ކައުންސިލްތަކުން ހުއްދަ ނުދިނަސް ބޭނުން މަޝްރޫއުއެއް ހިންގޭ ގޮތަށް ގާނޫނު ބަދަލުކުރީ މި ސަރުކާރުން!

ޕީއެންސީން ބޭއްވި ތަރާވީހެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ. ސަރުކާރާ އިދިކޮޅު ފިކުރުގެ ކައުންސިލްތަކުގެ ސަބަބުން މަޝްރޫއުތައް ނުހިންގޭ ކަމަށް ވިދާޅުވި. ނަމަވެސް އެއީ ތެދެއް ނޫން --- ފޮޓޯ: ޕީއެންސީ

ޕީއެންސީން ބޭއްވި ތަރާވީހެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ. ސަރުކާރާ އިދިކޮޅު ފިކުރުގެ ކައުންސިލްތަކުގެ ސަބަބުން މަޝްރޫއުތައް ނުހިންގޭ ކަމަށް ވިދާޅުވި. ނަމަވެސް އެއީ ތެދެއް ނޫން --- ފޮޓޯ: ޕީއެންސީ

ސަރުކާރާ އިދިކޮޅު ފިކުރުގެ ކައުންސިލްތަކުން ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އަޅާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ތުހުމަތު ކުރެއްވި ނަމަވެސް ކައުންސިލްތައް އެއްފަރާތް ކުރުމަށް ފަހު ސަރުކާރުން ބޭނުންވާ މަޝްރޫއުއެއް ހިންގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ބަދަލު ގެނައިކަން ހާމަވެއްޖެ އެވެ.

ފެބްރުއަރީ 26، ގައި އާޓިފިޝަލް ބީޗުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ތަރާވީހެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އިދިކޮޅު ފިކުރުތަކުގެ ކައުންސިލްތަކަށް ފާޑުވިދާޅުވެ އެ ފިކުރަށް ވޯޓު ނުދިނުމަށް ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފަ އެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި ދެއްކެވީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެފަދަ ކައުންސިލްތަކުން ހުރަސް އެޅުމެވެ.

"57 ރަށެއްގައި އަޅުގަނޑުމެން ފެށި މަސައްކަތްތައް ނުފެށިފައި އެބަހުރި ކައުންސިލްތަކުން، އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކީލަ ވިސްނުމުގެ ކައުންސިލްތަކުން ހުއްޓުވާފައި އެކި އުޒުރުތައް ދައްކާފައި ބިން ހަވާލުނުކޮށްގެން. ބިން ހަވާލުކުރަނީ ކައުންސިލްތަކުން،" މުއިއްޒު އެ ރޭ ވިދާޅުވި އެވެ.

އެހެން ނަމަވެސް ޑިސެމްބަރު އެކެއް، 2025، ގައި ގެޒެޓުކުރި ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގައިވާ ގޮތުން ކައުންސިލްތައް އެއްފަރާތް ކުރުމަށް ފަހު މައި ސަރުކާރަށް މަޝްރޫއުތައް ހިންގެ އެވެ.

"އިދާރީ ދާއިރާތަކުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ކައުންސިލްތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް ހުށަހަަޅައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ހުއްދައެއް ކައުންސިލުން ދީފައިނުވާނަަމަ، ލޯކަލް ގަވަމަންޓު އޮތޯރިޓީގެ ހުއްދައާއެކު، އެ މަޝްރޫއުއެއް ނުވަތަ ހަރަކާތެއްގެ މަސައްކަތްތައް އިދާރީ ދާއިރާތަކުގައި ކުރިއަށްގެންދިޔުމުގެ އިހުތިޔާރު ސަރުކާރަށް ލިބިގެންވޭ،" އެ ގާނޫނަށް މި ސަރުކާރުން އިތުރުކުރި 3-107 މާއްދާގެ ނ. ގައި ބުނެފައިވެ އެވެ.

އެލްޖީއޭ ހިންގަނީ މި ސަރުކާރުން ކައުންސިލްތަކުގެ މައްޗަށް ބާރު ފޯރުވުމަށް އުފެއްދި ކައުންސިލް މިނިސްޓްރީގެ ދަށުންނެވެ. އެލްޖީއޭއިން އަމަލުކުރަނީ މުއިއްޒުގެ ސަރުކާރުން އަންގާ ގޮތަށް ކަމަށްވާއިރު ކައުންސިލްތަކުން ހުއްދަ ނުދީގެން އެއްވެސް މަޝްރޫއުއެއް ހުއްޓިފައި އޮތްނަމަ ކައުންސިލްތައް ބައިޕާސް ކުރުމަށް ފަހު އެ މަޝްރޫއުއެއް ސަރުކާރަށް ހިންގޭނެ އެވެ.

މި ސަރުކާރުން އަންނަނީ ލާމަރުކަޒީ ނިޒާމު ރޫޅާލައި ކައުންސިލްތަކުގެ ބާރު ކުޑަކުރުމަށް ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. މީގެ ތެރެއިން ގިނަ ބަދަލުތައް ގެންނަނީ ހަރަދު ކުޑަކުރުމުގެ ނަމުގައި ނަމަވެސް ނިސްބަތުން މައި ސަރުކާރާ އަޅާކިޔާއިރު ކައުންސިލްތަކުގެ ހަރަދު ބޮޑުތަނުން ކުޑަ އެވެ.

މި ބަދަލުތައް ގެނައުމަށް ލޮބީ ކުރުމުގެ ގޮތުން މުއިއްޒު ގެންދަވަނީ އެކި ޕޯޑިއަމްތަކުގައި ކައުންސިލްތައް ބަދުނާމުވާ ގޮތަށް އަމަލުކުރަމުންނެވެ. އަދި އޮޑިޓާ ޖެނެރަލްގެ އޮފީހުން ވެސް ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތައް އޮޑިޓު ކުރުމަށް ވުރެ އިސްކަން ދެމުން އަންނަނީ އިންތިހާބާ ދިމާކޮށް ކައުންސިލްތައް އޮޑިޓުކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox