ސިވިލް ރައިޓްސް އޮފީހަށް މިދިޔަ އަހަރު ހުށަހެޅީ އެންމެ ތިން މައްސަލަ

Jan 29, 2026, 5:00 AM
ބަންޑާރަނައިބު އަހުމަދު އުޝާމް: ސިވިލް ރައިޓްސް އޮފީސް ގާއިމްކޮށްފައި ވަނީ ތަހުގީގު ކުރުމުގެ ބާރު ނުދީ -- ފޮޓޯ: އަދަދު ފައިލް

ބަންޑާރަނައިބު އަހުމަދު އުޝާމް: ސިވިލް ރައިޓްސް އޮފީސް ގާއިމްކޮށްފައި ވަނީ ތަހުގީގު ކުރުމުގެ ބާރު ނުދީ -- ފޮޓޯ: އަދަދު ފައިލް

ދިވެހި ރައްޔިތުންގެ މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ ޝަކުވާ ހުށަހަޅަން ސަރުކާރުން އުފެއްދި އޮފީސް ފޯ ސިވިލް ރައިޓްސް އަށް މިދިޔަ އަހަރު ހުށަހެޅީ އެންމެ ތިން މައްސަލަ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފި އެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިންގާ ސިވިލް ރައިޓްސް އޮފީސް އުފެއްދީ، ނޮވެމްބަރު، 2023، ގަ އެވެ. އޭގެ ފަހުން 2023 އަދި އަދި 2024 ވަނަ އަހަރު އެ އޮފީހަށް 28 މައްސަލަ ހުށަހެޅި އެވެ.

އެކަމަކު، ސިވިލް ރައިޓްސް އޮފީހަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ބަންޑާރަނައިބުގެ އޮފީހުގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ ސިވިލް ރައިޓްސް އޮފީހަށް މިދިޔަ އަހަރު ހުށަހެޅީ އެންމެ ތިން މައްސަލަ ކަމަށެވެ. ނަމަވެސް އެއީ ކޮން ބާވަތްތަކެއްގެ މައްސަލަތަކެއް ކަމެއް ބަންޑާރަނައިބުގެ އޮފީހަކުން ނުބުނެ އެވެ.

ބަންޑާރަނައިބުގެ އޮފީހުގެ އަހަރީ ރިޕޯޓުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު ހުށަހެޅި 28 މައްސަލައިގެ ތެރެއިން ޖަވާބު ދެވުނީ އެންމެ 13 މައްސަލައަކަށެވެ. މިދިޔަ އަހަރު ހަ މައްސަލައަކަށް ޖަވާބު ފޮނުވި އެވެ. އެއީ 2024 ގައި ހުށަހެޅި ބައެއް މައްސަލަތަކަށް ފޮނުވި ޖަވާބު ވެސް ހިމެނޭ ގޮތަށެވެ.

ސިވިލް ރައިޓްސް އޮފީސް އުފެއްދުމަށްފަހު މައިގަނޑު ހަތަރު މެންޑޭޓެއް ސަރުކާރުން އެ އޮފީހާ ހަވާލު ކުރި އެވެ. އެއީ:

  • ގާނޫނު އަސާސީއާއި ގާނޫނުތަކުން ކަށަވަރުކޮށްދޭ މަދަނީ ހައްގުތައް ރައްކާތެރިކޮށް، އެ ހައްގުތައް ރައްޔިތުންނަށް ލިބިދޭކަން ކަށަވަރު ކުރުމާ ގުޅޭ ސަރުކާރުގެ ސިޔާސަތު ވިލަރެސް ކުރުން
  • މަދަނީ ހައްގުތައް ލިބިދިނުމުގައި ކުރެވޭ ތަފާތުކުރުންތަކާ ގުޅޭ ޝަކުވާތަކާއި މަދަނީ ހައްގުތައް ލިބިނުދީ ހިފަހައްޓާ ޝަކުވާތައް ސަރުކާރަށް ހުށަހަޅާނެ ރަސްމީ ނިޒާމެއް ގާއިމުކުރުން
  • މުއައްސަސާތަކުން ހިދުމަތްތައް ފޯރުކޮށްދިނުމުގައި މަދަނީ ހައްގުތައް ހިމާޔަތްކޮށް ކަށަވަރުކޮށްދެވެނޭ ގޮތަށް ކަންކަން ކުރަމުންދޭތޯ ބެލުން
  • މަދަނީ ހައްގުތައް ހިމާޔަތް ކުރަން ސަރުކާރުގެ އިދާރާތަކުން ކުރާ މަސައްކަތްތައް މުރާޖާކޮށް، ކަމާ ގުޅޭ މަޝްވަރާއާއި ލަފާ ދިނުން

މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ބަންޑާރަނައިބު އަހުމަދު އުޝާމް ކުރިން ވިދާޅުވެފައި ވަނީ، ސިވިލް ރައީސް އޮފީހުން އެއްވެސް މައްސަލައެއް ތަހުގީގެއް ނުކުރާނެ ކަމަށެވެ. އެކަމަކު، ކޮންމެ މައްސަލައަކަށް ވެސް އެ އޮފީހުން ޖަވާބެއް ފޮނުވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

"އެ އޮފީހަކީ ތަހުގީގު ކުރުމުގެ ބާރެއް އޮތް ތަނެއް ނޫން، [އެއްވެސް ކަމެއް] ތަހުގީގެއް ނުވެސް ކުރާނެ،" އުޝާމް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox