ދެކުނު ކޮރެއާ ބަލިކޮށް މެކްސިކޯ އިން ވޯލްޑް ކަޕް ދެ ވަނަ ބުރަށް

Jun 19, 2026, 8:01 AM
ފީފާ ވޯލްޑް ކަޕްގައި ކޮރެއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު މެކްސިކޯ ކުޅުންތެރިން އުފާފާޅުކުރަނީ.

ފީފާ ވޯލްޑް ކަޕްގައި ކޮރެއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު މެކްސިކޯ ކުޅުންތެރިން އުފާފާޅުކުރަނީ.

ޖަސީކޯ، މެކްސިކޯ (ޖޫން 19) - ދެކުނު ކޮރެއާ 1-0 އިން ބަލިކޮށް މެކްސިކޯ އިން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ އެއް ބާކީ މެޗެއް އޮއްވައި ކަށަވަރުކޮށްފި އެވެ. 

ވޯލްޑް ކަޕް ބާއްވާ ތިން ގައުމުގެ ތެރޭގައި ހިމެނޭ މެކްސިކޯ އިން ވަނީ ކުޅުނު ފުރަތަމަ ދެ މެޗުން ދެކުނު އެފްރިކާ އާއި ދެކުނު ކޮރެއާ ބަލިކޮށްފަ އެވެ.  ބާކީ މެޗެއް އޮއްވައި މެކްސިކޯ އަށް ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި، ގަދަ 32 ޓީމު ވާދަކުރާ ބުރުގެ ޖާގައެއް ވަނީ ޔަގީންވެފަ އެވެ. އެއީ، މެކްސިކޯ އިން ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓް ހޯދިއިރު، ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ ދެކުނު ކޮރެއާ އިން މެކްސިކޯއާ ޕޮއިންޓުން އެއްވަރުކުރި ނަމަވެސް ހެޑް ޓު ހެޑް އިން ކުރި ލިބޭނީ މެކްސިކޯ އަށެެވެ. 

ގްރޫޕް އޭގެ ތާވަލަށް ބަލާއިރު، މެކްސިކޯ ދެ މެޗުން ހަ ޕޮއިންޓް ހޯދާފައިވާއިރު، ދެކުނު ކޮރެއާ އޮތީ ދެ މެޗުން ތިން ޕޮއިންޓްގަ އެވެ. ތިން ވަނައިގައި އޮތް ޗެކް ރިޕަބްލިކާއި ހަތަރެއްގައި އޮތް ދެކުނު އެފްރިކާ އަށް ލިބިފައިވަނީ ޕޮއިންޓެކެވެ. ފަހު މެޗުތަކަށް ބަލާއިރު، ޗެކް ރިޕަބްލިކުން ކުޅޭނީ މެކްސިކޯއާ އެވެ. އަދި، ދެކުނު އެފްރިކާ އާއި ދެކުނު ކޮރެއާ ކުޅޭ މެޗެވެ. 

Advertisement

އެސްޓަޑިއޯ އަކްރަންގައި ކުޅުނު މެޗުގައި މެކްސިކޯ އިން މެޗުގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 50 ވަނަ މިނިޓްގަ އެވެ. މިއީ، ދެކުނު ކޮރެއާގެ ކީޕަރު، ކިމް ސިންގް ޔޫ އަތުން ދޫވި ބޯޅައެއް ހޯދައި، ލުއިސް ރޯމޯ ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. 

ދެކުނު ކޮރެއާ އިން އެންމެ ފަހު ވަގުތާ ހަމައަށް ގޯލެއް ޖެހޭތޯ އެޓޭކް ކުރަމުންދިޔަ ނަމަވެސް މެކްސިކޯ އިން ވަނީ ލީޑުހިފަހައްޓައިފަ އެވެ. ދެ ވަނަ ލަނޑެއް ޖަހަން މެކްސިކޯ އިން ވެސް އެޓޭކްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. 

މެކްސިކޯ އިން މިހާތަނަށް ވޯލްޑް ކަޕެއްގައި އެންމެ ނަތީޖާ ރަނގަޅު ދެ ފަހަރަކީ ވެސް އެ ގައުމުން މުބާރާތް ހޯސްޓްކުރިއިރު އެވެ. އެ ގޮތުން މީގެ ކުރިން، 1970 އާއި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް މެކްސިކޯ އިން ހޯސްޓްކުރިއިރު، ކުއާާޓާ ފައިނަލުގައި ކުޅުނެވެ. މީގެ ހަތަރު އަހަރު ކުރިން، ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި މެކްސިކޯ ވަނީ އޭގެ ކުރިން ބޭއްވި، ހަތް ވޯލްޑް ކަޕްގައި ވެސް ގަދަ 16 ބުރުގައި ކުޅެފަ އެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގައި 48 ގައުމު ކުޅޭތީވެ، ގްރޫޕް ސްޓޭޖަށް ފަހު، އޮންނަ ފުރަތަމަ ނޮކައުޓް ބުރުގައި 32 ޓީމު ވާދަކުރާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox