ގއ. ފައިނަލުގައި ދެއްވަދޫ އާއި ކަނޑުހުޅުދޫ، މާއެނބޫދޫ އާއި މަތިވެރި ވެސް އަތޮޅު ފައިނަލަށް

Jan 18, 2026, 2:09 AM
ދެއްވަދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ދެއްވަދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ރޭ ކުޅުނު ގއ. އަތޮޅުގެ ސެމީ ފައިނަލް މެޗުތަކުން މޮޅުވެ، ދެއްވަދޫ އާއި ކަނޑުހުޅުދޫން އަތޮޅު ފައިނަލުގެ ޖާގަ ހޯދިއިރު، މާއެނބޫދޫން ދ އަތޮޅު ފައިނަލަށް އަދި މަތިވެރިން އއ އަތޮޅުގެ ފައިނަލުގެ ފުރުސަތު ހޯދައިފި އެވެ.

އެ ގޮތުން، ގއ. އަތޮޅު ސެމީ ފައިނަލުގައި ކަނޑުހުޅުދޫން ވިލިނގިލި ބަލިކުރީ 5-0 އިންނެވެ. އަދި، ދެއްވަދޫން ވަނީ ގެމަނަފުށި އަތުން 4-1 އިން މޮޅުވެފަ އެވެ.

ރޭގެ މެޗުގައި ކަނޑުހުޅުދޫގެ ލަނޑުތައް ޖެހީ އަހުމަދު ޖަވާދު އާއި އަހުނަފް ޒާހިރު ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން، އިސްމާއިލް އަންވާރު ގޯލެކެވެ. ދެއްވަދޫން ރޭގެ މެޗުގައި އަހުނަފް ރަޝީދު (އަހުއްކޮ) ދެ ގޯލު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ ނަސޫހު ސައީދު އަދި މީޝަން މުޖީބު އަންވަރު އެވެ. ގެމަނަފުށީގެ ލަނޑު ޖެހީ އަންސާދު ހަަސަން އެވެ.

ކަނޑުހުޅުދޫ ޓީމުގެ އަހުނަފް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދެއްވަދޫ އާއި ކަނޑުހުޅުދޫ ބައްދަލުކުރާ ފައިނަލް އޮތީ އަންގާރަ ދުވަހު ހަވީރު އެވެ.

ތިން ޓީމު ވާދަކުރާ ދ. އަތޮޅު ބުރުގައި، މާއެނބޫދޫން ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ފައިނަލަށް ދަތުރުކޮށްފަ އެވެ. ރޭ ކުޅުނު އަތޮޅު ބުރުގެ ދެ ވަނަ މެޗުގައި އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން، ކުޑަހުވަދޫ އަތުން މާއެނބޫދޫ މޮޅުވީ 6-2 އިންނެވެ. މާއެނބޫދޫގެ ލަނޑުތައް ޖެހީ އާމިލް އަލީ ހަތަރު ގޯލުގެ އިތުރުން، އަހުމަދު ޝައިހާން އަދި އަލީ ޝާމިއު (މައިތޯ) އެެވެ.

މި އަތޮޅުގައި ދެން އޮތީ ކުޑަހުވަދޫ އާއި ބަނޑިދޫ ކުޅޭ މެެޗެވެ. އެ މެޗު އޮތީ މާދަމާ ހަވީރު އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް އަންނަ ބުރާސްފަތި ދުވަހު ކުޅޭ ދ. އަތޮޅު ފައިނަލުގައި މާއެނބޫދޫއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

ފަސް ޓީމު ވާދަކުރާ އއ. އަތޮޅު ބުރުގެ ފައިނަލުގެ ފުރަތަމަ ޖާގަ މަތިވެރިން ހޯދީ ރޭ 3-2 އިން ބޮޑުފޮޅުދޫ ބަލިކޮށްފަ އެވެ. މިއާ އެކު މަތިވެރި އަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. ރޭ މާޅޮހާ 3-3 އިން އެއްވަރުކުރި ހިމަންދޫ ދެ ވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ބޮޑުފޮޅުދޫ އާއި ހަތަރެއްގައި އޮތް ތޮއްޑޫ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް މާޅޮހަށް ދެ ޕޮއިންޓް ލިބިފައިވެ އެވެ.

މަތިވެރި ޓީމުގެ އަލްސަން (ވ) އާއި ޝަފުރާޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

މަތިވެރީގެ އަލީ އަލްސަން ރޭ ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ މުހައްމަދު ޝަފުރާޒް އެވެ. ބޮޑުފޮޅުދޫގެ ލަނޑު ޖެހީ އަހުމަދު މާއިން އާއި މުހައްމަދު ޝިރުހާން އެވެ. ރޭގެ މެޗުގައި މާޅޮހުގެ އަލީ ޝިޔާމް ދެ ގޯލު ޖެހިއިރު، އަލީ ފަލާހު ވެސް ލަނޑެއް ޖަހާފައިވެ އެވެ. ހިމަންދޫގެ ތިން ލަނޑު ޖަހައި، އިބްރާހިމް އިހުލާސް އާދަމް ވަނީ ހެޓްރިކެއް ހަަދައިފަ އެވެ.

ހަތަރު ޓީމު ވާދަކުރާ ނ. އަތޮޅުގެ ފައިނަލުން ހޮޅުދޫން ވަނީ ޖާގަ ހޯދައިފަ އެވެ. އެއީ، އެ ޓީމުން ކުޅުނު ދެ މެޗުން މޮޅުވެގެންނެެވެ. އެ ގޮތުން، ހޮޅުދޫން ވަނީ އިއްޔެ ކުޅުނު މެޗުން 6-3 އިން ވެލިދޫ ބަލިކޮށްފަ އެވެ.

ހޮޅުދޫގެ ލަނޑުތައް ޖެހީ އަހުމަދު ތޯއިފް، އަބްދުލް ވަދޫދު، އިބްރާހިމް ރަޝީދު އަބޫބަކުރު (ކަކާ)، އަހުމަދު ހުނައިފު، އަލީ ބައްސާމް، ހުސެއިން ޝައްފާހު އެވެ. ވެލިދޫގެ ލަނޑުތައް ޖެހީ ގުރައިޝް އަބްދުލް ރައްޒާގު، އިބްރާހިމް ޒިޔާން އަދި ނަޒީހު މުހައްމަދު އެވެ. ހެނބަދޫ އަތުން 2-1 އިން މާޅެންދޫ މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ، މުހައްމަދު ފަރުހާން އާއި އަލީ ފާރިޝް އެވެ. ހެނބަދޫގެ ލަނޑު ޖެހީ އަލީ ޝަހީދު އެވެ.

ނ. އަތޮޅުގެ ތާވަލުގެ އެއް ވަނައިގައި ހޮޅުދޫ އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް މާޅެންދޫ އަށް ހަަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ވެލިދޫ އަށް ޕޮއިންޓެއް އަދި ފުލުގައި އޮތް ހެނބަދޫ އަށް ޕޮއިންޓެއް ވެސް ލިބިފައިނުވެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ ހަ މެޗު ކުޅޭނެ އެވެ.

16:00 - ވ. ފެލިދޫ - ވ. ކެޔޮދޫ

16:00 - ސ. ފައިނަލް: ހިތަދޫ - މަރަދޫ

17:00 - ލ. ސެމީ ފައިނަލް: އިސްދޫ - މުންޑޫ

17:00 - ލ. ސެމީ ފައިނަލް: ގަން - މާވަށް

--------------------------------------------

20:00 - ތ. ސެމީ ފައިނަލް: ތިމަރަފުށި - ގާދިއްފުށި

20:00 - ތ. ސެމީ ފައިނަލް: ހިރިލަންދޫ - ކިނބިދޫ

21:00 - އދ. ސެމީ ފައިނަލް: މަންދޫ - މަހިބަދޫ

21:00 - އދ. ސެމީ ފައިނަލް: ދަގެނތި - އޮމަދޫ

22:00 - ށ. ސެމީ ފައިނަލް: ކަނޑިތީމު - މިލަންދޫ

22:00 - ށ. ސެމީ ފައިނަލް: ފުނަދޫ - ފޯކައިދޫ

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox