ގޯލްޑަން ފުޓްސަލް ޗެލެންޖު: ކުޑަހުވަދޫ، ނައިވާދޫ، އޭދަފުށި، ދިއްގަރު އަަދި ކުރެންދޫން ތަށި ދިފާއުކޮށްފި

Jan 23, 2026, 3:06 AM
ނައިވާދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ނައިވާދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އެންމެ ފަހުން ކުޅުނު މެޗުތަކުން މޮޅުވެ، ދ. ކުޑަހުވަދޫ، ހދ. ނައިވާދޫ، ބ. އޭދަފުށި، މ.ދިއްގަރު އަދި ޅ. ކުރެންދޫން ވަނީ އަތޮޅު ދިފާއުކޮށްފި އެވެ.

އެ ގޮތުން، އިއްޔެ ހަވީރު ކުޑަހުވަދޫން ދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ މާއެނބޫދޫއާ 1-1 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން 5-6 އިން މޮޅުވެގެންނެވެ. މާއެނބޫދޫގެ އަހުމަދު ލަޔާން ހަސަން ޒަރީރުގެ ގޯލުން ލީޑުގައި އޮއްވައި، ޕަވަޕްލޭގައި އިތުރު ވަގުތުގެ ތެރޭގައި، ކުޑަހުވަދޫ އަށް އެއްވަރުކޮށްދިނީ، މުހައްމަދު އަޔާޒް އެވެ.

ޕެނަލްޓީގައި، މާއެނބޫދޫގެ ޝައިހާން އަތުން ޕެނަލްޓީ ނާކާމިޔާބުވިއިރު، ކުޑަހުވަދޫ މޮޅުވީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްގެންނެވެ. ކުޑަހުވަދޫން ޕެނަލްޓީތައް ވައްދާލީ، އަޔާޒް، ހާރޫން އިބްރާހިމް (ހާންޑޯ)، ޖުމައިލް ޖަމީލް (ޖުމްބެ)، އަބްދުﷲ ސަރުމަދު އަދި ހުސެއިން އިފްހާމް އެވެ. މާއެނބޫދޫގެ އަކްރަމް އަހުމަދު، އަހުމަދު މަހްދޫމް (މައްޑެ)، އަލީ ޝާމިއު (މައިތޯ) އަދި އާމިލް އަލީ (ކައްލި) ވަނީ ޕެނަލްޓީ ވައްދާލައިފަ އެވެ.

ކުޑަހުވަދޫން ފަސް ވަނަ ފަހަރަށް އަތޮޅު ތަށި ހޯދިއިރު، އެ ޓީމުން މި ކާމިޔާބީ ހޯދާފައިވަނީ، 2022، 2023، 2024، 2025 އަދި 2026 ގަ އެވެ.

ނައިވާދޫން އަށް ވަނަ ފަހަރަށް ހދ. ގެ ޗެމްޕިއަންކަން ހޯދީ ރޭ ނޮޅިވަރަންފަރު އަތުން 4-2 އިން މޮޅުވެގެންނެވެ. ނައިވާދޫގެ ލަނޑުތައް ޖެހީ އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު، ހުސެއިން މައިޝާން އާއި މުހައްމަދު އަސްލަމް (މޯންޑޭ) ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެ. ނޮޅިވަރަންފަރުގެ އަކުރަމް އަބްދުލް ރަޝީދު (އަކު)ގެ އިތުރުން ދެން ޖެހި ލަނޑަކީ، ނައިވާދޫގެ މުހައްމަދު ރިޒާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންްޖުގެ ފައިނަލަށް ދިޔަ، ނައިވާދޫން އަތޮޅު ތަށި ހޯދި އަހަރުތަކަކީ، 2016، 2018، 2019، 2022، 2023، 2024، 2025 އަދި 2026 ގަ އެވެ.

އޭދަފުށީ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް،އެމްވީ

އޭދަފުށިން ބ އަތޮޅުގެ ޗެމްޕިއަންކަން ހަތް ވަނަ ފަހަރަށް ހޯދީ، ދަރަވަންދޫ އަތުން 2-0 އިން މޮޅުވެގެންނެވެ. އޭދަފުށީގެ ލަނޑުތައް ޖެހީ، މުއާޒް އަލީ އާއި ހުސެއިން ޝަރީފް (މުޑާ) އެވެ. މުޑާ އަށް ވަނީ އަތޮޅު މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފަ އެވެ. އޭދަފުށިން އަތޮޅު ތަށި ހޯދި އަހަރުތަކަކީ، 2018، 2019، 2022، 2023، 2024، 2025 އަދި 2026 ވަަނަ އަަހަރު އެވެ.

ދިއްގަރުން ވަނީ، 4-1 އިން މަޑުއްވަރީގެ މައްޗަށް ކުރިހޯދައި، ހަ ވަނަ ފަހަރަށް މ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މި މެޗުގައި ދިއްގަރުގެ އިސްމާއިލް ޒަޔާން ސުލައިމާން ހެޓްރިކެއް ހެދިއިރު، އަނެއް ލަނޑު ޖެހީ ހުސެއިން ފާރިޝް އެވެ. މަޑުއްވަރީގެ ހަމައެކަނި ލަނޑު ޖެހީ ތޮލާލް ނަސީރު (ތޮއްލެ) އެވެ. ދިއްގަރުން އަތޮޅު ތަށި ހޯދި އަހަރުތަަކަކީ، 2016، 2018، 2019، 2023، 2025 އަދި 2026 ވަނަ އަހަރު އެވެ.

ކުރެންދޫން ޅ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ، ފަަހު ވަގުތު ގޯލު ޖަހައި، 2-1 އިން ނައިފަރު ބަލިކޮށްގެންނެވެ. ކުރެންދޫގެ ލަނޑުތައް ޖެހީ މުހައްމަދު ނަބީހު (ނަބީ) އާއި އަބްދުލް ވާހިދު އިބްރާހިމް (ވާޑު) އެވެ. ނައިފަރުގެ ލަނޑު ޖެހީ މުހައްމަދު އިޒާން އަލީ އެވެ. ކުރެންދޫން މި ވަނީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އަތޮޅު ތަށި ހޯދައިފަ އެވެ. އެ ޓީމުން ތަށި ހޯދީ 2023، 2024، 2025 އަދި 2026 ގަ އެވެ.

ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އަތޮޅު ތަށި ހޯދުމަށް ފަހު ކުރެންދޫން އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ފ. އަތޮޅުގެ ފައިނަލުގައި ނިލަންދޫގެ މައްޗަށް 2-1 އިން ކުރިހޯދައި މަގޫދޫން މި ވަނީ ދެ ވަނަ ފަހަރަށް އަތޮޅު ތަށި ހޯދައިފަ އެވެ. މަގޫދޫން ވަނީ މީގެ ކުރިން 2023 ވަނަ އަހަރު ވެސް އަތޮޅު ޗެމްޕިއަންކަން ހޯދައިފަ އެވެ. މަގޫދޫ އަށް މި މެޗުގައި ދެ ގޯލު ވެސް ޖަހައިދިނީ މޫސާ މާހިލް މިގުދާދު (މާއްޕެ) އެވެ. ނިލަންދޫގެ ލަނޑު ޖެހީ ހަސަން ރާއިދު އެވެ.

ކަނޑިތީމުން ވަނީ 5-0 އިން ފޯކައިދޫ ބަލިކޮށް އަނެއްކާ ވެސް އަތޮޅު ޗެމްޕިއަންކަން ވަނީ ހޯދައިފަ އެވެ. ކަނޑިތީމުގެ ލަނޑުތައް ޖެހީ އަތޮޅުގެ މޮޅު ކުޅުންތެރިޔާ، ރައުލް ނިޔާޒް ހެޓްރިކެއްގެ އިތުރުން، ޓީމުގެ ކެޕްޓަން، އިބްރާހިމް ނަދާދު (ކުޑައްޓެ) ދެ ލަނޑެވެ. ކަނޑިތީމުން ތަށި ހޯދި އަހަރުތަކަކީ، 2015، 2016، 2018، 2022، 2024 އަދި 2026 ގަ އެވެ.

ކަނޑިތީމުން އަތޮޅު ޗެމްޕިއަންކަން ހޯދުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދާއި މިރޭ ފަސް އަތޮޅުގެ ފައިނަލާއި ޒޯން ބުރުގެ ތިން މެޗެއް ކުޅޭނެ އެވެ.

16:00 - ހއ. ފައިނަލް: ކެލާ - މާރަންދޫ

16:00 - ރ. ފައިނަލް: ދުވާފަރު - އިނގުރައިދޫ

--------------------------------------------

20:00 - ނ. ފައިނަލް: ހޮޅުދޫ - މާޅެންދޫ

20:00 - އއ. ފައިނަލް: މަތިވެރި - ބޮޑުފޮޅުދޫ

21:45 - ވ. ފައިނަލް: ކެޔޮދޫ - ފުލިދޫ

21:45 - ޒޯން 7: ހޯނޑެއްދޫ - ދެއްވަދޫ

23:00 - ޒޯން 7: ކަނޑުހުޅުދޫ - ވާދޫ

23:00 - ޒޯން 7: ހިތަދޫ - ދަޑިމަގު

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox