯޝަލް މީޑިއާގައި އެއް ބަޔަކު އަނެއް ބަޔަކަށް ފާޑުކިޔަމުންނެވެ. މި މައުލޫގައި އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ރޭ އެކްސްގައި ހިޔާލުފާޅު ކުރި އެވެ. 

"ފަޔާ އާއި ރައީސް ނަޝީދަށް ފުރުސަތު ދީފަ ކެންސަލް ކުރީ. އަހަރެމެން މިހަދަނީ ދޮގެއް ނޫން. ކަން ހިނގި ގޮތް އެނގިގެން މި ވާހަކަ މިތާ މިދައްކަނީ. ލަދު ހަޔާތުގެ ޒައްރެއް ހުރި ނަމަވެސް ތިޔަހެން އޮޅުވާލަން މަސައްކަތް ނުކުރާނެ،" އެމްޑީޕީގެ އެކްޓިވިސް ހުސެއިން ޝާފިއު އެކްސްގައި ބުންޏެވެ. 

ނަޝީދު އަދި ފައްޔާޒް ފެކްޝަނަށް ސަޕޯޓު ކުރާ ޕާޓީގެ ބައެއް މެންބަރުން ނިންމީ ކާމިޔާބީ ފާހަގަ ކުރަން ބޭއްވި ޖަލްސާއަށް ނުދާށެވެ. 

"ރައީސް ނަޝީދަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭތީ މިރޭ އެމްޑީޕީގެ ކާމިޔާބު ފާހަގަކުރަން ބާއްވާ ޖަލްސާއަށް ނުދާން ނިންމައިފިި،"  އެމްޑީޕީގެ މެންބަރު އަދި ސޯޝަލް މީޑިއާ ޝަހުސިއްޔަތު ޝަމްއޫން "ލޫކަސް" ޖަލީލް އެކްސްގައި ބުންޏެވެ. 

ނަމަވެސް ސޯލިހުގެ ފެކްޝަނުގެ ހިޔާލު ވަރަށް ތަފާތެވެ. އެ ފެކްޝަނުން ދެކުނީ އިންތިހާބީގެ ކާމިޔާބީ "ވަގަށް ނަގަން" ނަޝީދު އާއި އެމަނިކުފާނުގެ ފެކްޝަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ. 

"ޕޯޑިއަމް ސްލޮޓަކަށް ވުރެ ގައުމު ބޮޑު. ރައްޔިތަކު ނޫޅޭ ފައްޔާޒް އާއި ނަޝީދުގެ ސްޕީޗު އަޑޫ ނީވެގެނެއް. ކައުންސިލަރުންނަށް ހާއްސަ ޖަލްސާއެއްގަ ނުޖެހޭނެ ފުރުސަތު ދޭކަށް. އެއީ އިންސާފެއް ވެސް ނޫން،" އެމްޑީޕީ މެންބަރު މޫސާ އަންވަރު ބުންޏެވެ. 

އެ ބަހުސްގެ ތެރެއިން އެއް ބަޔަކު ބުނީ، ރޭގެ ޖަލްސާގައި ފާހަގަ ކުރަންޖެހޭނީ ކާމިޔާބީގެ ހައްގުވެރިން ކަމަށްވާ އިންތިހާބީ ކެންޑިޑޭޓުން ކަމަށެވެ. 

"މިރޭގެ ޖަލްސާއަކީ ވަކި ލީޑަރަކާ ބެހޭ ޖަލްސާއެއް ނޫން. މިއީ ބާރާއި މަގާމާއި މީހުންގެ ކުރިމަތީގައި ހުންނަވާ ބޭފުޅާއާ ބެހޭ ޖަލްސާއެއް ނޫން. މިރޭގެ ކާމިޔާބީގެ ހައްގުވެރިންނަކީ އިންތިހާބީ މޭޔަރުންނާއި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް،" އެމްޑީޕީގެ ދުވަސްވީ މެންބަރެއް ކަމަށްވާ ޝިފާނާ ވަޖީހު ބުނެފައިވެ އެވެ. 

އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން ބޭއްވި ޖަލްސާއަށް އެތެރޭގެ ކޯޅުންތަކުގެ ހިޔަނި އެޅުމުން، އެ ދަނޑިވަޅުގެ ބޭނުން ހިފޭތޯ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ބައެއް މެންބަރުން ވެސް މަސައްކަތް ކުރި އެވެ. 

"އެމްޑީޕީގެ ލޯގޯގައި އިންނަންވީ ތިލަފަތެއް ނޫން. ފޯއްކިބައެއް،" ޕީއެންސީ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ސުޖާއު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. 

ނަމަވެސް އެމްޑީޕީގެ މެންބަރުން، ޕީއެންސީގެ މެންބަރުންނަށް ރައްދު ދޭން ފެށުމުން، ވެރިކަން ކުރާ ޕާޓީގެ މެންބަރުން ސޯޝަލް މީޑިއާގައި "ފަހަތަށް" ޖެހުނެވެ. 

"އެމްޑީޕީ ތެރޭ ސިޔާސީ ކޯޅުން އޮތީމާ ޕީއެންސީ ބޮޓުން ވަރަށް އުފަލުން އުޅޭހެން ހީވާތީ ދަންނަވަން. އެމްޑީޕީގައި އެކޯޅުން އޮންނަނީ ސިޔާސީ ހަކަތަ ހުރީމާ. ޕީއެންސީގައި އެކަން ނެތީ، ވަޔަކުން ލައްގާފައި އޮތް 'ބޮޑު މުޅަ މަސްގަނޑެއް' ވީމާ. ތިޔަކު އެއްވެސް ސިޔާސީ ވިންދެއް ދިރުމެއް ނުހުންނާނެ،" އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ޕީއެންސީ މެންބަރުންނަށް ރައްދު ދެއްވަމުން ވިދާޅުވި އެވެ. 

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ވެސް ފެކްޝަންތަކުގެ މެދުގައި ޖެހިފައި ހުރި މައްސަލަތައް ތިލަވި އެވެ. އޭގެ ތެރޭގައި ލީޑަރުން އެކުގައި މަސައްކަތް ކުރައްވަން ދެކޮޅު ހެއްދެވުން ހިމެނެ އެވެ. އަދި ޕާޓީގެ އެތެރެއިން ކުރަންޖެހޭ މުހިންމު މަސައްކަތް ކުރާނެ ބަޔަކާމެދު އެއްބަސްނުވެވުމަކީ ވެސް ޖެހުނު މައްސަލައެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox