ވޯލްޑް ކަޕްގެ ޖާގައެއް ހޯދަން މަޓޭޓާ ޕެލަސް ދޫކޮށްލަނީ

Jan 31, 2026, 3:50 AM
ވޯލްޑް ކަޕްގެ ޖާގައެއް ހޯދަން މަޓޭޓާ ޕެލަސް ދޫކޮށްލަނީ

ލަންޑަން (ޖެނުއަރީ 31) - މި އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ކުޅޭ ފްރާންސްގެ ސްކޮޑުން ޖާގަ ހޯދުމަށްޓަކައި، ކްރިސްޓަލް ޕެލަސް އަށް ކުޅެމުން އަންނަ ފޯވާޑް، ޖިއަން-ފިލީޕް މަޓޭޓާ، މި މަހުގެ ޓްރާންސްފާ ތެރޭގައި އެ ކްލަބް ދޫކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

ފްރާންސްގެ ލިޔޯން އާއި ޖަރުމަނުގެ މައިންޒް އަށް ކުޅެފައިވާ މަޓޭޓާ، 28، ޕެލަސް އަށް 2021 ވަނަ އަހަރު ލޯނަކަށް އައިސް އެ ޓީމުގެ ދާއިމީ ކޮންޓްރެކްޓެއް ހޯދީ މޮޅު ކުޅުމެއް ދައްކައިގެންނެވެ. ޕެލަސް އިން އެފްއޭ ކަޕް ހޯދި ޓީމުގައި ވެސް މޮޅު ކުޅުމެއް ދެއްކި މަޓޭޓާ އަށް ޝައުގުވެރިވާ ކްލަބްތަކަކީ ނޮޓިންހަމް ފޮރެސްޓް އާއި އިޓަލީގެ އޭސީ މިލާން އެވެ. މީގެ ތެރެއިން މަޓޭޓާ ބޭނުންވަނީ މިލާން އަށް ދިއުމަށެވެ.

ފްރާންސްގެ 19 އަހަރުން ދަށާއި 21 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފައިވާ މަޓޭޓާ ވަނީ 2024 ވަނަ އަހަރުގެ ފްރާންސްގެ އޮލިމްޕިކްސް ޓީމަށް ވެސް ކުޅެފަ އެވެ. އޭނާގެ އެންމެ ބޮޑު ޓާގެޓަކީ، މި އަހަރުގެ ވޯލްްޑް ކަޕްގައި ކުޅޭ ފްރާންސް ސްކޮޑުން ޖާގަ ހޯދުމެވެ. އެކަމަށްޓަކައި، ޔޫރަޕްގެ ވަރުގަދަ ލީގެއްގައި، ބޮޑު ޓީމެއްގައި ފެންވަރު ސާބިތުކޮށްދޭން އޭނާ ހުރީ ވަރަށް ބޭނުންވެފަ އެވެ.

Advertisement

އިޓާލިއަން ލީގަށް ވާދަކުރަމުން އަންނަ މިލާނުން މަޓޭޓާގެ ސޮއި ހޯދާނަމަ، 35-40 މިލިއަން ޑޮލަރުގެ ބިޑެއް ކުރަން ޖެހޭނެ އެވެ.

ފްރާންސްގެ ސީނިއާ ގައުމީ ޓީމަށް މަޓޭޓާ ފުރަތަމަ ފަހަރަށް މެޗެއް ކުުޅުނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. އޭގެ ފަހުން، ގައުމީ ސްކޮޑުގައި ހިމެނިގެން ތިން މެޗެެއްގައި ކުޅެފައިވާއިރު، އަޔަލެންޑް ކޮޅަށް ލަނޑު ވެސް ވަނީ ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox