ޗެމްޕިއަންސް ލީގުގެ ގަދަ 8 ގައި އިނގިރޭސި ޕްރިމިއާ ލީގުގެ 5 ޓީމެއް

Jan 29, 2026, 10:06 AM
ޗެމްޕިއަންސް ލީގުގެ ގަދަ 8 ގައި އިނގިރޭސި ޕްރިމިއާ ލީގުގެ 5 ޓީމެއް

ލަންޑަން (ޖެނުއަރީ 29) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ ކުޅުން ނިމި، ގަދަ އަށް ޓީމަށް މުބާރާތުގެ ގަދަ 16 ބުރުގެ ސީދާ ޖާގައެއް ލިބުނުއިރު، އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ފަސް ޓީމެއް ހިމެނިއްޖެ އެވެ.

އެ ގޮތުން، ޗެމްޕިއަންސް ލީގުގެ އާ ފޯމެޓްގައިވާ ގޮތުން، 36 ޓީމެއް ލީގު ބުރުގައި ކުޅޭއިރު، ކޮންމެ ޓީމަކުން، އަމިއްލަ ދަނޑުގައި ހަތަރު މެޗު އަދި ރަށުންބޭރުގައި، ހަތަރު މެޗު ކުޅޭ ގޮތަށް އަށް މެޗުގެ ލީގު ބުރެއް ކުޅޭނެ އެވެ. އެ ލީގު ބުރުގެ ގަދަ އަށް ޓީމަކަށް ގަދަ 16 ބުރުގެ ސީދާ ޖާގައެއް ލިބޭއިރު، 9-24 އަށް ރޭންކް ކުރެވޭ ޓީމުތައް ޕްލޭއޮފްގައި ކުޅޭނެ އެވެ. އެއީ، ގަދަ 16 ގެ ބާކީ އަށް ޓީމު ނެގުމަށެވެ.

އެ ގޮތުން، ގަދަ އަށެއްގެ ތެރޭގައި، ހިމެނުނީ، ކުޅުނު އަށް މެޗުން ވެސް މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު، 24 ޕޮއިންޓް ހޯދި، އިންގްލެންޑްގެ އާސެނަލް އާއި ދެ ވަނައިގައި 21 ޕޮއިންޓާ އެކު އޮތް ޖަރުމަނުގެ ބަޔާން މިއުނިކާއި ތިން ވަނައިގައި 18 ޕޮއިންޓާ އެކު އޮތް އިންގްލެންޑްގެ ލިވަޕޫލާއި 17 ޕޮއިންޓާ އެކު ހަތަރެއްގައި އޮތް އިންގްލެންޑްގެ ޓޮޓެންހަމް ހޮޓްސްޕާސް އާއި ފަސް ވަަނައިގައި 16 ޕޮއިންޓާ އެކު އޮތް ސްޕެއިނުގެ ބާސެލޯނާ އާއި ހަ ވަނައިގައި 16 ޕޮއިންޓާ އެކު އޮތް އިންގްލެންޑްގެ ޗެލްސީ އާއި ހަތް ވަނައިގައި 16 ޕޮއިންޓާ އެކު އޮތް ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އާއި އަށް ވަނައިގައި 16 ޕޮއިންޓް ހޯދައިގެން އޮތް އިންގްލެންޑްގެ މެންޗެސްޓާ ސިޓީ އެވެ.

ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން 15 ފަހަރު ހޯދި ރެއާލް މެޑްރިޑާއި އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީން ވެސް ކުޅެން ޖެހިފައިވަނީ ޕްލޭއޮފްގަ އެވެ. ޕްލޭއޮފުން ފުރުސަތު ނުލިބި ކެޓި ވަރުގަދަ އެއް ޓީމަކީ، އިޓަލީގެ ޗެމްޕިއަން، ނަޕޯލީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox