ސޯލްޓް: ހިތްގައިމު މާހައުލެއްގައި މީރު ރަހަތަކާއެކު ރޯދަވީއްލުން!

Mar 6, 2026, 4:34 AM
ސޯލްޓް: ހިތްގައިމު މާހައުލެއްގައި މީރު ރަހަތަކާއެކު ރޯދަވީއްލުން!

ރޯދަ ވީއްލުމަށްޓަކައި، މާލޭގެ ހަލަބޮލިކަމާ ދުރު، ހިތްގައިމު ތަނެއް ހޯދާ ނަމަ، އެންމެ ފުރަތަމަ ވެސް ހިތަށް އަންނަނީ "ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓް" އެވެ. ކަނޑުގެ ތާޒާ ވައިރޯޅިތަކާއި، އިރު އޮއްސެމުންދާ މަންޒަރުގެ ރީތި ކުލަތަކާއި ރަންދޯދި ތަކާއި، އަނެއް ފަރާތުގެ އުދަރެހުން އަރައިގެން އަންނަ މަންޒަރުތަކުގެ ހިތްގައިމުކަމާއެކު، ސޯލްޓަކީ ރޯދަވީއްލުމުގެ ވަގުތު އުފާވެރި ހަނދާނަކަށް ހަދާލަން އެންމެ އެކަށީގެންވާ އެއް ތަނެވެ.

މިފަހަރުގެ ރޯދަމަހަށް ސޯލްޓުން ތައާރަފުކޮށްފައިވަނީ ކޮންމެ ދުވަހަކުވެސް ތަފާތު ރަހައެއް ތަޖުރިބާކޮށްލެވޭނެ ހާއްސަ "ރޯދަ ބުފޭ" އެކެވެ. މި ބުފޭގެ އެންމެ ހާއްސަ ސިފައަކީ، ހަފުތާގެ އެކި ދުވަސްތަކަށް އަމާޒުކޮށްގެން މެނޫތައް ބަހާލާފައިވުމެވެ. މީގެ ސަބަބުން އެއް ދުވަހަށްވުރެ ގިނަ ދުވަހު ސޯލްޓަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ކޮންމެ ފަހަރަކު މުޅިން އައު، މީރު ކެއުންތަކެއްގެ ރަހަ ބަލާލުމުގެ ފުރުސަތު ލިބިގެންދެއެވެ.

ސޯލްޓްގެ މެނޫ ބަހާލެވިފައިވަނީ ހަފުތާގެ ދުވަސްތަކަށް އަމާޒުކޮށްގެންނެވެ. އެގޮތުން؛

  • އާދިއްތަ، އަންގާރަ އަދި ހުކުރު: މި ދުވަސްތަކުގައި ޒާކް ރައިސް، ރޯސްޓެޑް ލެގް އޮފް ލޭމްބް ފަދަ މީރު ކެއުންތައް ލިބޭނެއެވެ. ފޮނިކާތަކެތީގެ ތެރޭގައި ހިމެނޭ އޮމް އަލީ އަކީ ފާހަގަކޮށްލެވޭ ރަހައެކެވެ.
  • ހޯމަ އަދި ބުރާސްފަތި: ދިވެހިވަންތަ ރަހަތަކަށް ލޯބިކުރާ ފަރާތްތަކަށް ބަރަބޯ މަސްހުނި، ވަޅޯމަސް ރިހަ ގެ އިތުރުން ބީފް ރެންޑަންގް" އާއި ޗިކަން ބިރިޔާނީ ލިބެން ހުންނާނެއެވެ.
  • ބުދަ އަދި ހޮނިހިރު: މި ދުވަސްތަކުގެ ހާއްސަ ބައިތަކުގެ ތެރޭގައި ކަނޑު ކުކުޅު، މަސަމަން ބީފް އަދި ލެބަނީސް ރޯސްޓެޑް ޗިކަން ހިމެނެއެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކުވެސް ރޮށި، ތަފާތު ވައްތަރުގެ ހެދިކާ، ސެލަޑް އަދި ތާޒާ މޭވާއާއި ޖޫސް ލިބެން ހުންނާނެއެވެ. މެނޫގައި ހުރި ހުރިހާ އެއްޗެއް ބަލާލުމަށް ފޭސްބުކް ލިންކަށް ފިތާލާށެވެ.

އަގުތަކާއި ހާއްސަ އޮފާތައް

ސޯލްޓުން ވަނީ ހުރިހާ ފަންތިއަކަށްވެސް ގުޅޭނެހެން އަގުތައް ކަނޑައަޅާފައެވެ؛

  • ބޮޑެތި މީހުންނަށް: 295ރ.
  • ކުޑަކުދިންނަށް (6 އަހަރާއި 10 އަހަރާ ދެމެދު):50 ޕަސެންޓު ޑިސްކައުންޓް
  • ގްރޫޕް އޮފާ: ކޮންމެ 11 މީހަކުން 1 މީހަކަށް ހިލޭ.

ރިޒަވޭޝަން ހެއްދެވުމަށް

ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް 7593200 އަށް ގުޅާލައްވާށެވެ. އިތުރު މައުލޫމާތާއި މެނޫ ބައްލަވާލެއްވުމަށް ސޯލްޓްގެ ފޭސްބުކް ބަލާލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox