ޒެޑެކްސް ސްޓޫޑަންޓް ގިވްއަވޭގެ ނަސީބުވެރިން ހޮވައިފި

ޒެޑެކްސް ސްޓޫޑަންޓް ގިވްއަވޭގެ ނަސީބުވެރިންނާ އިނާމު ހަވާލުކުރުން -- ފޮޓޯ: ޒެޑެކްސް

ޒެޑެކްސް ސްޓޫޑަންޓް ގިވްއަވޭގެ ނަސީބުވެރިންނާ އިނާމު ހަވާލުކުރުން -- ފޮޓޯ: ޒެޑެކްސް

މިއަހަރު ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް ޚާއްސަކޮށްގެން، ޒެޑެކްސްއިން "މެގާ ސްޓޫޑަންޓް ގިވްއަވޭ 2026" ގެ ނަމުގައި ކުރިއަށްގެންދިޔަ ގިވްއަވޭގެ ނަސީބުވެރިން ހޮވައިފި އެވެ.

ހޮޓެލް ޖެންގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ރޯދަ ވީއްލުމެއްގައި ގިވްއަވޭގެ ނަސީބުވެރިންނާ އިނާމު ހަވާލުކޮށްދެއްވީ ޒެޑެކްސްގެ ސީއީއޯ އަހްމަދު ޒައިން ނާޒިމް އެވެ.

މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ހިތްވަރު ދިނުމަށާއި، އެކުދިންގެ މުސްތަގުބަލު އުޖާލާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މި ޕްރޮމޯޝަން ކުރިއަށްގެންދިޔައީ އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުންނާއި އެންރޯލްވާ ދަރިވަރުންގެ މެދުގަ އެވެ.

މިގޮތުން މާފުށީގައި ހަތަރު މީހަކަށް ލިބޭ ދެ ރޭގެ ޗުއްޓީ ލިބުނު ނަސީބުވެރިޔާ، ޖޭބީއެލް ސްޕީކަރު ލިބޭ ނަސީބުވެރިޔާ، ހަތަރު މީހަކަށް ހޮޓެލް ޖެންގެ އިފްތާރު ލިބޭ ނަސީބުވެރިޔާ އަދި އިތުރު އިނާމުތައް ލިބޭ ނަސީބުވެރިން ވެސް ވަނީ ހޮވާފަ އެވެ.

މީގެ އިތުރުން، ޒެޑެކްސް މެދުވެރިކޮށް ކިޔަވަންދާން އެންރޯލްވާ ދަރިވަރުންނަށް ޚާއްސަ 'ގްރޭންޑް ޕްރައިޒް' ތަކެއްވެސް ވަނީ ކަނޑައަޅާފަ އެވެ.

އޭގެ ތެރޭގައި ދެ ކުއްޖަކަށް ހުރިހާ ހަރަދަކާއެކު ލިބޭ އުމްރާ ދަތުރަކާއި، ތިން ރޭގެ ކްރޫޒް ދަތުރެއްގެ އިތުރުން މެލޭޝިއާގައި ބާއްވާ ބައިނަލްއަގުވާމީ ފަންނާނުންގެ ކޮންސެޓް ޓިކެޓް ހިމެނެ އެވެ. އެ އިނާމުތައް ލިބޭ ނަސީބުވެރިން އަދި ހޮވާފައެއް ނުވެ އެވެ.

ޒެޑެކްސްއިން ބުނީ މިއީ ކިޔަވަންދާ ދަރިވަރުންނަށް ލިބޭނެ އެންމެ ރަނގަޅު އެހީތެރިކަން ކަމަށާއި، ކިޔެވުމުގެ ދަތުރު ފެށުމުގެ ކުރިން މިއީ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox