އަލޮންސޯއާ އެކު ލިވަޕޫލްގެ ކޯޗުކަމުގެ މަޝްވަރާތަކެއް: ރިޕޯޓް

Jan 28, 2026, 2:33 AM
އަލޮންސޯއާ އެކު ލިވަޕޫލްގެ ކޯޗުކަމުގެ މަޝްވަރާތަކެއް: ރިޕޯޓް

މެޑްރިޑް (ޖެނުއަރީ 28) - ރެއާލް މެޑްރިޑްގެ ކޯޗުކަމުން ދާދި ފަހުން ވަކިކުރި ސްޕެއިނުގެ ޒަބީ އަލޮންސޯއާ ލިވަޕޫލްގެ ކޯޗުކަން ހަވާލުކުރަން، މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސްޕެނިޝް ސުޕަ ކަޕުން ބަލިވުމުން، އަށް މަސް ތެރޭ ރެއާލްގެ ކޯޗުކަމުން އަލޮންސޯ ވަކިކުރީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

ކޯޗިން އިން ބްރޭކެއް ނަގައި، އަންނަ ސީޒަނުގައި ޓީމަކާ ހަވާލުވާން ނިންމައިގެން ހުރި އަލޮންސޯއާ ލިވަޕޫލުން ދާދި ފަހުން މަޝްވަރާތަކެއް ކުރި ކަމަށް ސްޕެއިނުގެ އެކި ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އަލޮންސޯ ވެސް ގެންނަން މަސައްކަތް ކުރުމަށް ފަހު، އެ ފަހަރު އެކަން ކާމިޔާބުނުވެ، ލިވަޕޫލުން މީގެ އެއް އަހަރު ކުރިން ގެނައި ނެދަލެންޑްސްގެ ކޯޗު އާނާ ސްލޮޓަށް ވަނީ ޓީމުގެ ނަތީޖާތައް ރަނގަޅުނުކުރެވި ޕްރެޝަރު ބޮޑުވެފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަސް މެޗުން މޮޅުވި ލިވަޕޫލުން، އަދި 2026 ވަނަ އަހަރު ލީގު މެޗަކުން މޮޅުނުވެ އެވެ.

ލިވަޕޫލްގެ ބޯޑު މެމްބަރުންގެ މެދުގައި، ސްލޮޓްގެ މުސްތަގުބަލާ މެދު ބަހުސްތަކެއް ކުރެވޭއިރު، އަލޮންސޯ އަކީ ބަދަލުގައި ގެންނާނެ ކޯޗު ކަމަށް ރިޕޯޓްތައް ބުނެ އެވެ. ލިވަޕޫލުން މެޑްރިޑްގައި އަލޮންސޯގެ އޭޖެންޓާ އެކު، ފާއިތުވި ހަފްތާ ތެރޭ ދެ ބައްދަލުވުމެއް ބޭއްވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި، މައިގަނޑު މަޝްވަރާތައް ކުރެވުނީ އަންނަ ސީޒަނަށް އަލޮންސޯ ގެނައުމަށެވެ.

ސްލޮޓަށް އިތުރު ފުރުސަތެއް ދިނުމާ މެދު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، ގޮތެއް ނިންމައި، ވަގުތީ ގޮތުން، ސީޒަނުގެ ނިޔަލަށް ލިވަޕޫލްގެ ކޯޗުކަން ކުރީގެ ކެޕްޓަން، ސްޓީވެން ޖެރާޑަށް ދިނުމުގެ ހިޔާލުތަކެއް ވެސް ލިވަޕޫލްގެ ސީނިއާ މެނޭޖްމަންޓް ތެރޭގައި އެބައޮތް ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އަލޮންސޯ ލިވަޕޫލާ ހަވާލުވާން އުޅޭ ކަމަށް މީޑިއާގައި ދެކެވޭ ވާހަކައާ ގުޅޭގޮތުން، ސުވާލުކުރުމުން ސްލޮޓްގެ އިތުރުން ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް އެދެވޭ ޖަވާބެއް ދީފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox