ގޯލްޑަން ފުޓްސަލް ޗެލެންޖު: ދުވާފަރު ގަދަ 16 އާ ގާތަށް، ޒޯން ހަތެއްގެ ސެމީ ކަށަވަރުވެއްޖެ

Jan 30, 2026, 7:06 AM
ދުވާފަރު ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ދުވާފަރު ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ގަދަ 16 ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ރ. ދުވާފަރުން ބޮޑުކުރިއިރު، ފޯރިގަދަ ޒޯން ހަތެއްގެ ސެމީ ފައިނަލުގެ ހަތަރު ޖާގަ ޔަގީންވެެއްޖެ އެވެ.

ޒޯން ދޭއްގައި، ރޭ ށ. އަތޮޅު ޗެމްޕިއަން، ކަނޑިތީމުގެ އަތުން ރ. އަތޮޅު ޗެމްޕިއަން، ދުވާފަރުން ކުރި ހޯދީ 2-0 އިންނެވެ. އަދި، މި ޒޯނުގައި ރޭ ފޯކައިދޫ އަތުން ނ. އަތޮޅުގެ ޗެމްޕިއަން، މާޅެންދޫން ވަނީ 5-1 އިން މޮޅުވެފަ އެވެ. އެއް ވަނައިގައި އޮތް ދުވާފަރަށް ދެ މެޗުން ހަ ޕޮއިންޓް ލިބުނުއިރު، ދެ ވަނައިގައި އޮތް ކަނޑިތީމާއި ތިން ވަނައިގައި އޮތް މާޅެންދޫ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތީ ދެ މެޗުން ބަލިވެ، ކަޓާފައިވާ ފޯކައިދޫ އެވެ. ދުވާފަރުން ފަހު މެޗުގައި މާޅެންދޫއާ ކުޅޭއިރު، ކަނޑިތީމުން ކުޅޭނީ ފޯކައިދޫއާ އެވެ.

ދުވާފަރަށް ރޭ ލަނޑުތައް ޖަހައިދިނީ، މުހައްމަދު އިޝާމް (ޝަންޓެ) އާއި އިބްރާހިމް އަނާން އަލީ އެވެ. މާޅެންދޫން ރޭ ފޯކައިދޫ ކޮޅަށް ލަނޑުތައް ޖެހީ މުހައްމަދު ފަރުހާން ދެ ގޯލު، އަލީ ފާރިޝް، އިބްރާހީމް ޒަޔާން އަދި އަފީފް އީސާ އެވެ. ފޯކައިދޫގެ ހަމައެކަނި ލަނޑު ޖެހީ ޖެހީ އަބްދުﷲ ރުޝްދާން އެވެ.

ޒޯން އެކެއްގެ ދެ މެޗު ކުޅުނުއިރު، އެ ޒޯނުގައި ވާދަކުރަނީ ހަތަރު ޓީމުންނެވެ. އެންމެ ފަހުގެ މި ޒޯންގެ ޗެމްޕިއަން، ނައިވާދޫން އިއްޔެ ނޮޅިވަރަންފަރާ 1-1 އިން އެއްވަރުވިއިރު، މި ޒޯނުގައި ދެން ކުޅުނު މެޗުގައި، ހއ. މާރަންދޫން 1-0 ހއ. ކެލާ ބަލިކުރި އެވެ.

އިއްޔެގެ މެޗުގައި، ނައިވާދޫގެ ޓީމުގައި، ގައުމީ ފުޓްސަލް ޓީމަށް ސާފްގެ ތަށި ހޯދައިދިން ތިން ކުޅުންތެރިން ކަމަށްވާ އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ހަމީދު (އަންމަޑޭ) އަދި ކީޕަރު، އިބްރާހިމް ނާޖިހު (ހޭޓް) ކުޅުނެވެ. އިއްޔެގެ މެޗުގައި، ނައިވާދޫން ޖެހި ލަނޑަކީ ނޮޅިވަރަންފަރުގެ އަހުމަދު ސިޒާން (ސިއްޕެ) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި، ނޮޅިވަރަންފަރުގެ ލަނޑު ޖެހީ އަކްރަމް އަބްދުލް ރަޝީދު (އަކު) އެވެ.

މާރަންދޫން އިއްޔެ ކެލާ ބަލިކުރި ލަނޑު ޖެހީ، ސަމްހާން އަބްދުލް ރަހުމާން އެވެ.

ޒޯން އެކެއްގައި، ކެލާ ފިޔަވައި، އަނެއް ތިން ޓީމަށް ވެސް ގަދަ 16 ބުރުގެ ފުރުސަތު އެބައޮތެވެ.

ޒޯން ހަތަރެއްގައި އިއްޔެ، އއ. މަތިވެރިން ވަނީ އދ. އޮމަދޫއާ 0-0 އިން އެއްވަރުވެފަ އެވެ. އަދި، މި ޒޯނުގައި އދ. މަހިބަދޫ އަތުން ވ. ކެޔޮދޫ މޮޅުވީ 3-2 އިންނެވެ. މި ޒޯންގެ އެއް ވަނައިގައި އޮތް މަތިވެރި އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ކެޔޮދޫ އަށް ތިން ޕޮއިންޓް އަދި ތިން ވަނައިގައި އޮތް އޮމަދޫ އަށް ދެ ޕޮއިންޓް ލިބިފައިވެ އެވެ. އަދި، ފުލުގައި އޮތް މަހިބަދޫ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

މަހިބަދޫ ބަލިކުރި މެޗުގައި، ކެޔޮދޫގެ ތަޖުރިބާކާރު ކުޅުންތެރިޔާ، އަހުމަދު ރަޝީދު (އަންމަޑޭ) ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ އަރީން އަބްދުﷲ އިބްރާހީމް އެވެ. މަހިބަދޫން ލަނޑު ޖެހީ އިސްމާއީލް ނަޒީރު އާއި އިބްރާހީމް އުސާމާ ހަސަން މަޖީދު އެވެ.

ވާދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ޒޯން ހަތެއްގެ ސެމީގައި، ދެއްވަދޫ، ވާދޫ، މަރަދޫ އަދި ހިތަދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ފޯރިގަދަ އެއް ޒޯނަކީ ޒޯން ހަތެކެވެ. މި ޒޯނުގައި، ސ. އަތޮޅާއި، ގއ. އަތޮޅާއި ގދ. އަތޮޅު އަދި ޏ. އަތޮޅުގެ ޓީމުތައް ކުޅޭނީ ގަދަ 16 ގެ ދެ ޖާގަ އަށެވެ. ޒޯން ބުރު ވެސް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

ހަތަރު ޓީމު ވާދަކުރާ ގްރޫޕް އޭއިން ސެމީއަށް ދިޔައީ ގދ. ވާދޫ އާއި އައްޑޫ ސިޓީ ހިތަދޫ އެވެ. ވާދޫ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދިއިރު، ހިތަދޫ ވަނީ ތިން މެޗުން ފަސް ޕޮއިންޓް ހޯދައިފަ އެވެ. އެ ގްރޫޕުން ކެޓީ ގދ. ކަނޑުހުޅުދޫ އާއި ފުވައްމުލަކު ދަޑިމަގެވެ.

މި ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، ހިތަދޫ އާއި ކަނޑުހުޅުދޫ ވަނީ 0-0 އިން އެއްވަރުވެފަ އެވެ. ވާދޫން ވަނީ، 2-1 އިން ދަޑިމަގު ބަލިކޮށްފަ އެވެ. ވާދޫގެ އަބްދުﷲ އާހިލް އަލީ ދެ ލަނޑު ޖެހިއިރު، ދަޑިމަގުގެ ލަނޑު ޖެހީ އަޖްމަލް އަހުމަދު އެވެ.

ތިން ޓީމު ކުޅޭ، މި ޒޯނުގެ ގްރޫޕް ބީގެ ފަހު މެޗުން، އައްޑޫ ސިޓީ މަރަދޫން ވަނީ ގދ. ހޯޑެއްދޫ 6-2 އިން ބަލިކޮށްފަ އެވެ. މި މެޗުގައި، މަރަދޫގެ ތަރި، ހަސަން ލައުހް ހެޓްރިކް ހެދި އެވެ. އެ ޓީމުން އަނެއް ލަނޑުތައް ޖެހީ މުހައްމަދު އަޒާން އާއި ހަސަން ޝިއުސް އެވެ. މެޗުގައި، ހޯޑެއްދޫގެ ލަނޑުތައް ޖެހީ މުހައްމަދު އިއުފާފް އަބްދުﷲ އާއި ސައިން އަސްލަމް އެވެ.

މި ގްރޫޕުން ދެ ވަނަ ދިޔައީ، ދެ މެޗުން ތިން ޕޮއިންޓް ލިބުނު ދެއްވަދޫ އެވެ.

ގޯލްޑަން ފުޓްސަލް ޗެެލެންޖުގެ ޒޯން ބުރު މިހާރު ކުރިއަށްދާއިރު، ހަތަރު ޒޯނަކުން ހަތް މެޗު ކުޅޭނެ އެވެ.

20:00: ޒޯން 8: ހުޅުމާލެ - މައްޗަންގޮޅި

20:00: ޒޯން 8: މާފަންނު - ވިލިމާލެ

21:00: ޒޯން 6: ތ. ތިމަރަފުށި - ލ. އިސްދޫ

21:00: ޒޯން 6: ލ. ގަން - ތ. ކިނބިދޫ

22:00: ޒޯން 3: ކ. މާފުށި - ޅ. ކުރެންދޫ

22:00 ޒޯން 3: ބ. އޭދަފުށި - ކ. ގާފަރު

23:00 ޒޯން 5: ދ. ކުޑަހުވަދޫ - ފ. މަގޫދޫ

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox