އިސްދޫ، ގަން، މުންޑޫ އަދި މާވަށް އަތޮޅު ސެމީ އަށް

Jan 15, 2026, 4:07 AM
އިސްދޫގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އިސްދޫގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ލ. އަތޮޅުގެ ސެމީ ފައިނަލުގެ ޖާގަތައް އިސްދޫ، ގަން، މާވަށް އަދި މުންޑޫ އިން ހޯދައިފި އެވެ.

ލ. އަތޮޅުން މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ޖުމްލަ އެކު، އަށް ޓީމު ވާދަކުރާއިރު، ދެ ގްރޫޕަށް ވަނީ ބަހާލައިފަ އެވެ.

އިއްޔެ ކުޅުނު ގްރޫޕްގެ ފަހު މެޗުތަކަށް ފަހު، ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގައި އިސްދޫ ސެމީ އަށް ދިޔައީ ދަނބިދޫގެ މައްޗަށް 4-2 އިން ކުރިހޯދައިގެންނެވެ. މި މެޗުގައި އިސްދޫގެ ލަނޑުތައް ޖެހީ، ހުސެއިން އަފްހާން، ހޫދު އަހުމަދު ފަތުހީ، އަލީ މީސާގު އީސާ (މީއްޓެ) އަދި ލޫތު އަހުމަދު ފަތުހީ އެވެ. ދަނބިދޫގެ ލަނޑުތައް ޖެހީ މުހައްމަދު ޝާމިލްގެ އިތުުރުން، އިސްދޫގެ މީއްޓެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި އަތޮޅުގެ އެންމެ ކާމިޔާބު ޓީމުން ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔައީ ފޮނަދޫ ކައިރިން 2-0 އިން ކުރިހޯދައިގެންނެވެ. ގަމުގެ ގޯލުތައް ޖެހީ ޒައިދާން އަބްދުﷲ (ޒައިއްކޮ) އާއި މުހައްމަދު ޖިނާހު އެވެ.

މި އަތޮޅުގެ އަނެއް ގްރޫޕުން އެއް ވަނަ ޓީމުގެ ގޮތުގައި މާވަށުން ސެމީ އަށް ދިޔައީ ފަހު މެޗުގައި ކުނަހަންދޫ 2-0 އިން ބަލިކޮށްގެންނެވެ. މި މެޗުގައި މާވަށުގެ ލަނޑުތައް ޖެހީ މުހައްމަދު ޝާއިރު އާއި މުހައްމަދު އިޔާން އާރިފް އެވެ.

މި ގްރޫޕުން ދެ ވަނަ ލިބުނު މުންޑޫން ވަނީ ފަހު މެޗުގައި ކަލައިދޫއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. މުންޑޫ އާއި ކަލައިދޫ އަށް އެއްވަރަށް ޕޮއިންޓް ލިބުނުއިރު، ލަނޑުގެ ތަފާތުން ދެ ވަނަ ހޯދީ މުންޑޫ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ ވަނީ ރ. އަތޮޅުގެ ދެ މެޗާއި ނ. އަތޮޅުގެ ދެ މެޗު ކުޅެފަ އެވެ.

އެ ގޮތުން، ނ. މާޅެންދު އާއި ވެލިދޫ ވާދަކުރި މެޗު 1-1 އިން އެއްވަރުވިއިރު، ހޮޅުދޫން ވަނީ 2-0 އިން ހެނބަދޫ ބަލިކޮށްފަ އެވެ. ރޭ މާޅެންދޫގެ ލަނޑު އަޒްފާން މޫސާ ޖެހިއިރު، ވެލިދޫގެ ލަނޑު ކާމިޔާބުކުރީ އިބްރާހީމް ޒިޔާން އެވެ. ހޮޅުދޫން ފުރަތަމަ މޮޅު ހޯދިއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ އަހުމަދު ތޯއިފް އާއި އަބްދުލް ވަދޫދު އެވެ.

ރޭގެ މެޗުގައި ދުވާފަރުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރ. އަތޮޮޅުގެ ކުޅުން ފުރަތަމަ މެޗުގައި މި އަތޮޅުގެ އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ އިނގުރައިދޫ އާއި ދުވާފަރުން ބައްދަލުކުރި އެވެ. އެ މެޗުގައި، އިނގުރައިދޫގެ މައްޗަށް 4-1 އިން ދުވާފަރުން ވަނީ ކުރިހޯދައިފަ އެވެ. މި މެޗުގައި، ދުވާފަރުގެ ލަނޑުތައް ޖެހީ، އަހުމަދު މިހާން މުހައްމަދު، މުހައްމަދު އިސާމް (ޝަންޓެ)، އިބްރާހީމް އަޒުމޫން އިބްރާހީމް އަދި އަނާން އަލީ އެވެ. މި މެޗުގައި، އިނގުރައިދޫގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ޖުމާން އެވެ.

ރ. އަތޮޅުގައި ރޭ ކުޅުނު އަނެއް މެޗުގައި، ފައިނު އަތުން އަލިފުށި ވަނީ 7-1 އިން މޮޅުވެފަ އެވެ. މި މެޗުގައި، އަލިފުށީގެ އަހުމަދު ޒަލަފް އާއި އާދަމް މަންސޫރު ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ އަބްދުލް ސަމީއު ހަސަން، އިބްރާހީމް ފުރުގާން (ފުގޭ) އަދި ޝާން ހާމިދު އެވެ. މި މެޗުގައި، ފައިނުގެ ހަމައެކަނި ލަނޑު ޖެހީ އައްފާން ބިން އަހުމަދު އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.

16:00 - ޅ. ނައިފަރު - ޅ. އޮޅުވެލިފުށި

16:00 - ޅ. ހިންނަވަރު - ޅ. ކުރެންދޫ

17:00 - ދ. ބަނޑިދޫ - ދ. މާއެނބޫދޫ

17:00 - ބ. ފެހެންދޫ - ބ. ދަރަވަންދޫ

--------------------------------------------

20:00 - ތ. ތިމަރަފުށި - ތ. އޮމަދޫ

20:00 - ތ. ވަންދޫ - ތ. ހިރިލަންދޫ

21:00 - ތ. ކިނބިދޫ - ތ. ވިލުފުށި

21:00 - ތ. ބުރުނި - ތ. ގާދިއްފުށި

22:00 - އދ. އޮމަދޫ - އދ. ކުނބުރުދޫ

22:00 - އދ. ހަންޏާމީދޫ - އދ. މަންދޫ

23:00 - އދ. މަހިބަދޫ - އދ. ފެންފުށި

23:00 - އދ. ދަނގެތި - އދ. މާމިގިލި

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox