ފަސްމާމުލުންގެ ފަސްވަގުން ސަޖިދައަށް ދިޔަ ވަގުތު ނެގި ފޮޓޯއެއް އާންމުވުން

ފަސްމާމުލުންގެ ފަސްވަގުން ސަޖިދައަށް ދިޔަ ވަގުތު ނެގި ފޮޓޯއެއް އާންމުވުން

ފިރުއައުނަށް ސަޖިދަ ޖަހާ ބަޔަކު އުޅުނުކަން ދެނެހުރީމު ހެއްޔެވެ؟ ފިރުއައުނުގެ ވާހަކަ ކުޑަކުއްޖަކަށް ކިޔައިދިނުމަށް ފިރުއައުނުގެ ދަރުބާރުގެ ކާޓޫނެއް ކުރެހުމުގެ ހުކުމަކީ ކޮބާތޯ އެވެ؟ އެވެސް ވާނީ ސަޖިދައަށް ކުރެވޭ މަލާމާތަކަށްތޯ އެވެ؟ ނުވަތަ އޭގައި ބަލަންވީ ކުރެހި މީހާގެ އަސްލު ބޭނުމާއި މަގުސަދާއި ކޮންޓެކްސްޓަކީ ކޮބާތޯ ނޫންބާވަ އެވެ.

ދުނިޔެ ދުށް އެންމެ ބޮޑު މުނާފިގު ކަލޭގެ ޢަބްދުﷲ ބިން އުބައްޔު ބިން ސަލޫލު ދަންނަންތޯ އެވެ؟ އޭނާގެ ނަން ކިއުން ވެސް ވާނީ ދީނަށް ކުރެވޭ ފުރައްސާރައަކަށްތޯ އެވެ؟ އެހެނީ މުނާފިގު ކަލޭގެއޭ ބުނެފައި ދެން ކިޔަން މިޖެހެނީ ﷲ ގެ އިސްމުފުޅު ހިމެނިފައިވާ ނަމެކެވެ.

ބަޔަކު ސަޖިދައަށް ތިބެގެން ވައްކަންކުރާ މަންޒަރު ދައްކައިދީ އަދަދު ނޫހުން ކުރަހާފައިވާ ފޮޓޯއަކީ ދީނަށް ކުރި ފުރައްސާރައެއް ގޮތުގައި ސިފަކުރުމަކީ އިސްވެ މިދަންނަވާލި ދެ މިސާލުގައި މިބަޔާންކުރާ ކަހަލަ، ބުއްދި ހުރި މީހަކު ދައްކައިގެން ނުވާނެ ކަހަލަ ހަމަނުޖެހޭ މޮޔަ ވާހަކަތަކެއްގެ މައްޗަށް ކޮށްގެން އުޅޭ ތުހުމަތެކެވެ. މަގޭ ވެރިކަމެއްގައި މީޑިއާ ކޮންޓްރޯލަރުންތައް ލާނީ ޖަލަކަށް ވެސް ނޫނެވެ. މޮޔައިންގެ މަރުކަޒަކަށެވެ.

Advertisement

ދީން ބޭނުންކޮށްގެން ވައްކަންކުރާތީ އެކަން އާންމުންގެ ސަމާލުކަމަށް ގެނައުމަށް ކުރެހި ކާޓޫނެއް، ދީނާ ގުޅުވާފައި ކިތަންމެ ނުރައްކާތެރި ތުހުމަތެއްގެ ގޮތުގައި ސިފަކުރިޔަސް އަޅުގަނޑު ތިޔަ އެންމެ ކަލުންނާއި ކަނބަލުންނަށް ނަސޭހަތްތެރިވަނީ ހަމަ ކުޑަކޮށް ވެސް ވަގުންނަށް ވަގަށް ގޮވުން ދޫނުކުރެއްވުމަށެވެ. ޖުއްބާގައި އަދި ފަގުޑި އަޅާފައި ހުއްޓަސް ވަގަކު ވާނީ ވަގަކަށެވެ. ވަގަކު ވައްކަން ކޮށްގެން ނަމާދަށް އަރާ ހުއްޓަސް އެމީހަކު ވާނީ ވަގަކަށެވެ. ކޯޓުފަޓުލޫނާއި ޓައީ އަޅާފައި ހުއްޓަސް ވަގަކު ވާނީ ވަގަކަށެވެ. އެ މަންޒަރު ދައްކުވައިދޭން ކާޓޫނު ކުރެހީމާ އެއީ ޓައީއަށް ކުރި ފުރައްސާރައަކަށް ނުހެދޭނެ އެވެ.

ދުނިޔެ ދުށް ބޮޑު މުނާފިގު އަބްދުﷲ ބިން އުބައްޔު ބުން ސަލޫލަކީ މުނާފިގެއް ކަމަށް ޤުރުއާނުން ދަލީލު ލިބުނީ އޭނާ މިސްކިތަށް އަރައަރައި އުޅެނިކޮށެވެ. އެއީ ކަން އޮތް ގޮތުގެ ހަގީގަތް ބަޔާންކުރެއްވުމެވެ. އެހެންވީމާ ކަން އޮތް ގޮތުގެ ހަގީގަތް ބަޔާންކުރުން ގުޅެނީ މިސްކިތާ ވިޔަސް ސަޖިދައާ ވިޔަސް އެ ހަގީގަތް ބަޔާންކުރުމަށް ކުރެވޭ މަސައްކަތަކީ ދީނީ ގޮތުންވެސް އެކަން ކުރާން އޮތްގޮތެވެ. ދަންނަވަންތޯ އެވެ! އަމަލުތައް ވަނީ ނިޔަތްތަކާ އެކުގަ އެވެ. މިވަރު ނޭނގޭ މޮޔައިން މީޑިއާ ކޮންޓްރޯލަރުންނަށް ތިއްބެވީމާ އަމިއްލަ ކަރުގައި ވަޅިވެސް އަޅާފާނެ އެވެ.

މިރާއްޖޭގައި ގިނަ މަޖިލިސް މެންބަރުންނާއި ވެރިންނާއި މިނިސްޓަރުން އަދި އެނޫންވެސް ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަ ދައްކާ މީހުން ބިސްމި ކިޔަނީ ވެސް ނުބައިކޮށެވެ. އަރަބި ބަހުގެ މަހުރަޖާ އެއްގޮތަށް ބިސްމި ކިޔަން އެނގޭ މީހަކު ސިޔާސީ މީހުންގެ ތެރޭގައި ވަރަށް މަދެވެ. އޭގެ ނަތީޖާއަކަށްވަނީ މި މީހުން މި ކިޔާ ބިސްމީގެ މާނަވެސް ނުބައިވުމެވެ. އަރަބި ބަހުގައި ޙާ އަދި ޚާ އަދި ހާ މިއީ ތަފާތު ތިން އަކުރެވެ. އަދަދު ނޫހުގެ ކާޓޫނު ދީނީ ފުރައްސާރައަކަށް ވާ ހަމައިން މި މީހުންގެ ބިސްމި ކިޔުންވެސް މިއީ ކުޑަ ފުރައްސާރައެއް ނޫނެވެ.

ހަނދުމަފުޅު ހުންނާނެ އެވެ. އަހަރެމެން ފަތިސް ނަމާދުގައި ގުނޫތު ކިޔަކިޔައި ތިއްބައި، އެއީ ބިދުއައެއް ކަމުގައި އިލްމުވެރިން ވިދާޅުވާތީ އަހަރެމެން އެކަން ހުއްޓާލިތާ ޒަމާންތަކެއް ވެއްޖެ އެވެ. އެކަން ބިދުއަކަށްވީ ސުންނަތުން ސާބިތުނުވާ ކަމެއް އަޅުކަމެއްގެ ތެރޭގައި އެއީ އެއަޅުކަމުގެ ބަޔެއް ކަމުގައި ބަލައިގެން އާންމު އުސޫލަކުން ކުރާތީ އެވެ. މިއީ އިލްމުވެރިން ބުނި ގޮތެވެ.

ދެން މިހާރު މިފެންނަ މަންޒަރުތަކަށް ބައްލަވާލައްވާށެވެ! އުމްރާ ކުރުމަކީ ވެސް އަޅުކަމެކެވެ. އެކަމަކު އެ އުމްރާއާ މިހާރު މިބައިމީހުން ގުޅުވައިގެން އުޅޭ އަޅުކަމަކަށް ނުވާ، އުމުރާގެ ތެރެއިން ޓޫރިޒަމްގެ ބޭނުމަށް އަލަށް އުފެއްދި އެތައް ދަތުރެއް އުމްރާގެ އަޅުކަމާ ގުޅުވާފައި އޮންނަ އޮތުން އިސްވެ ދެންނެވި ހަމައިން ބިދުއަކަށް ވެސް ނުވި އެވެ. ކޮންމެ އުމުރާއަކާ އެކު ހިރާ ފަރުބަދައިގެ ހޮހޮޅައަށާއި ޚަންދަޤާއި އުޙުދުގެ މައިދާނަށް ޒިޔާރަތްކުރުމަކީ ސުންނަތުން ސާބިތުވާ ކަމެއްތޯ އެވެ؟

ދިރޭ ތަކެތީގެ ސޫރައިގައި ހެދޭ އެތައް ބުދަކުން ތަލްބިޔާ ކިޔާ ގޮތް ހެދީމާ އެ ސްވިނިއާ އަކީ ޝިރުކަށް މަގުފަހިކުރާ އެއްޗަކަށް ނުވި އެވެ. މި ކޮން ކަހަލަ ހަމައެއް ހެއްޔެވެ؟ ހަރާންވަނީ މަކުނުދޫ ގޮނޑު ދޮށުގައި ކަހަނބެއް ބޭއްވީމަ އެވެ.

ޓިކްޓޮކުން އިޝްތިހާރުކޮށްގެން ހިންގާ އުމްރާ ޖަމާއަތްތަކުގެ އިޝްތިހާރުތަކަށް ބަލާއިރު، އެންމެ ރަނގަޅު ދިވެހި ކެއުން ލިބޭ ބުފޭއެއް އޮތީ ތިމަންނާމެންގެއޭ ބުނެ އިޝްތިހާރުކޮށްގެން، އުމްރާގެ އަޅުކަމެކޭ ހޮލިޑޭ ޕެކޭޖެކޭ ވަކިނުވާ ފަދައިން އިޝްތިހާރު ކުރާއިރުވެސް ހަމަ އެއްވެސް ދީނީ މައްސަލައެއް ނެތެވެ.

މިދޭތެރެއަކުން އުމްރާގެ އަޅުކަމާ ގުޅުވައިގެން ރޮނާލްޑޯގެ މެޗް ބަލަން ވެސް ގުރޫޕަކުން ޓިކެޓް ވިއްކައިފި އެވެ. މި ރޮނާލްޑޯއަކީ އޭނާގެ ހައްގުގައި ސައުދީ އަރަބިއްޔާގެ އިސްލާމީ އެތައް އާދަކާދަތަކެއް ބަދަލުކުރަންޖެހުނު ސައުދީ އަރަބިއްޔާގެ އިސްލާމީ ވެއްޓަށް ހުރި ބޮޑު ސިންގާ ނުރައްކަލެއްވެސްމެ އެވެ. އޭނާގެ ނަމުގެ ކުރީގައި އޮންނަނީ ވެސް ކިރިސްތިޔާނޯ އެވެ. މި މީހުންގެ ހަމައިން ބަލާނަމަ، އެނަމުގައި ސައުދީ އަރަބިއްޔާއަށް އޭނާ އެތެރެކުރުންވެސް އެއީ ފުރަތަމަ ދީނަށް ކުރި ފުރައްސާރައެއް ނޫންތޯ އެވެ.

އަޑުއެހީމު ހެއްޔެވެ؟ މުޒާހަރާއަކުން ފިލަން ދުވި މީހަކު ހެދި ގޮތަކީ އޭނާ އެރީ މިސްކިތަށެވެ. އޭނާ ފެށީ ނަމާދުކުރަންށެވެ. އޭނާ ފަހާ ދިޔަ ފުލުހުން މުޅިން ގޮތް ހުސްވެފައި އެތައް އިރަކު ތިބީ އެވެ. ނަމާދަށް ހުއްޓައި ހައްޔަރުކޮށްފިއްޔާ ވާނީ ދީނަށް ކުޑައިމީސްކޮށް ނަމާދުކުރަން ހުރި މީހަކު ހައްޔަރުކުރީ ކަމަށްތާ އެވެ!

މިރާއްޖޭގައި މީގެ ކުރިން ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރި ކިތަންމެ ތަނަކަށް ވެސް ފުލުހުން ވަދެ އެތަންތަން ރޫޅާލިއެވެ. ކުށްވެރިވީ ފުލުހުންނެވެ. އެއީ ނަމާދުގެ ޖަމާއަތްތައް ރޫޅާލީމަ އެވެ. އެހެންވެގެން ރައީސް މައުމޫނު ވެސް ވީ މި މީހުންގެ ބަހުގައި ދީނާ މުޅިން ދެކޮޅު މީހަކަށެވެ. މިއުޅޭ އެމްޑީޕީ ބައިގަނޑު ވެސް އެ ވަގުތުގެ ފައިދާއަށް އެކަންވެސް ނާޖާއިޒުގޮތުގައި ބޭނުން ނުކުރިނަމަ، މިހާރު ބޮވިފައި މިތިބަ ބޮނޑިއެއް ގައިމު ނުބޮވުނީސްތާ އެވެ.

އަދަދު ނޫހުގެ ކާޓޫނަކީ ދީނަށް ކުރި ފުރައްސާރައެއްކަމަށް އަޑު އަރުވަނީ ދީނުގެ ނިވަލުގައި ވައްކަންކުރަން ފޫގަޅައިގެން އުޅޭ މީހުންނެވެ. އަދި މިސަރުކާރުގެ ވައްކަންތަކުން ބައިއެޅޭ ދީނީ އިލްމަށް ނިސްބަތްވާ ބަޔަކު މީހުންވެސް މީގައި އެބައުޅެ އެވެ.

ސަޖިދައިގައި ތިބެ ވައްކަންކުރިޔަސް އެވާނީ ވައްކަމަށެވެ. އަދި ދީން ބޭނުންކޮށްގެން ވައްކަންކުރާނަމަ، އެކަން ކާޓޫނުންނާއި އެނޫންވެސް ގޮތްގޮތަށް ހާމަކުރުމަކީ އަހުލާގީ އަދި ދީނީ އަދި ގައުމީ ވާޖިބެކެވެ. އަޅުގަނޑުގެ ބާރެއް މިރާއްޖޭގެ ވެރިކަމުގައި ހިނގިއްޔާ އެކާޓޫނު ކުރެހި ކުއްޖަކަށް އެވޯޑުދޭނަމެވެ. އަދި އެޔަށް ފާޑުކީ ހަމަ ކޮންމެ މީހެއްގެ ސިކުނޑި ހަމަޖެހޭތޯ ބަލަން ކަމާބެހޭ މަރުކަޒަކުން ތަހުލީލެއް ހިންގައި، އޭގެ ތެރެއިން މޮޔައިންގެ މަރުކަޒަށް ލާންޖެހޭ މީހުން އެ މަރުކަޒަށް ވެސް ލާނަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox