އުހުދު ޝަރީފް: ކުރިމަގު ފަހި ހިތްވަރު ހުރި ޒުވާނެއް
ގަލޮޅު ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އުހުދު ޝަރީފަކީ އިޖުތިމާއީ އަދި ކުޅިވަރުގެ މައިދާނުގައި ތަޖުރިބާލިބިފައިވާ، ތައުލީމީ ގާބިލު ޒުވާނެކެވެ. ސިޔާސީ ބޮޑެތި ޕާޓީތަކުގެ ނުފޫޒާ ދެކޮޅަށް އޭނާ ނުކުމެވަޑައިގަތީ އަމިއްލަ ހިތްވަރާއެކު ރައްޔިތުންނަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދިނުމުގެ އަޒުމުގައެވެ. އުހުދުގެ ކެމްޕޭން ހަރަކާތްތައް ފޯރިއާއެކު ކުރިއަށްދާއިރު، އޭނާ ފާހަގަކުރެވެނީ ގައުމަށް ބޭނުންވާ ފަދަ ހިންގުންތެރި، ސާދާ މިޒާޖެއްގެ ލީޑަރެއްގެ ގޮތުގައެވެ.