މާރަންދޫ، ފިނޭ އަދި ނޭކުރެންދޫ އަތޮޅު ސެމީ އަށް

Jan 17, 2026, 2:46 AM
ފިނޭ ކީޕަރު އާޒިމް އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ފިނޭ ކީޕަރު އާޒިމް އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ހއ. އަތޮޅުގެ ސެމީގެ ފަހު ޖާގަ މާރަންދޫން ހޯދިއިރު، ހދ. އަތޮޅުގެ ސެމީ ފައިނަލުން ފިނޭ އާއި ނޭކުރެންދޫ ޖާގަ ހޯދައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ ވަނީ ހއ. އާއި ހދ. ގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމިފަ އެވެ. ރޭ ކުޅުނު ފަހު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ހއ ގްރޫޕް އޭގައި ފިއްލަދޫން ވަނީ 4-2 އިން ހޯރަފުށި ބަލިކޮށްފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން، ބާރަށް އަތުން ތުރާކުނު ވަނީ 3-2 އިން ކުރިހޯދައިފަ އެވެ. ހއ. ގްރޫޕް ބީގައި، އުތީމު އަތުން މާރަންދޫ 5-1 އިން މޮޅުވިއިރު، ވަށަފަރު އަތުން މުރައިދޫ ވަނީ 2-1 އިން މޮޅުވެފަ އެވެ.

ހދ. އަތޮޅުގައި، ނޮޅިވަރަންފަރާއި ނޭކުރެންދޫ 1-1 އިން އެއްވަރުވިއިރު، އެ ގްރޫޕްގައި ހަނިމާދޫ ވަނީ 4-1 އިން ނޮޅިވަރަން އަތުން މޮޅުވެފަ އެވެ. އަދި، އެ އަނެއް ގްރޫޕްގައި، ނައިވާދޫން 3-1 އިން ވައިކަރަދޫ އަތުން މޮޅުވިއިރު، ފިނޭ އިން ވަނީ 3-1 އިން ކުމުންދޫ ބަލިކޮށްފަ އެވެ.

ހއ. އަތޮޅުގެ ގްރޫޕް އޭގެ އެއް ވަނަ ފިއްލަދޫން ހޯދީ ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓާ އެކު އެެވެ. ދެ ވަނަ އަށް ދިޔަ ކެލާ އިން ހަތް ޕޮއިންޓް ހޯދިއިރު، ތިން ވަނަ ހޯދި ތުރާކުނަށް ހަ ޕޮއިންޓް ލިބުނުއިރު، ހަތަރެއްގައި ނިންމި ބާރަށަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލަށް ދިޔަ ހޯރަފުއްޓަށް ލިބުނީ އެއް ޕޮއިންޓެެވެ.

ހއ. ގްރޫޕް ބީގައި މުރައިދޫން ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓާ އެކިު ސެމީ އަށް ދިޔައިރު، މި ގްރޫޕުން ދެ ވަނަ ހޯދި މާރަންދޫ ވަނީ ހަތް ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނަ އަށް ދިޔަ ވަށަފަރަށް ހަ ޕޮއިންޓް އަދި ހަތަރެއްގައި ނިންމި ދިއްދޫ އަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ފުލަށް ދިޔަ އުތީމަށް ޕޮއިންޓެއް ލިބިފައިނުވެ އެވެ.

މާރަންދޫން އުތީމު ބަލިކުރިއިރު ލަނޑުތައް ޖެހީ، ސަމްހާން އަބްދުލް ރަހުމާން އާއި ހަމްދޫން އަހުމަދު ލަތީފް ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން މުހައްމަދު ހަމްދާން އަހުމަދު ގޯލެކެވެ. އުތީމުގެ ލަނޑު ޖެހީ އަބްދުﷲ މާއިދު އެވެ. ވަށަފަރު އަތުން މުރައިދޫ މޮޅުވި ލަނޑުތައް ޖެހީ އައިރޫން އަހުމަދު ރަޝީދު އެވެ. ވަށަފަރުގެ ލަނޑު ޖެހީ އަބްދުﷲ ސިނާން އެވެ.

ހދ. އަތޮޅުގެ ގްރޫޕް އޭގެ އެއް ވަނަ ހޯދި ނޮޅިވަރަންފަރަށް 10 ޕޮއިންޓް ލިބުނުއިރު، ދެ ވަނަ ދިޔަ ނޭކުރެންދޫގެ އޮތީ އަށް ޕޮއިންޓެވެ. ތިން ވަނަ ހޯދި ހަނިމާދޫ އަށް ހަތް ޕޮއިންޓް ލިބުނުއިރު، ހަތަރެއްގއި ނިންމި ނޮޅިވަރަން އަށް ތިން ޕޮއިންޓް ލިބުނެވެ. އަދި، މި ގްރޫޕްގެ ފުލަށް ދިޔަ މަކުނުދޫ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ނޮޅިވަރަންފަރުގެ މުހައްމަދު ސާމިހު ފަތުހުﷲ ލަނޑު ޖެހިއިރު، ނޭކުރެންދޫން ލަނޑު ޖެހީ މުހައްމަދު ވިލްފް އެވެ. ހަނިމާދޫން މުހައްމަދު ހާލިދު ދެ ލަނޑު ޖެހިއިރު، އާސިފް ސަލީމް އާއި އަލީ ހަސަން ވެސް ލަނޑު ޖަހާފައިވެ އެވެ. ނޮޅިވަރަންގެ ލަނޑު ޖެހީ ހާލިދު އަބްދުލް ރަހީމް އެވެ.

ހދ. އަތޮޅުގެ ގްރޫޕް ބީގެ އެއް ވަނަ ނައިވާދޫން ހޯދީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ އަށް ދިޔަ ފިނޭ އަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ނިންމި ނެއްލައިދޫ އާއި ހަތަރެއްގައި ނިންމި ކުމުންދޫ އަދި ފުލަށް ދިޔަ ވައިކަރަދޫ އަށް ވެސް ތިން ޕޮއިންޓް ލިބިފައިވެ އެވެ.

ވައިކަރަދޫގެ އަހުމަދުﷲ މުހައްމަދު ލަނޑު ޖެހި މެޗުގައި، ނައިވާދޫގެ ލަނޑުތައް ޖެހީ އަބްދުﷲ ވިސާމް (ވިޝާންޓެ)، ޔައީޝް ޖަމީލް އަދި ޔޫސުފް ޝާއިފް އެެވެ. ފިނޭގެ ލަނޑުތައް ޖެހީ އަލީ ނާއިފް، އަހުމަދު ޝާނީޒް އަދި އިބްރާހިމް އާޒިމް އެވެ. އަދި ކުމުންދޫގެ ލަނޑު ޖެހީ ފަހުމާން އަބްދުލް ހަމީދު އެވެ.

މ. އަތޮޅާއި ފ. އަތޮޅާއި ފޯރިގަދަވަނީ

ރޭ މ. އަތޮޅުގައި ނާލާފުށިން ވަނީ 3-2 އިން ދިއްގަރު ބަލިކޮށްފަ އެވެ. އަދި، ކޮޅުފުއްޓާއި މުލައް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފަސް ޓީމު ވާދަކުރާ މި އަތޮޅުގެ ފައިނަލުގެ ޖާގަތަކުގެ ބާރު ވަނީ ބޮޑުވެފަ އެވެ.

ނާލާފުށީގެ އަހުމަދު ރަފާހު ހެޓްރިކެއް ހެދިއިރު، ދިއްގަރުގެ ލަނޑުތައް ޖެހީ ހުސެއިން ފާރިޝް އެވެ. ކޮޅުފުށީގެ އަބްދުﷲ ގައްސާން އަހުމަދު ލަނޑު ޖެހިއިރު، މުލަކުގެ ލަނޑު ޖެހީ އަހުމަދު ހައިޒަމް އަންވަރު އެވެ.

މި ވަގުތަށް ބަލާއިރު، މަޑުއްވަރީ އެއް ވަަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނާލާފުއްޓަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނަިއގައި އޮތް ދިއްގަރާއި ހަތަރެއްގައި އޮތް މުލަކަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އަދި ފުލުގައި އޮތް ކޮޅުފުއްޓަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މި އަތޮޅުގެ ލީގު ބުރުގެ ފަހު މެޗުތަކަށް ބަލާއިރު، މަޑުއްވަރީން ކުޅޭނީ ނާލާފުއްޓާ އެވެ. އަދި، ދިއްގަރުން ބައްދަލުކުރާނީ ކޮޅުފުއްޓާ އެވެ.

ފ. އަތޮޅަށް ބަލާއިރު، ރޭ ކުޅުނު މެޗުތަކުން ދަރަނބޫދޫ އަތުން ފީއަލި ބަލިވީ 4-2 އިންނެވެ. އަދި، ނިލަންދޫން ވަނީ 4-1 އިން މަގޫދޫ ބަލިކޮށްފަ އެވެ. ދަރަނބޫދޫގެ ލަނޑުތައް ޖެހީ މަހްފޫޒް އުމަރު، މުއައްލިމް އުމަރު، ސާއިން އަލީ އަދި ރައްޔާން ރިޔާހު އެވެ. ފީއަލީގެ ދެ ލަނޑު ޖެހީ ވެސް މާހިލް އަހުމަދު އެވެ. ނިލަންދޫގެ އަހުމަދު ރިޒްވާން ދެ ލަނޑު ޖެހިއިރު، ހަސަން ރާއިދު އާއި ޝަހުދާން އަބްދުލް ގަނީ ވެސް ލަނޑު ޖެހި އެވެ. މަގޫދޫގެ ލަނޑު ޖެހީ މުހައްމަދު އަލްޔާނު އަބްދުﷲ އެވެ.

ފ. އަތޮޅުގެ ތާވަލަށް ބަލާއިރު، އެއް ވަަނައިގައި ނިލަންދޫ އޮތީ ފައިނަލުގެ ޖާގަ ހޯދައިގެންނެވެ. އެ ޓީމަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މަގޫދޫން ހަ ޕޮއިންޓް ހޯދާފައިވެ އެވެ. އަދި، ތިން ވަނައިގައި އޮތް ބިލެއްދޫ އާއި ހަތަރެއްގައި އޮތް ދަރަނބޫދޫ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ފީއަލީ ވަނީ ހަތަރު މެޗުން ވެސް ބަލިވެ ކަޓައިފަ އެވެ.

މި އަތޮޅުގެ ފަހު މެޗުތަކުގައި، ބިލެއްދޫން މަގޫދޫއާ ކުޅޭއިރު، ދަރަނބޫދޫން ނުކުންނާނީ ނިލަންދޫއާ ދެކޮޅަށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.

16:00 - ނ. ވެލިދޫ - ނ. ހޮޅުދޫ

16:00 - ރ. އަލިފުށި - ރ. ދުވާފަރު

17:00 - ރ. އިނގުރައިދޫ - ރ. ފައިނު

17:00 - ނ. ހެނބަދޫ - ނ. މާޅެންދޫ

--------------------------------------------

20:00 - ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ

20:00 - ބ. ދަރަވަންދޫ - ބ. އޭދަފުށި

21:00 - ކ. ސެމީ ފައިނަލް: ގާފަރު - ކާށިދޫ

21:00 - ކ. ސެމީ ފައިނަލް: ކ. ދިއްފުށި - ކ. މާފުށި

22:00 - އއ. މާޅޮސް - އއ. ހިމަންދޫ

22:00 - އއ. ބޮޑުފޮޅުދޫ - އއ. މަތިވެރި

23:00 - ގއ. ކަނޑުހުޅުދޫ - ގއ. ވިލިނގިލި

23:00 - ގއ. ދެއްވަދޫ - ގއ. ގެމަނަފުށި

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox