ރޯދަ މަހު ބޭއްވި މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ޒުވާބު ކުރުމާއި ހަޅޭއްލެވުމާއި ހުތުރު ތުހުމަތުތައް!

Mar 8, 2026, 7:38 AM
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ރޯދަ މަހުގެ ފުރަތަމަ ޖަލްސާއިން ފެނުނީ މެންބަރުންގެ ރުޅި ގޮސްފައިވާ ހިސާބު -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ރޯދަ މަހުގެ ފުރަތަމަ ޖަލްސާއިން ފެނުނީ މެންބަރުންގެ ރުޅި ގޮސްފައިވާ ހިސާބު -- ފޮޓޯ: މަޖިލިސް

މި ހިނގާ ބަރަކާތްތެރި ރޯދަ މަހު 20 ވަނަ ރައްޔިތުންގެ މަޖިލީހުން ބޭއްވި ފުރަތަމަ ޖަލްސާގައި މެންބަރުން އެކަކު އަނެކަކަށް ހަޅޭއްލަވައި، ޒުވާބުކޮށް، ރޯދަ ނުހިފާކަމުގެ ހުތުރު ތުހުމަތުތަކެއް އަމާޒުކޮށްފި އެވެ.

މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ ފަސް ސަފީރުން ހަމަޖެއްސުމުގެ މަސައްކަތާއި ދެ ބިލަކާ ގުޅޭ ބަހުސެއް ކުރުމެވެ. އެކަމަކު، މިއަދުގެ ޖަލްސާއިން ފެނުނީ އެޖެންޑާގައި އޮތް މަސައްކަތްތައް ކުރަން ފޯކަސް ކުރެއްވުމުގެ ބަދަލުގައި މެންބަރުންގެ ރުޅި ގޮސްފައިވާ ހިސާބެވެ.

"ރޯދައަށް ހުރެގެން އަޅުގަނޑުމެން ނުހަދާނަން ދޮގެއް. އަޅުގަނޑަށް މިހާރު ހީވޭ ވައިކަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރާއި ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޯދަ ނޫންހެން ވެސް މިއަދު،" ޖަލްސާގެ ވަކި ހިސާބަކުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވި އެވެ.

Advertisement

ވެރިކަން ހިންގާ ޕީއެންސީގެ މެންބަރުން، އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ހަޅޭއްލަވަން ފެށުމުން، އެމްޑީޕީގެ މެންބަރުން ވެސް ވަނީ ހަމަ އެ މޭރުމުން މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަ ދައްކަވައިފަ އެވެ.

"ކިތަންމެ އަޑަށް ބާރުލިޔަސް، ރޯދަމަހެއް ވިޔަސް އަޅުގަނޑުމެންނަށް ވުރެ ވަކި ބާރަކަށް ވާހަކައެއް ނުދެއްކޭނެ. ރޯދައަށް ތިބެގެން ދެއްކިޔަސް އަޅުގަނޑުމެން ދައްކާނަން ބާރަށް ވާހަކަ. އިންތިހާބު އެއްކޮށް ނުލެވޭނެ،" ވާހަކަ ދައްކަން ލިބުނު ފުރުސަތެއްގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވި އެވެ.

ރޯދަމަހާ ނުގުޅޭ ޒާތުގެ ވާހަކަ އާއި ތުހުމަތުތައް ވާދަވެރި މެންބަރުންނަށް އެންމެ ބޮޑަށް އަމާޒު ކުރެއްވި އެއް މެންބަރަކީ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު އެވެ. ފަލާހު މިއަދު ވަނީ ތަޅުމުގައި ވަރަށް ހުތުރު ތުހުމަތުތަކެއް އެމްޑީޕީ މެންބަރުންނަށް އަމާޒު ކުރައްވައިފަ އެވެ.

"އެބޭފުޅުންނަށް ވަރަށް އުނދަގޫވާނެ ތެދު ބަހުން ވާހަކަ ދައްކަންޏާ ތިބެން. ތެދު ބަހުން ވާހަކަ ދައްކަންޏާ އުނދަގޫވާނެ އަދި ގުރްއާން ކިޔަވަންޏާ މާ އުނދަގޫވާނެ މިތާ. ގުރްއާން ޖަހަންޏާ މާ އުނދަގޫވާނެ، ނުކުމެގެން ދާނެ،" އިނގުރައިދޫ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު ފަލާހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox