އެސްޓީއޯ އަށް މިދިޔަ އަހަރު 15.5 ބިލިއަން ރުފިޔާގެ އާމްދަނީ އެއް، ސާފު ފައިދާ 762 މިލިއަނުގައި

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު: އެ ކުންފުންޏަށް މިދިޔަ އަހަރު މިދިޔަ އަހަރު 15.5 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބުނު --- ފޮޓޯ: އަދަދު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު: އެ ކުންފުންޏަށް މިދިޔަ އަހަރު މިދިޔަ އަހަރު 15.5 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބުނު --- ފޮޓޯ: އަދަދު

މިދިޔަ އަހަރު އެސްޓީއޯއަށް ޖުމްލަ 15.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

މިއަދު އާންމުކުރި އެ ކުންފުނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ މާލީ ހިސާބުތައް ދައްކާގޮތުން އެސްޓީއޯ އަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ މިދިޔަ އަހަރަށްވުރެ 98 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އާމްދަނީ އާއެކު ފައިދާ ވެސް އިތުރުވެފައިވެ އެވެ.

އެގޮތުން މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން 910 މިލިއަން ރުފިޔާގެ ފައިދާ އަދި ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި 762 މިލިއަން ރުފިޔާ އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ތިން ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ހިސާބުތަކަށް ބަލާއިރު 2025 ގެ ފަހު ތިން މަހު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާ އަށްވުރެ އަށް ޕަސެންޓު އިތުރުވުމެކެވެ.

ކުއާޓާއިން ކުއާޓާއަށް އާމްދަނީ އިތުރުވި ސަބަބެއް ކަމުގައި އެ ކުންފުނިން ބުނެފައިވަނީ ކުންފުނީގެ ހުރިހާ ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވެފައިވުމެވެ. އެގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ތެލުގެ އާމްދަނީ ހަތަރު ޕަސެންޓުން އިތުރުވިއިރު އެހެނިހެން އާމްދަނީ 19 ޕަސެންޓުން އިތުރުވިކަން އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.

އެ ކުއާޓާގައި އެކަނި އެސްޓީއޯ އަށް ޖުމްލަ ފައިދާގެ ގޮތުގައި 671 މިލިއަން ރުފިޔާ ލިބުނެވެ. މީގެ ތެރެއިން 322 މިލިއަނަކީ ހިންގުމުގެ ފައިދާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox