ހުލާސާކޮށް އިއްޔެ: އާދަމް އާޒިމް އިންތިހާބު ކާމިޔާބު ކުރުން

Jan 17, 2026, 1:13 AM
އާދަމް އާޒިމް އިއްޔެގެ އިންތިހާބުގައި ވޯޓު ލަނީ. -- ފޮޓޯ: އެމްޑީޕީ

އާދަމް އާޒިމް އިއްޔެގެ އިންތިހާބުގައި ވޯޓު ލަނީ. -- ފޮޓޯ: އެމްޑީޕީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރަކަށް ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވަން ބޭއްވި އިންތިހާބު އާދަމް އާޒިމް ކާމިޔާބު ކުރެއްވީ އިއްޔެ އެވެ.

މާލޭގެ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް އިންތިހާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. 449 ވޯޓުގެ ތަފާތަކުންނެވެ.

އާދަމް އާޒިމް ވަނީ 1411 ވޯޓު ލިބުނެވެ. އެއީ 57.9 ޕަސެންޓު ވޯޓެވެ. އަލީ އާޒިމްއަށް ލިބުނީ 962 ވޯޓެވެ. އެއީ 39.5 ޕަސެންޓު ވޯޓެވެ. ވޯޓުލާން ނުކުތީ 2436 މީހުންނެވެ. އެކަމަކު، 63 ވޯޓެއް ބާތިލުވި އެވެ.

Advertisement

އިންތިހާބުން ބަލިވުމުން އެކަން ގަބޫލު ކުރައްވައި އަލީ އާޒިމް، އާދަމް އާޒިމްއަށް މަރުހަބާ ވިދާޅުވުމަށް ފޯން ކޯލެއް ކުރެއްވި އެވެ.

"ވަރަށް ބޮޑަށް މަރުހަބާ އެނގޭތޯ؟ އަޅުގަނޑު އެދެނީ އެމްޑީޕީއަށް އަބަދުވެސް ކާމިޔާބީ،" އެ ފޯނު ކޯލުގައި އަލީ އާޒިމް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮންނާނީ އޭޕްރީލް 4، ގަ އެވެ. މިއީ ރިޔާސީ އިންތިހާބުގައި ވެރިކަން ހިންގާ ޕީއެންސީ އިން ހޯދި ބޮޑު ކާމިޔާބަށްފަހު މުޅި ރާއްޖޭގައި ބާއްވާ ފުރަތަމަ އިންތިހާބެވެ.

އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް ސަރުކާރުން ވަނީ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި އަތޮޅު ކައުންސިލްތައް އުވާލުމާއި ރަށުގެ އާބާދީގައި 2000 ހަމަނުވާނަމަ އެރަށެއްގެ ކައުންސިލަށް މަދުން މެންބަރުން އިންތިހާބު ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން، ރައީސް މުހައްމަދު މުއިއްޒު ޑިސެމްބަރު 30، ގައި ނެރުއްވި ގަރާރަކުން ހދ. ހިރިމަދޫ ކައުންސިލް ވަނީ އުވާލައިފަ އެވެ. އޭގެ ސަބަބެއް ކަމަށް އެމަނިކުފާނު ދެއްކެވީ އެ ރަށު ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލު ކުރަން ނިންމާފައި އޮތުމެވެ.

އިންތިހާބަށް ކުޑަތަންވެފައި އޮއްވައި ސަރުކާރުން އަންނަނީ ބޯހިޔާވަހިކަމުގެ ސްކީމްތައް ތައާރަފުކޮށް، ޕްރޮޖެކްޓުތައް އިއުލާނުކޮށް، ވަޒީފާތަކަށް ހުޅުވާލަމުންނެވެ. މިފަހުން މިނިސްޓްރީ އޮފް ސިޓީސް އިން ވަނީ 500 މުވައްޒަފުން ނަގަން އިއުލާނުކޮށްފަ އެވެ.

މުހިންމު ބައެއް ހަބަރުތައް

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox