އިސްދޫ، ތިމަރަފުށި، ގާފަރު އަދި މަހިބަދޫ އަށް އަތޮޅު ޗެމްޕިއަންކަން

Jan 22, 2026, 1:07 AM
އިސްދޫ، ތިމަރަފުށި، ގާފަރު އަދި މަހިބަދޫ އަށް އަތޮޅު ޗެމްޕިއަންކަން

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ރޭ ކުޅުނު އަތޮޅު ފައިނަލްތަކުން މޮޅުވެ، ލ. އިސްދޫ، ތ. ތިމަރަފުށި، އދ. މަހިބަދޫ އަދި ކ. ގާފަރުން އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.

އެ ގޮތުން، ތިމަރަފުށިން އަށް ވަނަ ފަހަރަށް އަތޮޅު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކިނބިދޫ އަތުން 2-1 އިން މޮޅުވެގެންނެވެ. އަހުމަދު އަފްލާޒް، ތިމަރަފުއްޓަށް ލީޑުނަގައިދިން މި މެޗުގައި ކިނބިދޫން އެއްވަރުކުރީ މި އަތޮޅުން މި ފަހަރު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ، މުހައްމަދު ޝާފިއު އެވެ. ތިމަރަފުށި މޮޅުވި ލަނޑު ޖެހީ ކޯނަރަކުން ތަނަވަސްކުރި ފުރުސަތެއްގައި، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ، އާދަމް ނާސިހު (އާދަންނާ) އެވެ. ތިމަރަފުއްޓަށް ތިން ވަނަ ލަނޑެއް ޖަހަން ލިބުނު ޕެނަލްޓީ އަކުން އަފްލާޒް ފޮނުވާލި ބޯޅަ ކިނބިދޫ ކީޕަރު ފަޔާޒް ވަނީ މަތަކޮށްފަ އެވެ.

މިއީ، ތިމަރަފުށިން އަތޮޅު ތަށި އުފުލާލި އަށް ވަނަ ފަހަރެވެ. އެ ޓީމުން މި ކާމިޔާބީ ހޯދި އަހަރުތަކަކީ، 2016، 2017، 2018، 2019، 2022، 2024، 2025 އަދި 2026 އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތ، އަތޮޅުގެ ތަށި ހޯދުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ

ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޕެނަލްޓީ ޖަހައިގެން މޮޅުވެ، ލ. އަތޮޅުގެ ޗެމްޕިއަންކަން އިސްދޫން މި ވަނީ ހޯދައިފަ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ގަން އަތުން 4-3 އިން ޕެނަލްޓީ ޖަހައިގެން މޮޅުވި އިސްދޫން މި ފަހަރުގެ މެޗުގައި 1-1 އިން އެއްވަރުވެގެން ޕެނަލްޓީގައި، އިސްދޫ މޮޅުވީ 7-6 އިންނެވެ. މެޗުގައި ގަމުގެ އަހުމަދު އަޖުވަދު ލަނޑު ޖެހިއިރު، އިސްދޫން ގޯލު ޖެހީ، އަލީ ހުމޭޒު އެވެ.

ޕެނަލްޓީގައި އިސްދޫން ހަ ޕެނަލްޓީ ކާމިޔާބުކުރިއިރު، ގަމަށް ވައްދާލެވުނީ، ފަސް ޕެނަލްޓީ އެވެ. އިސްދޫގެ ޕެނަލްޓީތައް ޖެހީ، ލޫތު އަހުމަދު ފަތުހީ، ހުމޭޒު، އަހުމަދު އަފްސަމް، ހޫދު އަހުމަދު ފަތުހީ، އަލީ މީސާގް އީސާ (މީއްޓެ)، ހަސަން ސާމިނު އެވެ. ގަމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އަހުމަދު ހަލީމް (އައްމަަޑޭ)، ހުސެއިން ނާޝިދު (ނާއްޓޯ)، މުހައްމަދު ޖިނާހު، އަލީ އިރުޝާދު އަދި ޒައިދާން އަބްދުﷲ (ޒައިއްކޮ) އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ލ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި އިސްދޫ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ފައިނަލުގެ މޮޅު ކުޅުންތެރިއަކަށް ހުމޭޒު ހޮވުނުއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މީއްޓެ އެވެ.

ގާފަރުން ހަ ވަނަ ފަހަރަށް ކ އަތޮޅުގެ ޗެމްޕިއަންކަން ހޯދީ 2-0 އިން އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން މާފުށި ބަލިކޮށްގެންނެވެ. މިިއީ، މި ފަހަރުގެ މުބާރާތުގައި މާފުށި އަތުން ގާފަރު މޮޅުވި ދެ ވަނަ މެޗެވެ. ގާފަރުން ސާމިން މުހައްމަދު ނަސީރު އާއި އަލީ މާއިސް (މައްޓު)ގެ ލަނޑުތަކުން އަތޮޅު ޗެމްޕިއަންކަން އަލުން ހޯދިއިރު، އެ ޓީމުން މި ކާމިޔާބީ ހޯދި އަހަރުތަކަކީ، 2015، 2017، 2022، 2024 އަދި 2026 އެވެ.

ފައިނަލް މެޗާއި އަތޮޅުގެ މޮޅު ކުޅުންތެރިއަކީ ގާފަރުގެ ސާމިން އެވެ. އަދި، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ މާފުށީގެ ހުސެއިން ރިފާން އެވެ.

މަހިބަދޫ ކުޅުންތެރިން، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އދ އަތޮޅުގެ ޗެމްޕިއަންކަން ދެ ވަނަ ފަަހަރަށް ހޯދުމަށްފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

މަހިބަދޫން އަތޮޅު ޗެމްޕިއަންކަން ދެ ވަނަ ފަހަރަށް ހޯދީ ފައިނަލުގައި، އޮމަދޫ އަތުން 5-2 އިން މޮޅުވެގެންނެވެ. މަހިބަދޫގެ ލަނޑުތައް ޖެހީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)، ޝުއައިދު ސައީދު، މުހައްމަދު އަފްހާމް އަލީ، އިބްރާހިމް ޝާތިރު އަދި އިސްމާއިލް ނަޒީރު އެވެ. އޮމަދޫގެ ދެ ލަނޑު ވެސް ޖެހީ އަބްދުﷲ ނާހިލް އެވެ.

މަހިބަދޫން ވަނީ އަތޮޅު ޗެމްޕިއަންކަން 2024 ވަނަ އަހަރު ވެސް ހޯދައިފަ އެެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ މަހިބަދޫގެ ބިޗަޑް އެވެ. އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް އޮމަދޫގެ އަލީ ޝާޒް ހިލްމީ ހޮވުނުއިރު، އެންމެ ގިނަ ގޯލު ޖެހީ ދަނގެތީގެ އަހުމަދު ސުދައިސް އަލީ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދާއި މިރޭ އޮތީ ހަތް ފައިނަލެވެ.

16:00 - ދ. ފައިނަލް: މާއެނބޫދޫ - ކުޑަހުވަދޫ

16:00 - ފ. ފައިނަލް: ނިލަންދޫ - މަގޫދޫ

--------------------------------------------

20:00 - މ. ފައިނަލް: މަޑުއްވަރީ - ދިއްގަރު

20:00 - ޅ. ފައިނަލް: ނައިފަރު - ކުރެންދޫ

21:45 - ބ. ފައިނަލް: އޭދަފުށި - ދަރަވަންދޫ

21:45 - ހދ. ފައިނަލް: ނައިވާދޫ - ނޮޅިވަރަންފަރު

23:00 - ށ. ފައިނަލް: ކަނޑިތީމު - ފޯކައިދޫ

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox