ރާއްޖެއަށް ބޯމަތިވަމުންދާ ހަނގުރާމައިގެ ވިލާގަނޑު: މެރިޓައިމްގެ ތަޖުރިބާކާރު ކެޕްޓަން ނާޒިމްގެ ނަޒަރުން

ކެޕްޓަން ނާޒިމް

ކެޕްޓަން ނާޒިމް

މެދުއިރުމަތީގެ މަޝްރަހު ހޫނުވަމުންދިއުމާއެކު، ދުނިޔޭގެ ވިޔަފާރި މަގުތަކަށް އަތުވެދާނެ ބަދަލުތަކަކަށް ބައިނަލްއަގުވާމީ މާކެޓްތަކުން ދަނީ ނުހަނު ގާތުން ފާރަވެރިވަމުންނެވެ. އިގްތިސާދީ ގޮތުން ގާތްގަނޑަކަށް އެއްކޮށް އިމްޕޯޓަށް ބަރޯސާވެފައިވާ ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް، ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑުދަތުރުފަތުރުގެ ދާއިރާއަށް އަންނަ ކޮންމެ ބަދަލަކީ ނުހަނު ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ.

ކާބޯތަކެއްޗާއި، ތެލާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން ދިރިއުޅުމުގެ ޒަރޫރީ ހުރިހާ ތަކެއްޗެއް ރާއްޖެއަށް އެތެރެކުރަނީ ކަނޑުމަގުންނެވެ. އެހެންކަމުން، ދުނިޔޭގެ ޝިޕިންގ ރޫޓުތަކަށް ނުވަތަ މުދާ އުފުލާ މާކެޓްތަކަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ރާއްޖޭގެ އިގްތިސާދަށާއި، ތަކެތީގެ އަގަށާއި، ތަރައްގީގެ މަޝްރޫއުތަކަށް ސީދާގޮތުން ކުރާނެ އެވެ.

މިވަގުތު ބައިނަލްއަގުވާމީ ޝިޕިންގ ދާއިރާ އޮތީ ނުރައްކާތެރި މަރުހަލާއެއްގައެވެ. ޝިޕިންގ ކުންފުނިތަކާއި އިންޝުއަރެންސް ދޭ ފަރާތްތަކުން ދަނީ މަޝްރަހަށް އަންނަ ބަދަލުތަކަށް ބަލައި، އޮޕަރޭޝަނަލް ބަދަލުތައް ގެނައުމާ މެދު ގޮތްތަކެއް ނިންމުމުގެ ކުރިން ހާލަތު ދިރާސާކުރަމުންނެވެ.

Advertisement

ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާލަތު ކޮންޓްރޯލްގެ ދަށުގައިވާ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ. އެގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުދާ އުފުލާ ވިއުގަތަކަށް އަރާފައިވާ ލޮޅުންތަކުގެ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ތެލާއި ގޭސް މެދުކެނޑުމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ސަރުކާރުން މިފަދަ ޔަގީންކަމެއް ދެއްވި ނަމަވެސް، ސާފު މައުލޫމާތު ލިބިގެން ނޫނީ ރައްޔިތުންގެ ހިތްތަކުގައިވާ ނުތަނަވަސްކަން ފިލައިގެން ނުދާނެ އެވެ. މިވަގުތު ދިވެހި އާބާދީގައި ހަނގުރާމައެއްގެ ހިތްދަތި ތަޖުރިބާ ސީދާ ގޮތެއްގައި ތަހައްމަލުކުރަން ޖެހުނު މީހުންގެ އަދަދު މަދު ނަމަވެސް، ވާރުތަވަމުން އައިސްފައިވާ ހަނދާންތަކުގެ ސަބަބުން މި ކޮޅިގަނޑުގައި ރާއްޖެ ޖެހި ލިބިދާނެ ގެއްލުމަކާ މެދު ގިނަ ބަޔަކު ދަނީ ވިސްނަމުންނެވެ. ހާއްސަކޮށް، ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެވާ ޝިޕިންގ ދާއިރާއަށް ކުރިމަތިވެދާނެ ބުރައާއި، އޭގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމުގެ ހަރަދުތަކަށް ކުރާނެ އަސަރާ މެދު އޮތް ކަންބޮޑުވުން ބޮޑެވެ.

މި ކަންބޮޑުވުންތަކަށް ފަންނީ ނަޒަރަކުން ބަލައިލުމަށްޓަކައި، ކަނޑުދަތުރުފަތުރުގެ ވިޔަފާރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، ކެޕްޓަން މުހައްމަދު ނާޒިމާ ވާހަކަ ދައްކާލީމެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބައިތޯ ނާޒިމްއާ ސުވާލު ކުރީމެވެ.

"މިހާރު ދުނިޔޭގެ ޝިޕިންގ ދާއިރާއަށް އެންމެ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައިވަނީ، ހަނގުރާމައިގެ ސަބަބުން ޕާރޝިއަން ގަލްފުގެ ކަނޑުގެ މަގުތަކަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން. ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް އުފުލަނީ އެ ސަރަހައްދު މެދުވެރިކޮށް. އެ ސަރަހައްދުގެ ދަތުރުފަތުރަށް ހުރަސްތަކެއް އެޅި ނުވަތަ ބިރުވެރިކަމެއް އުފެދިއްޖެނަމަ، މުދާ އުފުލުމުގެ އަގުތައް ވަގުތުން އުފުލިގެންދާނެ. ބައެއް މާކެޓްތަކުގައި ތެލާ ގުޅުންހުރި ހަރަދުތައް މިހާރުވެސް ގާތްގަނޑަކަށް 20 އާއި 50 އިންސައްތައަށް ވަނީ އުފުލިފައި. މިއީ މިހާރުވެސް ފެންނަން ފަށާފައިވާ އަސަރުތައް," ނާޒިމް ޖަވާބު ދެއްވިއެވެ.

މިކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާނެ ގޮންޖެހުންތައް ތަފްސީލުކޮށްދެއްވަމުން ނާޒިމް ފާހަގަކުރެއްވީ، ރާއްޖެއަށް މުދާ އެތެރެކުރާ މައިގަނޑު ދެ މަގަށް ރިއާޔަތްކުރަން ޖެހޭ ކަމަށެވެ. އެއް މަގަކީ އިރުމަތީ އޭޝިއާގެ މަގެވެ. ޗައިނާ ފަދަ އުފެއްދުންތެރި ގައުމުތަކުން އަންނަ މުދާ ސިންގަޕޫރު މަގުން ކޮލަމްބޯއަށް އައުމަށްފަހު ރާއްޖެއަށް ފޮނުވައެވެ. މިއީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ބޮޑުބައެއް އަންނަ މަގެވެ.

ދެވަނަ މަގަކީ ވިލާތުގެ ގައުމުތަކާއި، އެފްރިކާ އަދި މެދުއިރުމަތިން މުދާ އަންނަ މަގެވެ. މި މަގުން އަންނަ މުދާ އާންމުކޮށް ގެންނަނީ ޔޫ.އޭ.އީގެ ޖަބަލް އަލީ ބަނދަރު މެދުވެރިކޮށެވެ. އެތަނުން މުދާ އެއްކުރުމަށްފަހު (ކޮންސޮލިޑޭޓް ކުރުން) ރާއްޖެއަށް ފޮނުވަ އެވެ. މި މަގުން އަންނަ މުހިންމު ތަކެތީގެ ތެރޭގައި އިމާރާތްކުރުމަށް ބޭނުންވާ ސާމާނާއި، ތެލާއި ގޭސް ހިމެނެއެވެ.

"މި ހަނގުރާމައިގެ ސަބަބުން މިވަގުތަށް ހުއްޓުން އަރާފައިވަނީ ހުޅަނގުގެ ކަނޑުގެ ރޫޓުތައް މެދުވެރިކޮށް ރާއްޖެ ގެންނަ މުދަލަށް. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅި ފަދަ ސަރަހައްދުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން، ޖަބަލް އަލީ ބަނދަރު މެދުވެރިކޮށް އަންނަ މުދަލަށް ބުރޫއެރުމުގެ ފުރުސަތު ވަރަށް ބޮޑު. މީގެ ސަބަބުން ވިލާތާއި ތުރުކީން ރާއްޖެއަށް އަންނަ މުދާ ލަސްވުން އެކަށީގެންވޭ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މީގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ދާއިރާއަކީ އިމާރާތްކުރުމުގެ ދާއިރާއެވެ. ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ ދަގަނޑާއި އެހެނިހެން ސާމާނު އާންމުކޮށް އަންނަނީ މި ބަނދަރުތައް މެދުވެރިކޮށް ކަމަށްވާތީ، މުދާ ލަސްވުމަކީ މަޝްރޫއުތައް މަޑުޖެހިދާނެ ކަމެކެވެ.

މުދާ ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުގެ އިތުރުން، މަޝްރަހު ގޯސްވުމާއެކު ޝިޕިންގ އަގުތަކަށް ބަދަލު އައުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ނުރައްކާތެރި ސަރަހައްދުތަކުން ދަތުރުކުރާ އުޅަނދުފަހަރަށް 'ވޯ-ރިސްކް' އިންޝުއަރެންސް ޕްރީމިއަމްތަކާއި، ސަރަހައްދީ އިތުރު ފީތައް ޝިޕިންގ ކުންފުނިތަކުން އިތުރުކުރެ އެވެ.

"ޝިޕިންގ ލައިންތަކުން މިހާރު ވަނީ ފްރައިޓް ސާޗާޖެއް އިތުރުކުރަން ނިންމާ އިއުލާންކޮށްފައި. ކޮންމެ 20 ފޫޓުގެ ކޮންޓޭނަރަކަށް 500 ޑޮލަރާއި 2000 ޑޮލަރާ ދެމެދުގެ ސާޗާޖެއް އިތުރުކުރާނެ ކަމަށް ވަނީ ބުނެފައި. މިއީ އަދި ތެލުގެ އަގަށް އަންނަ ބަދަލުތައް ނުހިމަނާ،" ކެޕްޓަން ނާޒިމް ސާފުކޮށްދެއްވި އެވެ.

ޝިޕިންގ އަގުތަކަށް އަންނަ މި ބަދަލުތަކުގެ ސީދާ އަސަރު އެންމެ ފަހުން މުދާ ގަންނަ އާންމު ރައްޔިތުންގެ ޖީބަށް ކުރާނެއެވެ. ފްރައިޓް ރޭޓްތައް އުފުލުމުން ވިޔަފާރިވެރިންނަށް މުދާ ލިބޭ އަގު ބޮޑުވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ.

ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގަށް ބަދަލުތަކެއް އަތުވެދާނެތޯ ސުވާލުކުރުމުން ނާޒިމް ވިދާޅުވީ، ދުނިޔޭގެ ތެލުގެ އަގު އުފުލޭ ކޮންމެ ފަހަރަކު އޭގެ އަސަރު ރާއްޖެއަށްވެސް ކުރާނޭ ކަމަށާއި އެ އަސަރުގެ ބޮޑުކުޑަމިނާއި ދެމިގެން ދާނޭ މުއްދަތު އެނގޭނީ ހަނގުރާމަ ދާގޮތުން ކަމަށެވެ.

"ރާއްޖެއަށް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ތެޔޮ ލިބުމުގައި ބޮޑެތި ދަތިތަކެއް ނެތުން. ރާއްޖެއަށް ގިނައިން ތެޔޮ އެތެރެކުރަނީ ފުޖައިރާ އަދި އޮމާނުން. މި ދެ ބަނދަރުވެސް އޮންނަނީ ހޮރްމޫޒް ކަނޑުއޮޅިން ބޭރުގައި ކަމަށްވާތީ، އެ ސަރަހައްދުގެ މަޝްރަހު ގޯސްވި ނަމަވެސް، ތެޔޮ ގެންނަ އުޅަނދުތަކަށް ނުރައްކާވުމުގެ ފުރުސަތު ކުޑަ."

އެހެންނަމަވެސް، ކަނޑުދަތުރުފަތުރުގެ މާހިރުން އިންޒާރު ދެއްވާ ގޮތުގައި، ސަރަހައްދީ ނުތަނަވަސްކަން ދިގުލައިގެންދާނަމަ ހާލަތު ބަދަލުވެދާނެއެވެ. ކުރިއަށް އޮތް ހަތަރު ފަސް ހަފުތާއަކީ މި ހަމަނުޖެހުމުގެ އަސަރު ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ކުރާނެ މިންވަރު ދެނެގަތުމަށް ވަރަށް މުހިންމު ދުވަސްތަކެކެވެ.

ރާއްޖެއަށް މިނޫން ދިމާތަކުން މިހާރު ޕާރޝިއަން ކަނޑުގެ ރައުޓުތައް މެދުވެރިކޮށް ލިބޭ މުދާ ފަސޭހައިން ލިބޭނޭ ތޯ ސުވާލުކުރުމުން ނާޒިމް ވިދާޅުވީ އެހިސާބަށް ކަންކަން ގޮސްފިނަމަ މުދާ ގެންނަން ޖެހޭނީ އިރުމަތީ އޭޝިއާއިން ކަމަށާޢި އެކަންކަން ހަމަޖައްސަން ވަގުތު ނަގާނޭ ކަމަށެވެ.

"ދިވެހި ރާއްޖޭގެ ސަރުކާރަކަށް ބައިނަލްއަގްވާމީ ރައުޓުތަކަކަށް ބަދަލެއް ނުގެނެވޭނެ. މިސާލަކަށް އީރާނުން އޮމާންއަށް ހަމަލާތައް ދީގެން އެ ގައުމުން ކުރާ ވިޔަފާރި ހުއްޓުމަކަށް އައިސްފިނަމަ ރާއްޖެއަށް ސިންގަޕޫރު ފަދަ ތެޔޮ ރިފައިންކުރާ ގައުމަކުން ތެޔޮ ގަތުމުގެ ފުރުސަތު އެބައޮތް. އެކަމަކު އެމީހުންގެ އަތުން ކްރެޑިޓް ފެސިލިޓީ ނުލިބިދާނެ. މިހާރު ދިވެހި ރާއްޖެއާ ތެޔޮވިއްކާ ކުންފުނިތަކާ ދެމެދުގައި އޮތް ގުޅުމަށް މީގެ ނަތީޖާ ވަރަށް ބޮޑަށް ބަރޯސާވާނެ."

ތާރީހަށް ބަލާއިރު، ބޭރު ދުނިޔެއަށް އަންނަ މިފަދަ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ކުއްލިއަކަށް އުފުލުނަ ނުދިނުމަށް ސަރުކާރުތަކުން ފިޔަވަޅު އަޅައެވެ. ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލުނު ނަމަވެސް، ތެލާއި ކާބޯތަކެތީގެ އަގު ހިފެހެއްޓުމަށް ސަބްސިޑީ ފަދަ ވަސީލަތްތައް ބޭނުންކުރެއެވެ. ކުރު މުއްދަތަކަށް މިފަދަ ފިޔަވަޅުތަކުން ހަމަޖެހުން ލިބުނު ނަމަވެސް، މިއީ ގިނަ ފަހަރަށް ދައުލަތުން ނަގާ ދަރަނި އިތުރުވެ، މާލީ ބުރަ ކުރިމަގަށް އުފުލަންޖެހޭ ކަމެކެވެ.

ކަނޑުދަތުރުފަތުރުގެ މަޝްރަހު ބަދަލުވަމުންދާއިރު، ރާއްޖެއަށް އޮތް ގޮންޖެހުމަކީ ހަމައެކަނި ދުނިޔޭގެ ޝިޕިންގ މަގުތަކަށް އަންނަ ބަދަލުތަކުން ސަލާމަތްވުމެއް ނޫނެވެ. އޭގެ އިތުރުން، މިފަދަ ލޮޅުންތަކުގެ އަސަރު ކުޑަކުރުމަށް މިއަދު އަޅާ ފިޔަވަޅުތަކުގެ ސަބަބުން، ހަމަނުޖެހުންތައް ނިމުމަށްފަހުވެސް ގައުމުގެ އިގްތިސާދަށް ދިގުމުއްދަތުގެ މާލީ ތަކުލީފުތަކެއް ކުރިމަތިނުވާނެ ގޮތަކަށް ކަންކަން ތަރުތީބުކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox