ޔަމާލްގެ މޮޅު ގޯލާ އެކު ބާސެލޯނާ އަލުން އެއް ވަނަ އަށް

Jan 26, 2026, 1:52 AM
ޔަމާލްގެ މޮޅު ގޯލާ އެކު ބާސެލޯނާ އަލުން އެއް ވަނަ އަށް

ބާސެލޯނާ (ޖެނުއަރީ 26) - ސްޕެނިޝް ލީގުގައި ރޭ ލަމީން ޔަމާލް ޖެހި ގޯލާ އެކު، 3-0 އިން ލީގުގެ ފުލުގައި އޮތް ރެއާލް އޮވިއޭޑޯ އަތުން މޮޅުވެ، ބާސެލޯނާ އިން އަލުން އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ވިޔަރެއާލް ބަލިކޮށް ރެއާލުން ތާވަލުގެ ކުރިއަށް ޖެހިލިއިރު، ޖެހިގެން އައި ރޭގައި ބާސެލޯނާ އިން މޮޅުވެ، މި ވަނީ މަގާމު ދަމަހައްޓައިފަ އެވެ. ބާސެލޯނާ އަށް 21 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު، ރެއާލުން ފަހަތުގައި ވިއްދާފައި އޮތީ 21 މެޗުން 51 ޕޮއިންޓާ އެކު އެވެ.

ބާސެލޯނާ ދަނޑުގައި ރޭ ކުޅުނު މެޗުގައި، ބާސެލޯނާ އަށް ތިން ގޯލު ޖެހުނީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ބާސެލޯނާ ހުއްޓުވުމުގައި، އޮވިއޭޑޯގެ ޑިފެންޑަރުން ވަނީ ޓީމެއްގެ ގޮތުގައި ރަނގަޅު މަސައްކަތެއް ކޮށްފަ އެވެ. ބާސެލޯނާ އިން ލީޑުނެގީ، ދެ ވަނަ ހާފުގެ އަށް ވަނަ މިނިޓްގައި، ޑެނީ އޮލްމޯ ޖެހި ގޯލުންނެވެ. ފުރަތަމަ ލަނޑު ޖެހިތާ ފަސް މިނިޓް ފަހުން، ބާސެލޯނާގެ ލީޑުފުޅާކޮށްދިނީ ރަފީނިއާ އެވެ.

މެޗުގައި، ބާސެލޯނާ އިން ޖެހި ފަހު ލަނޑަކީ، އޮލްމޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔަމާލް ޖެހި އިންޑިވިޖުއަލީ މޮޅު ގޯލެކެެވެ. މިއީ، އޮލްމޯ ނެގި ހުރަހަކުން އޯވަހެޑް ކިކަކުން ޔަމާލް ޖެހި ގޯލެކެވެ.

މިއީ ލީގުގައި ފްލިކްގެ އިރުޝާދުގެ ދަށުން އެއް ސީޒަނެއްގައި ބާސެލޯނާ ހޯދި 10 ވަނަ މޮޅެވެ. އެންމެ ފަހުން، އެކަން ހާސިލްކުރެވުނީ، 2019 ވަނަ އަހަރު ހުރި ކޯޗު އާނެސްޓޯ ވަލްވޭޑޭ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox