އޮޑިން ވިކްޓަރީ ބަލިކޮށް މަގާމުގައި ގަދަކޮށް

Jan 23, 2026, 6:04 PM
އޮޑީގެ މުޒްދާން (ކ) އާއި ބްރައުން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އޮޑީގެ މުޒްދާން (ކ) އާއި ބްރައުން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 3-0 އިން ފަސޭހަ މޮޅެއް ހޯދައި އޮޑި ސްޕޯޓްސް ކްލަބުން ދެ ވަނަ މަގާމުގައި ލީޑު ދަމަހައްޓައިފި އެވެ.

މި މެޗަށް ނުކުުތްއިރު، ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވަނީ އޮޑިއާ ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އޮޑިން މިރޭ މޮޅުނުވިނަމަ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. އެކަމަކު، އޮޑިން ވަނީ ވިކްޓަރީ އަތުން މޮޅުވެ، ދެ ވަނައިގައި ފަސް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފަ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އަށް 16 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އޮޑި އަށް 16 މެޗުން 38 ޕޮއިންޓް ވަނީ ލިބިފަ އެވެ. ނިއު އިން ތިން ވަނައިގައި އޮތީ 16 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ 12 ވަނަ މިނިޓްގައި އޮޑިން ލީޑުނެގި އެވެ. މިއީ، އައިހަމް އަހުމަދު (އައިހު) އަރިމަތިން ނަގައިދިން ބޯޅައަކަށް އޭރިއާތެރެއިން އަރައި، ގުޔާނާގެ ފޯވާޑް، ކިއާނޫ މާޝް ބްރައުން ބޮލުން ޖެހި ގޯލެކެވެ. އޭގެ ހަ މިނިޓް ފަހުން، ވިކްޓަރީގެ ނޭޕާލް ކީޕަރު، ކިރަން ކުމާރް ލިމްބޫ ކުރިއަށް އަރައި ރަނގަޅަށް ސާފުނުކޮށްލެވުނު ބޯޅައެއްގައި، އޮޑިންކުރި އެޓޭކަކުން، އޭރިއާތެރެއަށް ހުސްކޮށް އަރައި، ލަނޑު ޖެހީ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އެވެ.

ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އޮޑީގެ ތިން ވަަނަ ލަނޑު ޖެހީ މުޒްދާން ހަސަން އެވެ. ވިކްޓަރީގެ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެ، އޭރިއާތެރެއިން މުޒްދާން ފުރަތަމަ ފޮނުވާލި ބޯޅަ ކީޕަރު ކިރަން މަތަކުރިއިރު، ރީބައުންސަށް ނުކުތުމުން ވަނީ ފަސޭހައިން ގޯލަށް ވައްދާލައިފަ އެވެ.

ވިކްޓަރީން ވެސް ފުރަތަމަ ހާފުގައި އެޓޭކުތަކެއް ކުރި އެވެ. އެ ގޮތުން، އެ ޓީމުގެ ސްލޮވާކިއާ ފޯވާޑް މިލޯސް ލެޗްނީ އަށް ލިބުނު ދެ ފުރުސަތެއްގައި ފޮނުވާލި ހަމަލާ ވެސް ގޯލާ ސީދާނުވި އެވެ. ދެ ވަނަ ހާފުގައި ވިކްޓަރީން ބަދަލުތަކެއް ގެނެސްގެން ގޯލެއް ޖެހޭތޯ ކުރި މަސައްކަތުގައި އޭރިއާތެރެއިން ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އަށް ލިބުނު ފުރުސަތުގައި އެންމެ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

އޮޑިން ދެ ވަނަ ހާފުގައި ކުރި އެޓޭކުތަކުގައި އެ ޓީމުގެ އަހުޒަމް ރަޝީދު (އަހޫ) އަށް ގޯލަށް ފޮނުވާލަން ރަނގަޅު ބޯޅަތަކެއް ލިބުނު ނަމަވެސް ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ނުހިފުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox