އެކްސިޑެންޓްވި ޓޮޓެންހަމް ދެ ކުޅުންތެރިންގެ ހާލު ރަނގަޅު

Jan 28, 2026, 1:30 AM
އެކްސިޑެންޓްވި ޓޮޓެންހަމް ދެ ކުޅުންތެރިންގެ ހާލު ރަނގަޅު

ލަންޑަން (ޖެނުއަރީ 28) - ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެ ގައުމަށް ދިއުމަށްޓަކައި، އެއާޕޯޓަށް ދިޔަ މަގުމަތީގައި ކާރު އެކްސިޑެންޓެއްވި، ޓޮޓެންހަމްގެ ދެ ކުޅުންތެރިން ކަމަށްވާ ވިލްސަން އޮޑޮބެއާ އާއި ރަންޑަލް ކޯލޯ މުއާނީގެ ހާލު ރަނގަޅު ކަމަށް އެ ކްލަބުން ބުނެފި އެވެ.

އިންގްލެންޑް، ހާޓްފޯޑްޝަޔާގެ އެމް25 މޮޓޯވޭގައި ދެ ކާރު ޖެހިގެން ހިނގި މި އެކްސިޑެންޓުގައި ކާރަށް ގެއްލުންތަކެއް ލިބުނު ނަމަވެސް ކުޅުންތެރިންނަށް ގެއްލުމެއް ނުވާ ކަމަށް ޓޮޓެންހަމްގެ ކޯޗު ތޯމަސް ފްރޭންކް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފަ އެވެ.

ފްރޭންކް ބުނީ، ހަގީގަތުގައި އެކްސިޑެންޓަކީ ވެސް އެހާ ބޮޑަށް ހިނގި ކަމެއް ނޫން ކަމަށާއި ފުޓްބޯޅަ ކުޅުންތެރިން ޝާމިލުވާ ކަންކަަމަށް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބޭ ގޮތަށް މި އެކްސިޑެންޓުގެ ވާހަކަ ވެސް މީޑިއާގައި ހިނގީ ކަމަށެވެ.

"ޓަޔަރު ހަލާކުވެގެން ދެން ދިމާވި ހާލަތެއް، މި އެކްސިޑެންޓަކީ، އެ ކުޅުންތެރިން ޓީމާ ގުޅޭނެ" ފްރޭންކް ބުންޏެވެ.

ފްރޭންކްފާޓާ ދެކޮޅަށް ކުޅޭ މެޗުގައި މުއާނީ އާއި އޮޑޮބެއާ ބޭނުންކުރާނެތޯ ސުވާލުކުރުުމުން ފްރޭންކް ބުނީ، މެޗުގައި ކުޅޭނެ ކުޅުންތެރިން ނިންމަނީ ފަހު ޕްރެކްޓިހުގައި ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox