ގޯލްޑަން ފުޓްސަލް ޗެލެންޖް: އިސްދޫ، ތިމަރަފުށި، ގާފަރު އަދި ކުޑަހުވަދޫ ގަދަ 16 އަށް

Jan 31, 2026, 9:46 AM
އިސްދޫގެ ލޫތު ތިމަރަފުށީގެ ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އިސްދޫގެ ލޫތު ތިމަރަފުށީގެ ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ގަދަ 16 ބުރުގެ ޖާގައެއް، ތ. ތިމަރަަފުށި، ލ. އިސްދޫ، ކ. ގާފަރު އަދި ދ. ކުޑަހުވަދޫން ހޯދައިފި އެވެ.

ޒޯން ހައެއްގައި ރޭ ކުޅުނު ފަހު މެޗުތައް ދިޔައީ ފޯރިގަދަކޮށެވެ. ތ. އަތޮޅުގެ ޗެމްޕިއަން، ތ. ތިމަރަފުއްޓާއި ލ. އަތޮޅުގެ ޗެމްޕިއަން، އިސްދޫގެ ކުރިމަތިލުން 2-2 އިން އެއްވަރުވެ، މި ދެ ޓީމަށް ވެސް ޒޯން ފައިނަލާއި ގަދަ 16 ގެ ޖާގައެއް ވަނީ ޔަގީންވެފަ އެވެ. މި ޒޯނުގައި ދެން ކުޅުނު މެޗުން، ތ. އަތޮޅުގެ ރަނަރަޕް، ކިނބިދޫން ވަނީ 4-2 އިން ލ. އަތޮޅުގެ ރަނަރަޕް، ގަން އަތުން މޮޅުވެފަ އެވެ.

ތިމަރަފުށީގެ އަހުމަދު އަފްލާޒް ދެ ފަހަރު ވެސް ތިމަރަފުށްޓަށް ލީޑުނަގައިދިން މި މެޗުގައި އިސްދޫ އަށް ދެ ފަހަރު ވެސް އެއްވަރުކޮށްދިނީ ލޫތު އަހުމަދު ފަތުހީ އެެވެ. ރޭގެ މެޗުގައި، ގަމުގެ ދެ ލަނޑު އަހުމަދު ހަލީމް (އަންމަޑޭ) ކާމިޔާބުކުރިއިރު، ކިނބިދޫގެ ލަނޑުތައް ޖެހީ، މެޗުގެ މޮޅު ކުޅުންތެރިޔާ، މުހައްމަދު ސަހާއު (ބޭލް) ދެ ލަނޑުގެ އިތުރުން، އަހުމަދު ހަމްދާން ހުސައިން އަބްދުﷲ ސަމީހު އެވެ.

ގަން ކޮޅަށް ލަނޑު ޖެހުމަަށް ފަހު ކިނބިދޫ ކުޅުންތެރިން އުފާފާޅުކުރަނީ---- ފޮޓޯ: އިމޭޖަސް،އެމްވީ

ގަމާއި ކިނބިދޫ މެޗުގެ ފަހުކޮޅުގައި، ހިނގައިދިޔަ ހަމަނުޖެހުންތަކެއްގެ ކަންކަން ވީޑިއޯ ސަޕޯޓުން ބަލައި، ގަމުގެ އަބްދުﷲ ޖުނައިދު (ޖެންނޭ) އާއި ހުސައިން އަޒުމީ އަދި މުހައްމަދު އަކްމަލް އަށް ރަތް ކާޑު ދެއްކިއިރު، ކިނބިދޫގެ ސަމީހު އާއި ގޯލްކީޕަރު އަބްދުﷲ ފަޔާޒު (ފަޔާ) އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ޒޯން ތިނެއްގެ ފަހު މެޗުތަކަށް ރޭ ނުކުތްއިރު ވެސް ފުރަތަމަ ދެ މެޗުން މޮޅުވެ، އޭދަފުށިން އޮތީ ޒޯން ފައިނަލާއި ގަދަ 16 އިން ޖާގަ ހޯދައިފަ އެވެ. ގާފަރުން ރޭ އޭދަފުއްޓާ ކުޅެން އޮތް މެޗުން ޕޮއިންޓެއް ހޯދައިގެން ޒޯން ފައިނަލާއި ގަދަ 16 އިން ފުރުސަތު ލިބެން އޮތްއިރު، އެ ޓީމުން ވަނީ 1-1 އިން އޭދަފުއްޓާ އެއްވަރުކޮށްފަ އެވެ. މި ޒޯނުގެ އަނެއް މެޗުން ޅ. އަތޮޅުގެ ޗެމްޕިއަން، ކުރެންދޫން ވަނީ 2-1 އިން ކ. އަތޮޅު ރަނަރަޕް، މާފުށި ބަލިކޮށްފަ އެވެ.

ރޭގެ މެޗުގައި، އޭދަފުށީގެ ލަނޑު ޖެހީ އިސްމާއީލް ޝަރީޕް އެވެ. އަދި، މި މެޗުގައި، ގާފަރަށް އެއްވަރުކޮށްދީފައިވަނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސާމިން މުހައްމަދު ނަސީރު އެވެ. ކުރެންދޫން ލަނޑުތައް ޖެހީ އަބްދުލް ވާހިދު އިބްރާހީމް (ވާޑު) އާއި ހުސައިން ފާއިޒު އެވެ. މާފުށީގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ހުސައިން ރިފާން އެވެ.

ގާފަރާއި އޭދަފުށި ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ޒޯން ފަހެއްގައި ތިން ޓީމު ވާދަކޮށްފައިވާއިރު، އެ ޒޯންގެ ފަހު މެޗުގައި ރޭ ބައްދަލުކުރީ ދ. އަތޮޅުގެ ޗެމްޕިއަން، ކުޑަހުވަދު އާއި ފ. އަތޮޅުގެ ޗެމްޕިއަން، މަގޫދުއާ އެވެ. މި މެޗު 1-1 އިން އެއްވަރުވެ، މި ޒޯނުގެ ފައިނަލުގެ ޖާގަ އާއި ގަދަ 16 އިން ޖާގަ ލިބުނީ މ. އަތޮޅުގެ ޗެމްޕިއަން، ދިއްގަރާއި ކުޑަހުވަދޫ އަށެވެ.

ރޭގެ މެޗުގައި، މަގޫދޫގެ ލަނޑު ޖެހީ، ފަހުމާން އަބްދުލް ހަމީދު އެވެ. އަދި، ކުޑަހުވަދޫން މެޗުގައި، އެއްވަރުކުރީ އަބްދުﷲ ސަރުމާދުގެ ލަނޑުންނެވެ.

ރޭ ކުޅުނު މާލޭ ޒޯންގެ ފަހު މެޗުތަކަށް ނުކުތްއިރު، ހަތަރު ޓީމަށް ވެސް ޒޯން ފައިނަލާއި ގަދަ 16 ޖާގަ އޮތީ ހުޅުވިފަ އެވެ. މައްޗަންގޯޅިން ވަނީ ފަހަތުން އަރައި 2-2 އިން ހުޅުމާލެއާ އެއްވަރުކޮށް، ލަނޑުގެ ތަފާތުން ގަދަ 16 ބުރުން ޖާގަ ހޯދައިފަ އެވެ. ހުޅުމާލޭން މި މެޗުގައި ޓީމުގެ ކެޕްޓަން، އަހުމަދު މަހުދީގެ ލަނޑުން ލީޑުނެގިއިރު، މެޗުގެ ފަހުކޮޅުގައި، އަހުމަދު މައީޝް މުހައްމަދުގެ ލަަނޑުން ލީޑުފުޅާކުރި އެވެ. އެކަމަކު، މައްޗަންގޯޅިން ވަނީ އަހުމަދު ހުސެއިން (އައްމަޑޭ) ފަހު ވަގުތު ވައްދާލި ދެ ގޯލާ އެކު މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު ހޯދައިފަ އެވެ.

އެންމެ ފަހުގެ މި ޒޯނުގެ ޗެމްޕިއަން، ވިލިމާލެ ފުރަތަމަ މެޗުން މައްޗަންގޯޅި އަތުން ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުން ވަނީ މޮޅުވެފަ އެވެ. ރޭ، މާފަންނު ކައިރިން ވިލިމާލެ މޮޅުވީ 1-4 އިންނެވެ. މި މެޗުގައި، ވިލިމާލޭގެ ލަނޑުތައް ޖެހީ އިސްމާއީލް ވަޖީހު (ވައްޖެ) ދެ ގޯލާއި އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) އަދި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އެވެ. މެޗުގައި، މާފަންނުގެ ހަމައެކަނި ލަނޑުޖެހީ ހުސައިން ސުހައިލް (ސޮކޭ) އެވެ.

މުބާރާތުގައި މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުތައް:

20:00: ޒޯން 2: ނ. މާޅެންދޫ - ރ. ދުވާފަރު

20:00: ޒޯން 2: ށ. ކަނޑިތީމު - ށ. ފޯކައިދޫ

21:00: ޒޯން 4: އއ. މަތިވެރި - އދ. މަހިބަދޫ

21:00: ޒޯން 4: ވ. ކެޔޮދޫ - އދ. އޮމަދޫ

22:00: ޒޯން 1: ހދ. ނޮޅިވަރަންފަރު - ހއ. ކެލާ

22:00: ޒޯން 1: ހއ. މާރަންދޫ - ހދ. ނައިވާދޫ

23:00: ޒޯން 7 ސެމީ ފައިނަލް: ގދ. ވާދޫ - ގދ. ދެއްވަދޫ

23:00 ޒޯން 7 ސެމީ ފައިނަލް: ސ. މަރަދޫ - ސ. ހިތަދޫ

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox