ގޯލްޑަން ފުޓްސަލް ޗެލެންޖު: ނައިވާދޫ، ނޮޅިވަރަންފަރު، މަޑުއްވަރީ، މަގޫދޫ އަދި ނައިފަރު އަތޮޅު ފައިނަލަށް

Jan 20, 2026, 4:23 AM
ނައިވާދޫ ކުުޅުންތެރިންނާއި އޮފިޝަލުން މެޗުން މޮޅުވުމުން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ނައިވާދޫ ކުުޅުންތެރިންނާއި އޮފިޝަލުން މެޗުން މޮޅުވުމުން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ އަތޮޅު ފައިނަލްތަކުން، ހދ. ނައިވާދޫ އާއި ނޮޅިވަރަންފަރު، ރ. މަޑުއްވަރީ، ފ. މަގޫދޫ އަދި ޅ. ނައިފަރު ދަތުރުކޮށްފި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި، ރޭ ހދ. އަތޮޅުގެ ސެމީ ފައިނަލް މެޗުތައް ކުޅުނުއިރު، މ، ފ އަދި ޅ. އަތޮޅުން ކުޅުނީ އަތޮޅުގެ ލީގު ބުރުގެ ފަހު މެޗުތަކެވެ. އެ ގޮތުން، ހދ. ސެމީ ފައިނަލުގައި، ނޭކުރެންދޫ އަތުން 5-2 އިން އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ނައިވާދޫ މޮޅުވިއިރު، ފިނޭ އަތުން 3-0 އިން ނޮޅިވަރަންފަރު ވަނީ މޮޅުވެފަ އެވެ.

ނައިވާދޫ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، މުހައްމަދު އަސްލަމް (މޯންޑޭ)، އަބްދުﷲ ވިޝާމް (ވިޝަންޓޭ)، ޔޫސުފް ޝާއިފް، ހުސެއިން މައިޝާން އަދި ޔާމީން މުހައްމަދު (ޔާންޓެ) އެވެ. ނޭކުރެންދޫގެ ދެ ލަނޑު ވެސް ޖެހީ މުހައްމަދު ވިލްފް އެވެ. ނޮޅިވަރަންފަރުގެ ލަނޑުތައް ޖެހީ، އަކުރަމް އަބްދުލް ރަޝީދު (އަކޫ)، މުހައްމަދު ރިޔާޒް އަދި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. ހދ. އަތޮޅު ފައިނަލުގައި ނައިވާދޫ އާއި ނޮޅިވަރަންފަރު ކުޅޭ މެޗު އޮތީ ބުރާސްފަތި ދުވަހުގެރޭގަ އެވެ.

ނޮޅިވަރަންފަރުގެ އިއްބެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

މ އަތޮޅުގެ ލީގު ބުރުގައި، ދިއްގަރުން 6-0 އިން ކޮޅުފުށި ބަލިކުރިއިރު، ނާލާފުއްޓާއި މަޑުއްވަރީ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ފ. އަތޮޅުގައި ނިލަންދޫ އާއި ދަރަނބޫދޫ 2-2 އިން އެއްވަރުވިއިރު، މަގޫދޫން ވަނީ 1-0 އިން ބިލެއްދޫ ބަލިކޮށްފަ އެވެ. އަދި، ޅ. އަތޮޅުގެ ލީގު ބުރުގެ ފަހު މެޗުތަކުގައި ކުރެންދޫން 1-0 އިން އޮޅުވެލިފުށި ބަލިކުރިއިރު، ހިންނަވަރު އަތުން ނައިފަރު ވަނީ 6-2 އިން މޮޅުވެފަ އެވެ.

ދިއްގަރަށް ރޭގެ މެޗުގައި މުސްއަބު ބިން އަހުމަދު ދެ ގޯޯލު ޖަހައިދިންއިރު، އަނެއް ލަނޑުތައް ޖެހީ، ހުސެއިން ފާރިޝް، އިސްމާއިލް ޒަޔާން ސުލައިމާން، އައްމާރު ބިން އާސިފް އަދި އިކްރާމް ހުސެއިން އެވެ. މަޑުއްވަރީގެ އީމާން އިސްމާއިލް ލަނޑު ޖެހި މެޗުގައި ނާލާފުށިން ގޯލު ޖެހީ އަހުމަދު ރަފާހު އެވެ.

މ. އަތޮޅުގެ މެޗުތައް ނިމުނުއިރު، މަޑުއްވަރީ އަށް ޕޮއިންޓާ އެކު އެއް ވަަނައިގައި އޮތްއިރު، ދެ ވަަނައިގައި އޮތް ދިއްގަރާއި ތިނެއްގައި ނިންމި ނާލާފުއްޓަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ފައިދާގޯލުން ދިއްގަރު ފައިނަލަށް ދިޔައީ އެވެ. ހަތަރެއްގައި ނިންމި މުލަކަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ފުލަށް ދިޔަ ކޮޅުފުށިން ޕޮއިންޓެއް ހޯދި އެވެ.

މަޑުއްވަރީ އާއި ދިއްގަރު ބައްދަލުކުރާ ފައިނަލް މެޗު އޮތީ ބުރާސްފަތި ދުވަހުގެރޭގަ އެވެ.

ފ. އަތޮޅު ބުރުގައި، މަގޫދޫން ބިލެއްދޫ ބަލިކުރި ގޯލު ޖެހީ މުހައްމަދު އަލްޔާނު އަބްދުﷲ އެވެ. ނިލަންދޫގެ ޝަހުދާން އަބްދުލް ގަނީ ދެ ގޯލު ޖެހިއިރު، ދަރަނބޫދޫން އެ މެޗުގައި ލަނޑުތައް ޖެހީ މުޒްދާން ހަސަން އާއި އާލިފް އަލީ އެވެ. ފ. އަތޮޅުގެ ތާވަލުގެ އެއް ވަނަ ލިބުނު ނިލަންދޫ އަށް 10 ޕޮއިންޓް ލިބުނުއިރު، ދެ ވަނަ ހޯދި މަގޫދޫން ނުވަ ޕޮއިންޓް ހޯދި އެވެ. ދަރަނބޫދޫ އަށް ފަސް ޕޮއިންޓް ލިބުނުއިރު، ބިލެއްދޫ އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ފީއަލި ކެޓީ ޕޮއިންޓެއް ނުލިބި އެވެ.

މަގޫދޫ އާއި ނިލަންދޫ ކުޅޭ ފައިނަލް އޮތީ ބުރާސްފަތި ދުވަހު އެވެ.

ނައިފަރު ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ

ޅ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، ކުރެންދޫން ފައިނަލަށް ދިޔައީ ރޭ އޮޅުވެލިފުށި ކޮޅަށް އަހުމަދު އަފްރާހު ޖެހި ގޯލުންނެވެ. ނައިފަރުން ހިންނަވަރު ބަލިކުރިއިރު، ލަނޑުތައް ޖެހީ، އިބްރާހިމް ޝަރީފް (އިއްބެ) އާއި ހުސެއިން ފައިސަލް (ފައިޓޯ) ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި އަބްދުއްރަހުމާން ތިބްޔާން އަލީ ސައީދުގެ އިތުރުން ހުސެއިން ޝާރިފް މުހައްމަދު އެވެ. ހިންނަވަރުގެ ލަނޑުތައް ޖެހީ ހުސެއިން އައްފާޝް އާއި އަހުމަދު ޝުޖާއު އަލީ އެވެ.

ޅ. އަތޮޅުގެ ތާވަލުގެ އެއް ވަނަ ލިބުނު ނައިފަރުން ހަތް ޕޮއިންޓް ހޯދިއިރު، ކުރެންދޫ އާއި ހިންނަވަރަށް ހަތަރު ޕޮއިންޓް ލިބި، ހިންނަވަރު ކެޓީ ލަނޑުގެ ތަފާތުންނެވެ. އޮޅުވެލިފުއްޓަށް ލިބުނީ އެއް ޕޮއިންޓެވެ. ކުރެންދޫން ފައިނަލުގައި ނައިފަރާ ކުޅޭ މެޗު އޮތީ ބުރާސްފަތި ދުވަހު އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ކުޅޭ މެޗުތައް:

16:00 - އއ. ހިމަންދޫ - އއ. ބޮޑުފޮޅުދޫ

16:00 - އއ. ތޮއްޑޫ - އއ. މާޅޮސް

--------------------------------------------

20:00 - ރ. ފައިނޫ - ރ. ދުވާފަރު

20:00 - ރ. އަލިފުށި - ރ. އިނގުރައިދޫ

21:00 - ނ. ވެލިދޫ - ނ. ހެނބަދޫ

21:00 - ނ. މާޅެންދޫ - ނ. ހޮޅުދޫ

22:00 - ހއ. ސެމީ ފައިނަލް: ފިއްލަދޫ - މާރަންދޫ

22:00 - ހއ. ސެމީ ފައިނަލް: މުރައިދޫ - ކެލާ

23:00 - ގއ. ފައިނަލް: ދެއްވަދޫ - ކަނޑުހުޅުދޫ

23:00 - ވ. ކެޔޮދޫ - ވ. ފެލިދޫ

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox