ނައިވާދޫ، މުރައިދޫ އަދި ކެލާ އަތޮޅު ސެމީ އަށް

Jan 14, 2026, 2:03 AM
މުރައިދޫގެ ނާއްޕެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

މުރައިދޫގެ ނާއްޕެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ހދ. އަތޮޅުގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން، ނައިވާދޫން ޖާގަ ހޯދިއިރު، ހއ.ގެ ސެމީ ފައިނަލުން ކެލާ އާއި މުރައިދޫން ޖާގަ ކަށަވަރުކޮށްފި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އިއްޔެ އާއި ރޭ ވަނީ ހއ. އާއި ހދ އަދި ށ. އަތޮޅުން 12 މެޗު ކުޅެފަ އެވެ.

އެ ގޮތުން، ހއ. ގައި ކުޅުނު މެޗުތަކަށް ބަލާއިރު، ބާރަށް އަތުން ކެލާ 2-1 އިން މޮޅުވިއިރު، ހޯރަފުށި އަތުން ތުރާކުނު 3-2 އިން މޮޅުވި އެވެ. އަދި، މުރައިދޫން 3-1 އިން އުތީމު ބަލިކުރިއިރު، ދިއްދޫ އާއި މާރަންދޫ ވަނީ 2-2 އިން އެއްވަރުވެފަ އެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި އޮތް ފިއްލަދޫ އަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ކެލާ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވެ އެވެ. މި ދެ ޓީމަށް މި ގްރޫޕުން އަތޮޅު ސެމީ ފައިނަލް ވަނީ ޔަގީންވެފަ އެވެ. ދެން، މި ގްރޫޕްގެ ތިން ވަނައިގައި އޮތް ބާރަށަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އަދި، ހަތަރެއްގައި އޮތް ތުރާކުނަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ހޯރަފުށީގެ އޮތީ ޕޮއިންޓެކެވެ.

ހއ. ގްރޫޕް ބީގެ އެއް ވަނައިގައި މުރައިދޫ އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ވަށަފަރަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް މާރަންދޫ އަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދިއްދޫ ވަނީ ހަތަރު މެޗުން ހަތަރު ޕޮއިންޓާ އެކު މުބާރާތުން ކަޓައިފަ އެވެ. އަދި އުތީމުން މި ގްރޫޕްގެ ފުލުގައި އޮތީ ތިން މެޗުން ބަލިވެ، ޕޮއިންޓެއް ނުލިބި އެވެ.

ކެލާގެ ލަނޑުތައް ރޭގެ މެޗުގައި ޖެހީ، އަހުމަދު ޝަފަގާއި އަހުމަދު ވަހީދު އެވެ. ބާރަށުން ލަނޑު ޖެހީ މުހައްމަދު މާއިޒް ޔޫސުފް އެވެ. ހޯރަފުށީގެ އަބްދުﷲ ޔާމީން (ޔާނު) ދެ ގޯލު ޖެހި މެޗުގައި، ތުރާކުނުގެ ލަނޑުތައް ޖެހީ، އިސްމާއިލް ޝަފީއު، އަހުމަދު ހުޝާމް އަދި މުހައްމަދު ސަމީހު އެވެ. މުރައިދޫން އުތީމު ކޮޅަށް އައިރޫން އަހުމަދު ރަޝީދު، އަހުމަދު ނައުފަލް (ނާއްޕެ) އަދި އުފާލް އަބްދުﷲ ލަނޑު ޖެހިއިރު، އުތީމުން ގޯލު ޖެހީ ރިޝްވާން އިބްރާހިމް އެވެ.

ހދ. އަތޮޅުގެ މެޗުތަކަށް ބަލާއިރު، ގްރޫޕް އޭގައި ނޭކުރެންދޫ އާއި ހަނިމާދޫ 0-0 އިން އެއްވަރުވިއިރު، މި ގްރޫޕްގައި ނޮޅިވަރަން އިން 10-3 އިން މަކުނުދޫ ބަލިކުރި އެވެ. ނޮޅިވަރަންގެ ހަމްޒާ އަބޫބަކުރު ފަސް ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ، ހުސެއިން ވަސީމް އާއި އަލީ ރާއިފް އާދަމް ސައީދު، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި ހުސެއިން އީސާ ލަނޑެކެވެ. މަކުނުދޫގެ ލަނޑުތައް ޖެހީ ކިނާން އިސްމާއިލް، މުހައްމަދު އަޝްފާގު އަދި އާދަމް އައިކް އަހުމަދު އެވެ.

މި ގްރޫޕްގެ އެއް ވަނައިގައި، އޮތް ނޮޅިވަރަންފަރަށް ސެމީ ޔަގީންވެފައިވާއިރު، އެ ޓީމަށް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ނޭކުރެންދޫ އަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ހަނިމާދޫން ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެެވެ. އަދި، ހަތަރެއްގައި އޮތް ނޮޅިވަރަން އަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް މަކުނުދޫ ވަނީ ހަތަރު މެޗުން ބަލިވެ ކަޓައިފަ އެވެ.

ނައިވާދޫގެ މައިޝާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ހދ. ގެ ގްރޫޕް ބީގައި ނައިވާދޫން 3-2 އިން ނެއްލައިދޫ ބަލިކުރިއިރު، ލަނޑުތައް ޖެހީ މުހައްމަދު އަސްލަމް (މޯންޑޭ)، އަބްދުﷲ ވިޝާމް އަދި ހުސެއިން މައިޝާން އެވެ. ނެއްލައިދޫގެ ލަނޑުތައް ޖެހީ އަހުމަދު ރީހާން އާއި މުހައްމަދު ނިޝާލް އެވެ. ވައިކަރަދޫން 3-1 އިން ކުމުންދޫ ބަލިކުރި މެޗުގައި ލަނޑުތައް ޖެހީ، އަހުމަދު އަނީސް ދެ ގޯލާއި އަލީ އަބްދުﷲ ގޯލެކެވެ. ކުމުންދޫން ލަނޑު ޖެހީ ފަހުމާން އަބްދުލް ހަމީދު އެވެ.

މި ގްރޫޕްގެ އެއް ވަނައިގައި ނައިވާދޫ އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. އެ ޓީމަށް ވަނީ ސެމީ ޔަގީންވެފަ އެވެ. ދެ ވަނައިގައި އޮތް ފިނޭ އަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނެއްލައިދޫ އަށް ހަތަރު މެޗުން ތިން ޕޮއިިންޓް ލިބިފައިވެ އެވެ. އަދި، ހަތަރެއްގައި އޮތް ކުމުންދޫ އާއި ފަސް ވަނައިގައި އޮތް ވައިކަރަދޫ އަށް ތިން މެޗުން ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ.

ށ. އަތޮޅު ގްރޫޕް އޭ އިން ރޭގެ މެޗަށް ނުކުތްއިރު ވެސް ކަނޑިތީމާއި ފޯކައިދޫ އަށް ސެމީ ވަނީ ޔަގީންވެފަ އެވެ. ކަނޑިތީމުން ތިން މެޗުން ވެސް މޮޅުވެ، ގްރޫޕް އެއް ވަނަ ހޯދިއިރު، އެ ޓީމުން ފަހު މެޗުގައި ފޯކައިދޫ ބަލިކުރީ 5-0 އިންނެވެ. ލަނޑުތައް ޖެހީ، ރައުލް ނިޔާޒް ދެ ލަނޑާއި އިބްރާހިމް ހާމް ހަސަން، އާދަމް ތައުފީގު އަދި އިބްރާހިމް ނަދާދު (ކުޑައްޓެ) ގޯލެކެވެ. މި ގްރޫޕްގެ އަނެއް މެޗުގައި، މަރޮށި އާއި ފީވައް ވަނީ 3-3 އިން އެއްވަަރުވެފަ އެވެ. ލަނޑުތައް ޖެހި، މަރޮށީގެ އަބްދުﷲ ނާސިފް ހެޓްރިކެއްގެ އިތުރުން، ފީވަކުގެ ހުސެއިން ފާރިސް ދެ ގޯލާއި އަބްދުﷲ ރިމާހު ލަނޑެކެވެ.

މި އަތޮޅުގެ ގްރޫޕް ބީން އެއް ވަނަ ހޯދީ މިލަންދޫ އަތުން 2-1 އިން މޮޅުވި ފުނަދޫ އެވެ. މިލަންދޫގެ އަހުމަދު ޝިޔާމް ލަނޑު ޖެހިއިރު، ފުނަދޫ މޮޅުވީ ހަސަން އާދިލް އާއި މިލަންދޫގެ އިބްރާހިމް ޒާހީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ގޮއިދޫން ވަނީ 2-1 އިން ކޮމަންޑޫ ބަލިކޮށްފަ އެވެ. ކޮމަންޑޫގެ ހުސެއިން ހައްމާދު ލަނޑު ޖެހިއިރު، ގޮއިދޫ މޮޅުވީ އަހުމަދު ރާއިފް އާއި މުހައްމަދު ވިސާމްގެ ލަނޑުތަަކުންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.

16:00 - ލ. ދަނބިދޫ - ލ. އިސްދޫ

16:00 - ލ. ފޮނަދޫ - ލ. ގަން

17:00 - ލ. މުންޑޫ - ލ. ކަލައިދޫ

17:00 - ލ. މާވަށް - ލ. ކުނަަހަންދޫ

--------------------------------------------

20:00 - ގދ. ސެމީ ފައިނަލް: ވާދޫ - ފިޔޯރީ

20:00 - ގދ. ސެމީ ފައިނަލް: ހޯނޑެއްދޫ - މަޑަވެލި

21:00 - ސ. ސެމީ ފައިނަލް: މަރަދޫ - މީދޫ

21:00 - ސ. ސެމީ ފައިނަލް: ހިތަދޫ - ފޭދޫ

22:00 - ނ. މާޅެންދޫ - ނ. ވެލިދޫ

22:00 - ނ. ހޮޅުދޫ - ނ. ހެނބަދޫ

23:00 - ރ. ދުވާފަރު - ރ. އިނގުރައިދޫ

23:00 - ރ. ފައިނޫ - ރ. އަލިފުށި

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox