އީސީން 650 ޕްރިންޓަރު ހޯދަނީ؛ 7 ދުވަހުގެ މުއްދަތަކާއެކު ކޮރަޕްޝަންގެ ތުހުމަތު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު

އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުންވާ 650 ޕްރިންޓަރު ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކުރި ބީލަމުގެ ޝަރުތުތައް ހުރި ގޮތުން، އެއީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ރާވައިގެން ކޮށްފައިވާ ކަމެއްގެ ކަމަށް ތުހުމަތު ކުރެވިއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހު އީސީން އިއުލާނުކުރީ މީގެ ތިން މަސް ކުރިން، ޑިސެންބަރު 4، 2025 ގަ އެވެ. ނަމަވެސް، ގިނަ އަދަދެއްގެ ޕްރިންޓަރު ހޯދުމަށް ބީލަން ހުޅުވާލީ އިންތިހާބަށް ތާރީހު ކަނޑައެޅިތާ އެތައް ދުވަހެއް ފަހުން، މިދިޔަ ފެބްރުއަރީ 24 ގަ އެވެ. ބީލަން ހުށަހެޅުމުގެ މުއްދަތު މާޗު 3 އަށް ހަމަވެފައިވާއިރު، މި ބީލަމުގެ އެންމެ ބޮޑު ޝަރުތަކީ ހޮވޭ ފަރާތަކުން 7 ދުވަހުގެ ތެރޭގައި ހުރިހާ ތަކެއްޗެއް ސަޕްލައިކޮށް ނިންމުމެވެ.

މިކަމާ ގުޅޭގޮތުން އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މަސްދަރުތަކުން ބުނީ 650 ޕްރިންޓަރު ފަދަ ބޮޑު ޝިޕްމަންޓެއް އެންމެ 7 ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރުމަކީ ކުރިން ރާވައިގެން މުދާ ގެނެސްފައި ހުރި ބަޔަކަށް ނޫނީ ކުރަން ދަތި ކަމެއް ކަމަށެވެ.

"މިއީ ކުރިން ރާވައިގެން ކޮށްފައިވާ ކަމަކަށް ނުވާނަމަ ރާއްޖޭގެ އެއްވެސް ބަޔަކަށް މިހާރު ކުރު މުއްދަތެއްގެ ތެރޭގައި ކުރުން ދަތި ކަމެއް. އަދި އަގުވެސް ބޮޑުވާނެ ކަމެއް. މިއީ ދައުލަތަށް ލިބޭ ބޮޑު ގެއްލުމެއް،" މިކަމުގެ ކަންބޮޑުވުން ފާޅުކުރި ފަރާތަކުން ބުންޏެވެ.

އިންތިހާބަށް ބޭނުންވާ ތަކެތި ދުރާލައި އެނގި ތިބެ، މިހާ ކުރު މުއްދަތެއް ދިނުމަކީ ބީލަމުގެ ވާދަވެރިކަން ގެއްލި، ދައުލަތުން ކުރަންޖެހޭ ހަރަދު އިންތިހާއަށް ބޮޑުވާނެ ކަމެއް ކަމަށް މި ނޫހާ ވާހަކަ ދެއްކި އެކަކު ބުންޏެވެ.

ދުރާލައި އިއުލާނު ކުރި ނަމަ، ހެޔޮ އަގެއްގައި މި ތަކެތި އެތެރެކުރުމުގެ ފުރުސަތު އޮތީހެވެ.

ހިޔާނާތުގެ ތުހުމަތު ކުރެވޭ މި ބީލަމަށް ހުށަހެޅި ޕްރޮޕޯސަލްތައް އިއްޔެ ހުޅުވި ނަމަވެސް، ބީލަން ކާމިޔާބުކުރި ފަރާތް އިލެކްޝަން ކޮމިޝަނުން އަދި އާންމުކޮށް އިއުލާނެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox