ރެފަރެންޑަމްގައި ސަރުކާރު ބޭނުންވާ ގޮތަށް ކެމްޕޭން ކޮށްދިނުން ޕީއެސްއެމްއިން ދިފާއުކޮށްފި

ރައީސް މުއިއްޒު އަދި ޕީއެސްއެމްގެ އެމްޑީ ޝަކީބު. ފެންނަ ނުފެންނަ ވޯޓުތަކުގައި ހަމަހަމަކަމާއެކު ހޭލުންތެރިކަން އިތުރުކުރުމަކީ ޕީއެސްއެމްގެ ޒިންމާއެއް. ނަމަވެސް މިހާރު ކެމްޕޭން ކުރަމުން އަންނަނީ ހަމައެކަނި ސަރުކާރު ބޭނުންވާ ގޮތަށް --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އަދި ޕީއެސްއެމްގެ އެމްޑީ ޝަކީބު. ފެންނަ ނުފެންނަ ވޯޓުތަކުގައި ހަމަހަމަކަމާއެކު ހޭލުންތެރިކަން އިތުރުކުރުމަކީ ޕީއެސްއެމްގެ ޒިންމާއެއް. ނަމަވެސް މިހާރު ކެމްޕޭން ކުރަމުން އަންނަނީ ހަމައެކަނި ސަރުކާރު ބޭނުންވާ ގޮތަށް --- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ މެދުގައި އަންނަ އެޕްރީލް ހަތަރެއްގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި ހަމައެކަނި ސަރުކާރުން ބޭނުންވާ ގޮތަށް ކޮށްދެމުންދާ ކެމްޕޭން ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ދިފާއުކޮށްފި އެވެ.

މި ފެންނަ ނުފެންނަ ވޯޓުގައި މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. ނަމަވެސް، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބައެއް ބޭފުޅުންނާއި، މަޖިލީހުގެ ކުރީގެ މެންބަރުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި ބައެއް އެހެން ޕާޓީތަކުން ވެސް ވަނީ މި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދިނުމަށް ގޮވާލާފަ އެވެ.

ޕީއެސްއެމްއިން މި ރެފަރެންޑަމްގައި ވަކި ކޮޅެއް ނަގައިގެން ކެމްޕޭން ކޮށްދޭތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށް ހަމަހަމަ ފުރުސަތު ދިނުމަށް އެދި އެ ކުންފުންޏަށް ސިޓީއެއް ފޮނުވާފަ އެވެ. ނަމަވެސް އެ ސިޓީގައި ވަނީ އެމްޑީޕީގެ ކަންބޮޑުވުންތަކަށް އިޖާބަ ނުދީ އެ ކުންފުނިން އަމަލުކުރަމުން އަންނަ ގޮތް ދިފާއުކޮށްފަ އެވެ.

"މިވަގުތު ސިޔާސީ ޕާޓީތަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި މި ކުންފުނިން އިސްކަންދެމުން ގެންދަނީ ކުރީގެ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް މައުލޫމާތު ގެނެސްދިނުމަށް،"އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުالله ޔާމީން ސޮއިކޮށް އެމްޑީޕިއަށް ފޮނުވި ސިޓީގައި ލިޔެފައިވެ އެވެ.

ޕީއެސްއެމްއިން ވަނީ މި ފެންނަ ނުފެންނަ ވޯޓާ ގުޅިގެން "ހޭލުން" ނަމުގައި ޕްރޮގްރާމެއް ފަށާފަ އެވެ. އެ ޕްރޮގްރާމްގައި މިހާތަނަށް ގެނެސްދިން އެޕިސޯޑުތަކުގައި ޕްރޮމޯޓުކޮށްފައި ވަނީ ސަރުކާރުގެ ސްޓޭންޑެވެ.

"މިހާތަނަށް މިފަދަ އެއްވެސް ޕްރޮގްރާމަކަށް ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ ފަރާތަކަށް އެ ހައިސިއްޔަތުން ފުރުސަތު ދީފައި ނުވާނެ."

ޕީއެސްއެމްއިން އެމްޑީޕީއަށް ފޮނުވި ސިޓީ
ޕީއެސްއެމްއިން އެމްޑީޕީއަށް ފޮނުވި ސިޓީ

ޕީއެސްއެމްއިން އެމްޑީޕީއަށް ފޮނުވި ސިޓީ

ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ޕްރޮގްރާމަކަށް އެރުމަށް ފުރުސަތު ނުދޭ ކަމަށް ޕީއެސްއެމްއިން ބުނި ނަމަވެސް އެ ޕްރޮގްރާމުގައި މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުން އަންނަނީ ބައިވެރިވަމުންނެވެ.

ހަމައެހެންމެ، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރިއަށްގެންދާ ކެމްޕޭން ހަރަކާތްތަކުގައި އިސް ސަފުތަކުން ފެންނަ މީހުން އަންނަނީ އެ ޕްރޮގްރާމްގައި އެ ޕާޓީން ބޭނުންވާ ގޮތަށް ދެ އިންތިހާބު އެއްކުރުމަށް ވަކާލާތު ކުރަމުންނެވެ.

އެމްޑީޕީން ވަނީ ހަމަހަމަ ފުރުސަތު ނުދޭތީ ޕީއެސްއެމްގެ އެމްޑީ އަހްމަދު ޝަކީބުއާ ބައްދަލުކުރުމަށް މިއަދު ޕީއެސްއެމްގެ އޮފީހަށް ގޮސްފަ އެވެ. ނަމަވެސް ޝަކީބުއާ ބައްދަލެއް ނުކުރެވެ އެވެ. ޕީއެސްއެމްގެ އިސްވެރިޔަކާ ބައްދަލުކުރުމަށް އެމްޑީޕީން މަސައްކަތް ކުރުމުން އެކަން ވެސް ކާމިޔާބުވާ ގޮތް ނުވުމުން ޝަކީބުގެ އިސްތިއުފާއަށް އެ ޕާޓީން މިއަދު ގޮވާލި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މި ސަރުކާރު އައި ފަހުން ޕީއެސްއެމް ހިންގަމުންދަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ ޓީވީ ހިންގަމުންދަނީ ޕީއެންސީގެ ކެމްޕެއިން ޖަގަހައެއް ގޮތުގައި ކަމަށެވެ.

"ޕީއެސްއެމްއަކީ ގާނޫނީ ގޮތުން ހަމަހަމަ ފުރުސަތުތައް އެންމެންނަށް، ހުރިހާ ޕާޓީތަކަށް ދީގެން އެކަން ކުރެވޭނެ ބައެއް. އެކަމަކު އޭގެ ބަދަލުގައި މިއަދު ޕީއެސްއެމްއިން ކުރާ ކަމަކީ ސަރުކާރަށް ކެމްޕެއިންކުރުން. އެކަމެއް ނުކުރެވޭނެ އެގޮތަކަށް،" ޣަފޫރު ވިދާޅުވި އެވެ.

އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް، އެޑިޓޯރިއަލް މިނިވަންކަން އޮންނަ ތަނަކަށް ޕީއެސްއެމް ވާންޖެހޭނެ ކަމަށް ގާނޫނުގެ އެތަކެއް މާއްދާއެއްގައި ބަޔާންކޮށްފައިވީ ނަމަވެސް ހަމައެކަނި ސަރުކާރުން ބޭނުންވާ ގޮތަށް ރެފަރެންޑަމް ވޯޓުގައި އަމަލުކުރަމުން އަންނާތީ ދައުލަތުގެ މީޑިއާއާ މެދު މީހުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox