ގޯލްޑަން ފުޓްސަލް ޗެލެންޖް: ދެއްވަދޫ އަތުން ބަލިވެ ވާދޫ ކަޓައިފި، މަތިވެރި އާއި ނައިވާދޫ އަދި ހިތަދޫ ގަދަ 16 އަށް

Feb 1, 2026, 6:04 AM
ގޯލްޑަން ފުޓްސަލް ޗެލެންޖް: ދެއްވަދޫ އަތުން ބަލިވެ ވާދޫ ކަޓައިފި، މަތިވެރި އާއި ނައިވާދޫ އަދި ހިތަދޫ ގަދަ 16 އަށް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ގއ. ދެއްވަދޫ އަތުން ބަލިވެ، ގދ. ވާދޫ މުބާރާތުން ކެޓިއިރު، އއ. މަތިވެރި، ހދ. ނައިވާދޫ އަދި ސ. ހިތަދޫން މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ޔަގީންކޮށްފި އެވެ.

އަށް ޒޯނުގެ ތެރެއިން ސެމީ ފައިނަލެއް ކުޅެނީ ހަމައެކަނި ޒޯން ހަތެއްގަ އެވެ. އެއީ، ގއ. ގދ. ޏ އަދި ސ. އަތޮޅުގެ ޓީމުތައް ވާދަކުރާ ޒޯނެވެ.

ސެމީ ފައިނަލުގައި ރޭ ދެއްވަދޫން ވަނީ 3-1 އިން ވާދޫ ބަލިކޮށްފަ އެވެ. އަދި، އަނެއް ސެމީ ފައިނަލުގަައި ހިތަދޫން ވަނީ މަރަދޫ އަތުން 2-0 އިން މޮޅުވެފަ އެވެ.

ހިތަދޫގެ އިންޝާލް ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ދެއްވަދޫން ރޭގެ މެޗަށް ނުކުތީ ގައުމީ ޓީމުގައި ހިމެނިގެން ސާފްގެ ފުރަތަމަ ފުޓްސަލް ތަށި އުފުލާލި ކެޕްޓަން މުހައްމަދު އިމްރާން (އިންމި)ގެ އިތުރުން، ހުޒައިފަތު ރަޝީދު (ހުޒޭ) އާއި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)ގެ އިތުރުން އަލީ ހައިސަމް (ޗުމްޕު)އާ ވެސް އެކުގަ އެވެ.

ރޭގެ މެޗުގައި ދެއްވަދޫ ޓީމުގައި އިންމި ކުޅެފައިނުވެ އެވެ. ދެއްވަދޫން ލަނޑުތައް ޖެހީ، ރާހިލް އާއި ހުޒޭގެ އިތުރުން، އަހުނަފް ރަޝީދު (އަހުއްކޮ) އެވެ. ވާދޫގެ ހަމައެކަނި ލަނޑު ޖެހީ އިބްރާހިމް ޝައުފް މުހައްމަދު އެވެ.

ރޭގެ މެޗުގައި މަރަދޫ އަތުން ހިތަދޫ މޮޅުވިއިރު، މި މެޗުގައި ހިތަދޫގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ތަނަވަސްކޮށްދިން ފުރުސަތުތަކުން އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު އިންޝާލް އާއި މުހައްމަދު ދާނިޝް އިބްރާހީމް އެވެ.

ނައިވާދޫ ޓީމަށް ރޭގެ މެޗުގައި ދެ ގޯލު ޖަހައިދިން ވިޝާންޓެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ޒޯން އެކެއްގެ އެންމެ ފަހުގެ ޗެމްޕިއަން، ނައިވާދޫން ރޭ މާރަންދޫ އަތުން 3-1 އިން މޮޅުވެ، ޒޯން ފައިނަލާއި ގަދަ 16 ޔަގީންކުރިއިރު، މި މެޗުން ބަލިވި މާރަންދޫ އަށް ވެސް ވަނީ ގަދަ 16ގެ ފުރުސަތު ލިބިފަ އެވެ. އެއީ، މި ޒޯނުގައި ރޭ ކުޅުނު އަނެއް މެޗުން ހއ. ކެލާ އަތުން ހދ. ނޮޅިވަރަންފަރަށް މޮޅުނުވެވުމުންނެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ނައިވާދޫ އަށް ރޭގެ މެޗުގައި ބެންޗުން އަރައި، އަބްދުﷲ ވިސާމް (ވިޝާންޓެ) ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑަކީ ވިޝާންޓެ ފޮނުވާލި ބޯޅައެއް، މާރަންދޫގެ ހުމައިދު ހުސައިން ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. މާރަންދޫގެ ހަމައެކަނި ލަނޑު ޖެހީ ލޫތު ހުސެއިން އެވެ.

ރޭ ނޮޅިވަރަންފަރާއި ކެލާއިން ބައްދަލުކުރި މެޗުގައި، ނޮޅިވަރަންފަރުގެ ލަނޑު ޖެހީ އަހުމަދު ސިޒާން އެވެ. އަދި، މި މެޗުގައި ކެލާގެ ލަނޑު ޖެހީ، މެޗުގެ މޮޅު ކުުޅުންތެރިޔާ، ކީޕަރު އަބްދުﷲ ޒިމާމް އެވެ.

މިދިޔަ އަހަރު މުބާރާތުގެ ރަނަރަޕް ނައިވާދޫން ގަދަ 16 ޔަގީންކުރީ މާރަންދޫ ކައިރިން 3-1 އިން މޮޅުވެގެންނެވެ. އެ މެޗުގައި ނައިވާދޫގެ ގޯލްތައް ޖެހީ އަބްދުﷲ ވިސާމެވެ. އޭނާ ދެ ގޯލް ޖެހި އިރު، އަނެއް ގޯލަކީ މާރަންދޫގެ ހުމައިދު ހުސައިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މާރަންދޫގެ ގޯލް ޖެހީ ލޫތު ހުސައިނެވެ.

ރޭ ކުޅުނު ޒޯން ހަތަރެއްގެ ފަހު މެޗުތަކަށް ނުކުތްއިރު، މި ޒޯނުގައި ވާދަކުރި ހަތަރު ޓީމަށް ވެސް ގަދަ 16 ގެ ފުރުސަތު އޮތެވެ. މަތިވެރިން ޒޯން ފައިނަލުގެ ޖާގަ ހޯދީ 3-2 އިން އދ. މަހިބަދޫ އަތުން މޮޅުވެގެންނެވެ.

މި ޒޯނުގެ އަނެއް މެޗުން ވ. އަތޮޅުގެ ޗެމްޕިއަން، ކެޔޮދޫން ވަނީ 4-2 އިން އދ. އޮމަދޫ ބަލިކޮށްފަ އެވެ. މަތިވެރި އަށް އެއް ވަނައިގައި ޒޯނުގެ ފައިނަލުން ފުރުސަތު ލިބުނުއިރު، ދެ ވަނަ ހޯދީ ކެޔޮދޫންނެވެ.

މަތިވެރި އަށް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލްސަން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މަތިވެރި އަށް ރޭގެ މެޗުގައި، އަލީ އަލްސަން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ މުހައްމަދު މިދުހަތު އެވެ. މި މެޗުގައި، މަހިބަދޫގެ ދެ ލަނޑު ވެސް ކާމިޔާބުކުރީ ޝައުދު ސައީދު އެވެ. ކެޔޮދޫގެ ތަޖުރިބާކާރު ފޯވާޑް، އަހުމަދު ރަޝީދު (އަންމަޑޭ) ދެ ލަނޑު ޖެހި މި މެޗުގައި އެ ޓީމުން އަނެއް ލަނޑުތައް ކާމިޔާބުކުރީ އަރީން އަބްދުﷲ އިބްރާހިމްގެ އިތުރުން އަޒްޔާން އާދަމް ރަޝީދު އެވެ.

މެޗުގައި، އޮމަދޫގެ ލަނޑުތައް ކާމިޔާބުކުރީ މާއިން ނަސީރު އާއި އަހުމަދު ރިމާހު އެވެ.

ރޭ ކުޅުނު ޒޯން ދޭއްގެ ފަހު މެޗުތަކަށް ބަލާއިރު، ރ. ދުވާފަރުން ވަނީ 2-1 އިން ނ. މާޅެންދޫ ބަލިކޮށް ޒޯން ފައިނަލާއި ގަދަ 16 އިން ފުރުސަތު ހޯދައިފަ އެވެ. އަދި، ކަނޑިތީމުން ޒޯން ފައިނަލުގެ ޖާގައެއްގެ އިތުރުން ގަދަ 16 ކަށަވަރުުކުރީ، ށ. ފޯކައިދޫ އަތުން 4-2 އިން މޮޅުވެގެންނެވެ.

ފުރަތަމަ ފަހަރަށް ޒޯން ބުރުގައި ވާދަކުރި މާޅެންދޫ ކޮޅަށް ދުވާފަރުގެ ދެ ލަނޑު ކާމިޔާބުކުރީ، މި ފަހަރުގެ މުބާރާތުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ މުހައްމަދު އިސާމް (ޝަންޓެ) އެވެ. އަނެއް ލަނޑު ޖެހީ އަބްދުﷲ ލޫތު އިބްރާހީމް (ސާނޭ) އެވެ. މި މެޗުގައި، މާޅެންދޫގެ ލަނޑު ޖެހީ އަލީ ފާރިޝް އެވެ.

ކަނޑިތީމުން ރޭގެ މެޗުގައި ލަނޑުތައް ޖެހީ، މުހައްމަދު ޝާން، ރައުލް ނިޔާޒް، އަހުމަދު ތައުފީގް އަދި ހުސައިން ނިހާލް އެވެ. މި މެޗުގައި، ފޯކައިދޫގެ ލަނޑުތައް ކާމިޔާބުކުރީ، ހުސައިން ފަޒީލް އާއި ފަހުދު އަބްދުﷲ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ އޮތީ ހަތަރު ޒޯނެއްގެ ފައިނަލެވެ.

20:00: ޒޯން 3 ފައިނަލް: ގާފަރު - އޭދަފުށި

20:00: ޒޯން 5 ފައިނަލް: ކުޑަހުވަދޫ - ދިއްގަރު

22:00: ޒޯން 8 ފައިނަލް: ވިލިމާލެ - މައްޗަންގޮޅި

22:00 ޒޯން 6 ފައިނަލް: ތިމަރަފުށި - އިސްދޫ

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox