ސޯލްޓްގެ ރޯދަ ބުފޭގައި ހުރިހާ ރަހައެއް ހަމަ، 11 މީހުންގެ ގްރޫޕެއް ނަމަ އެކަކަށް ހިލޭ

Feb 21, 2026, 4:14 AM
ސޯލްޓްގެ ރޯދަ ބުފޭގައި ހުރިހާ ރަހައެއް ހަމަ، 11 މީހުންގެ ގްރޫޕެއް ނަމަ އެކަކަށް ހިލޭ

އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށް، މީރު ރަހަތަކުން ރޯދަވީއްލުމަށް އެންމެން ވެސް އިންތިޒާރުކުރެ އެވެ. އެކަމަށް އެންމެ ރަނގަޅު އެއް ރެސްޓޯރެންޓަކީ ސޯލްޓު އެވެ. މިފަހަރުގެ ރޯދަމަހަށް "ސޯލްޓް"އިން ވަނީ އެ ރެސްޓޯރެންޓުގެ ހިތްގައިމު މާހައުލުގައި ކޮންމެ ދުވަހަކުވެސް ތަފާތު މެނޫއެއް ތަޖުރިބާކޮށްލެވޭނެހެން ހާއްސަ ބުފޭއެއް ތައާރަފުކޮށްފަ އެވެ.

ސޯލްޓްގެ މެނޫ ބަހާލެވިފައިވަނީ ހަފުތާގެ ދުވަސްތަކަށް އަމާޒުކޮށްގެންނެވެ. އެގޮތުން؛

  • އާދިއްތަ، އަންގާރަ އަދި ހުކުރު: މި ދުވަސްތަކުގައި ޒާކް ރައިސް، ރޯސްޓެޑް ލެގް އޮފް ލޭމްބް ފަދަ މީރު ކެއުންތައް ލިބޭނެއެވެ. ފޮނިކާތަކެތީގެ ތެރޭގައި ހިމެނޭ އޮމް އަލީ އަކީ ފާހަގަކޮށްލެވޭ ރަހައެކެވެ.
  • ހޯމަ އަދި ބުރާސްފަތި: ދިވެހިވަންތަ ރަހަތަކަށް ލޯބިކުރާ ފަރާތްތަކަށް ބަރަބޯ މަސްހުނި، ވަޅޯމަސް ރިހަ ގެ އިތުރުން ބީފް ރެންޑަންގް" އާއި ޗިކަން ބިރިޔާނީ ލިބެން ހުންނާނެއެވެ.
  • ބުދަ އަދި ހޮނިހިރު: މި ދުވަސްތަކުގެ ހާއްސަ ބައިތަކުގެ ތެރޭގައި ކަނޑު ކުކުޅު، މަސަމަން ބީފް އަދި ލެބަނީސް ރޯސްޓެޑް ޗިކަން ހިމެނެއެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކުވެސް ރޮށި، ތަފާތު ވައްތަރުގެ ހެދިކާ، ސެލަޑް އަދި ތާޒާ މޭވާއާއި ޖޫސް ލިބެން ހުންނާނެއެވެ. މެނޫގައި ހުރި ހުރިހާ އެއްޗެއް ބަލާލުމަށް ފޭސްބުކް ލިންކަށް ފިތާލާށެވެ.

Advertisement

އަގުތަކާއި ހާއްސަ އޮފާތައް

ސޯލްޓްގެ ރޯދަވީއްލުމަކީ ހިތްގައިމު މާހައުލެއްގައި ތިބެ، ރޯދަވީއްލުމަށް ރަނގަޅު އަގެކެވެ.

  • ބޮޑެތި މީހުންނަށް: 295ރ.
  • ކުޑަކުދިންނަށް (6 އަހަރާއި 10 އަހަރާ ދެމެދު):50 ޕަސެންޓު ޑިސްކައުންޓް
  • ގްރޫޕް އޮފާ: ކޮންމެ 11 މީހަކުން 1 މީހަކަށް ހިލޭ.
  • ރިޒަވޭޝަން ހެދުމަށް (ވައިބަރ/ވަޓްސްއެޕް): 7593200
  • ފޭސްބުކް

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox