އިޒްރޭލަކީ ޓެރަރިސްޓު ގައުމެއް، އެމެރިކާއިން ދޭ ހަމަލާތައް ވެސް ގޯސް: މުއިއްޒު

މުއިއްޒު.

މުއިއްޒު.

އިޒްރޭލަކީ ޓެރަރިސްޓު ގައުމެއް ކަމަށާއި އެމެރިކާއިން މިހާރު ދެމުން އަންނަ ހަމަލާތައް ވެސް "ގޯސް" ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި މުއިއްޒު ވަނީ 304 ދުވަސް ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ގިނަ ނޫސްވެރިންތަކެއް ވަނީ އިޒްރޭލާއި އެމެރިކާއިން އިރާނަށް ދިން ހަމަލާތައް ރާއްޖޭން ކުށްވެރި ނުކުރާތީ ސުވާލު އަމާޒުކޮށްފަ އެވެ.

"އިޒްރޭލުން ހަމަލާ ދިނުން ގޯސް، އިޒްރޭލުން އެއީ ވަރަށް ހަރުކަށިކޮށް ދަންނަވަމުން މި ދަނީ، އެއީ ޓެރަރިސްޓު ގައުމެއް ދެއްތޯ، ފަލަސްތީނު އެ ދަނީ ސުންނާފަތި ކުރަމުން. އެމެރިކާއިން އެ ދޭ ހަމަލާ ވެސް ގޯސް، ހުރިހާ ފަރާތެއް ވެސް ގޯސް،" މުއިއްޒު ވިދާޅުވި އެވެ.

އިރާނުން ރައްދުގައި އަރަބި ގައުމުތަކަށް ދެމުންދާ ހަމަލާތަކާ ދެކޮޅުކަން މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވި އެވެ.

"އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންނަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ ގުޅާ ވާހަކަދެއްކުން، ރާއްޖޭގެ ސަޕޯޓް އެފަރާތްތަކަށް އޮތްކަން ދެންނެވުމުގެ މަސައްކަތް އެބަކުރިއަށް ގެންދަން. މިހާރު ރޭގައި އަޅުގަނޑު ވާނީ ޔޫއޭއީގެ ރައީސާ ވާހަކަދައްކާފައި ފޯނު ކޯލެއްގައި،" މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން މަސައްކަތް ކުރާނީ އަރަބި އިސްލާމީ ގައުމުތަކާއެކު ކަމަށް މުއިއްޒު ވިދާޅުވި އެވެ. އިރާނަކި ރާއްޖެ ވެސް ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރެކެވެ. މިއީ އިސްލާމީ ގައުމުތަކުގެ މައްޗަށް ބިނާވެފައިވާ ޖަމާއަތެކެވެ.

އިރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާ އަމާޒުކުރަމުން ދަނީ އެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭނުންކޮށްގެން އެ ގައުމަށް ހަމަލާ ދެމުން އަންނާތީ އެވެ.

ހަމަލާތަކާ ގުޅިގެން ނެރުނު ބަޔާނުގައި އިސްވެ ހަމަލާދިން އިޒްރޭލާއި އެމެރިކާގެ ނަން ވެސް ދިވެހި ސަރުކާރުން ގެނެސްފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox