ގޯލްޑަން ފުޓްސަލް ޗެލެންޖް: ހުޅުމާލެ އާއި މައްޗަންގޯޅިން ފެށީ މޮޅަކުން

Jan 26, 2026, 4:26 AM
މައްޗަންގޯޅި ޓީމުގެ އަޔާން ލަނޑު ޖެހުމަށް ފަހު އުފާފާޅު މި ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މައްޗަންގޯޅި ޓީމުގެ އަޔާން ލަނޑު ޖެހުމަށް ފަހު އުފާފާޅު މި ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން 8، މާލެ ޒޯން ގައި ރޭ ކުޅުނު ފުރަތަމަ މެޗުތަކުން މައްޗަންގޯޅި އާއި ހުޅުމާލޭން މޮޅަކުން ފަށައިފި އެވެ.

މާލެ ޒޯނުގައި، ހަތަރު ޓީމުން ވާދަކުރާއިރު، މިދިޔަ އަހަރުގެ މި ޒޯނުގެ ޗެމްޕިއަން، ވިލިމާލޭ ކައިރިން ރޭ މައްޗަންގޯޅި މޮޅުވީ 4-3 އިންނެވެ. މި މެޗުގައި، މައްޗަންގޯޅީގެ ޔޫސުފް އަޔާން އާމިރު ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ، އަބްދުﷲ އާއިޝް އަލީ އާއި ރިލްވާން ވަހީދު (ރިލޭ) އެވެ. މި މެޗުގައި، ވިލިމާލޭގެ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ އަބްދުﷲ ޝައްފާން (ޝާކާ) އެވެ.

މި ޒޯނުގައި ރޭ މާފަންނު ކައިރިން ހުޅުމާލޭން ކުރި ހޯދީ 1-0 އިންނެވެ. މި މެޗުގައި ހުޅުމާލޭގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު މަހުދީ އެވެ.

ޒޯން ހަތެއްގައި ޓީމުތަކުން ދެ ވަނަ މެޗު ކުޅުނުއިރު، ގްރޫޕް އޭގައި ވާދޫން ވަނީ 2-2 އިން ހިތަދޫއާ އެއްވަރުވެފަ އެވެ. އަދި ދަޑިމަގުން ވަނީ 3-1 އިން ގއ. ކަނޑުހުޅުދޫ އަތުން ބަލިވެފަ އެވެ. ވާދޫގެ މުހައްމަދު ނާއިލް އާއި އިބްރާހިމް ޝައުފު މުހައްމަދު ލަނޑުތައް ޖެހިއިރު، ހިތަދޫން ލަނޑުތައް ޖެހީ އީމާން ނަޒީރު އާއި ހާޒިމް ފައުޒީ އެވެ. ކަނޑުހުޅުދޫން ލަނޑުތައް ޖެހީ އަހުނަފް ޒާހިރު ދެ ގޯލާއި އަލީ އަޒްވާން އަބްދުލް އަޒީޒް އެވެ. ދަޑިމަގުގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ސާދު ނިޒާރު އެވެ.

މި ގްރޫޕްގެ އެއް ވަނައިގައި އޮތް ވާދޫ އާއި ދެ ވަނައިގައި އޮތް ހިތަދޫ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ކަނޑުުހުޅުދޫގެ އޮތީ ތިން ޕޮއިންޓެވެ. އަދި، ފުލުގައި އޮތް ދަޑިމަގު ވަނީ ދެ މެޗުން ވެސް ބަލިވެފަ އެވެ.

ގްރޫޕް ބީގައި އިއްޔެ ކުޅުނު މެޗުން މަރަދޫން ވަނީ 3-2 އިން ދެއްވަދޫ ބަލިކޮށްފަ އެެވެ. މަރަދޫގެ ލަނޑުތައް ޖެހީ، މުހައްމަދު ސަހާއު އަލީ ދެ ގޯލާއި ހުސެއިން އައިކް އެވެ. އަދި، ދެއްވަދޫން ލަނޑު ޖެހީ ޝިފާޒް އާދިލް އާއި ވިޝާހު އަބްދުލް މަޖީދު (ވިއްޓު) އެވެ. މި ގްރޫޕްގެ އެއް ވަނައިގައި އޮތް ދެއްވަދޫ އާއި ދެ ވަނައިގައި އޮތް މަރަދޫ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ހޯނޑެއްދޫ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ޒޯން ފަހެއްގައި އިއްޔެ ކުޅުނު މެޗުން މަގޫދޫ އަތުން ދިއްގަރު ވަނީ އިސްމާއިލް ޒަޔާން ސުލައިމާން ޖެހި ގޯލުން 1-0 އިން މޮޅުވެފަ އެވެ. ޒޯން ހައެއްގައި ރޭ ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. މުބާރާތުގެ ދެ ޗެމްޕިއަނުން ކަމަށްވާ ތ. ތިމަރަފުއްޓާއި ލ. ގަމުން ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު، ލ. އިސްދޫ އާއި ތ. ކިނބިދޫގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މުހައްމަދު ޝާފިއު، ކިނބިދޫ އަށް ލަނޑު ޖަހައިދިންއިރު، އިސްދޫގެ ލަނޑު ޖެހީ އަލީ ހުމޭޒު އެވެ. މި މެޗުން މޮޅުވާން ދެ ޓީމަށް ވެސް ފުރުސަތު ލިބުނުއިރު، ބޭނުމެއް ނުކުރެވުނެވެ.

ޒޯން ތިނެއްގައި، ބ. އަތޮޅު ޗެމްޕިއަން، އޭދަފުށިން ވަނީ، ކ. އަތޮޅުގެ ރަނަރަޕް، މާފުށި އަތުން، މުހައްމަދު ފާސިރު (ފާއްޓޭ) ޖެހި ގޯލުން 1-0 އިން މޮޅުވެފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި، ކ. އަތޮޅުގެ ޗެމްޕިއަން، ގާފަރުން ވަނީ 1-1 އިން ޅ. އަތޮޅުގެ ޗެމްޕިއަން، ކުރެންދޫއާ އެއްވަރުކޮށްފަ އެވެ. ކުރެންދޫގެ ލަނޑު ޖެހީ، އަލީ އިބްރާހިމް (އައްޔަ) އެވެ. ގާފަރުގެ ލަނޑު ޖެހީ ޝަނާން ރަޝާދު އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިހާރު ކުރިއަށްދަނީ ޒޯން ބުރެވެ. މި ބުރުގައި، މިރޭ ހަ މެޗު ކުޅޭނެ އެވެ.

މިރޭގެ މެޗުތައް:

20:00: ޒޯން އެކެއް - ހއ. މާރަންދޫ - ހދ. ނޮޅިވަރަންފަރު

20:00: ޒޯން އެކެއް - ހދ. ނައިވާދޫ - ހއ. ކެލާ

21:00: ޒޯން ދޭއް - ށ. ކަނޑިތީމް - ނ. މާޅެންދޫ

21:00: ޒޯން ދޭއް - ށ. ފޯކައިދޫ - ރ. ދުވާފަރު

22:00: ޒޯން ހަތަރެއް - ވ. ކެޔޮދޫ - އއ. މަތިވެރި

22:00: ޒޯން ހަތަރެއް - އދ. އޮމަދޫ - އދ. މަހިބަދޫ

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox