ގދ. އާއި އައްޑޫގެ ސެމީ ފައިނަލް ޖާގަތައް ކަށަަވަރުވެއްޖެ

Jan 12, 2026, 4:59 AM
ވާދޫ ޓީމުގެ އިޔާދު އުފާފާޅުކުރަނީ: އިޔާދު، ރޭގެ މެޗުގައި ހެޓްރިކެއް ހަދާފައިވާއިރު އޭނާ ވަނީ މި ފަހަރުގެ މުބާރާތުގައި ވާދޫން ކުޅުނު ދެ މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފައި.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ވާދޫ ޓީމުގެ އިޔާދު އުފާފާޅުކުރަނީ: އިޔާދު، ރޭގެ މެޗުގައި ހެޓްރިކެއް ހަދާފައިވާއިރު އޭނާ ވަނީ މި ފަހަރުގެ މުބާރާތުގައި ވާދޫން ކުޅުނު ދެ މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފައި.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ގދ. އަތޮޅާއި އައްޑޫ ސިޓީގެ އަތޮޅު ސެމީ ފައިނަލު ޖާގަތައް ރޭގެ މެޗުތަކަށް ފަހު ކަށަވަަރުވެއްޖެ އެވެ.

ގދ. އާއި އައްޑޫ ސިޓީ، ކޮންމެ އަތޮޅަކުން ވެސް ބައިވެރިވީ ހަ ޓީމެވެ. އެހެން ކަމުން، އެ އަތޮޅު ބުުރުގެ ކުޅުން ކުރިއަށްދަނީ، ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެ ގޮތުން، ރޭ ގދ. ގެ ގްރޫޕް އޭގައި ވާދޫން ވަނީ 4-1 އިން ގައްދޫ ބަލިކޮށްފަ އެވެ. އަދި، ގދ. ގްރޫޕް ބީގައި ހޯނޑެއްދޫ އާއި ފިޔޯރީ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ގދ. ގްރޫޕް އޭގެ އެއް ވަނަ ހޯދީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދި އެންމެ ފަހުގެ ޗެމްޕިއަން، ވާދޫ އެވެ. ދެ ވަނަ އަށް ދިޔައީ ދެ މެޗުން ތިން ޕޮއިންޓް ހޯދި މަޑަވެއްޔެވެ. އަދި، ފުލަށް ގޮސް މުބާރާތުން ކެޓީ ދެ މެޗުން ބަލިވި ގައްދޫ އެވެ. ގދ. ގެ ގްރޫޕް ބީގައި، ރޭގެ މެޗަށް ފަހު، ހޯނޑެއްދޫން ގްރޫޕްގެ އެއް ވަނަ ހޯދީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ފިޔޯރީ އަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. އަދި، ފުލުގައި ނިންމި ރަތަފަންދޫ ވަނީ ދެ މެޗުން ބަލިވެފަ އެވެ.

ގައްދޫގެ އަހުމަދު ރިޝްފާން ލީޑުނަގައިދިން މެޗުގައި ވާދޫން ފަަހަތުން އަރައި މޮޅުވީ، ހަތަރު ލަނޑު ޖަހައިގެންނެވެ. އެ ޓީމުގެ މުހައްމަދު އިޔާދު އަލީ ހެޓްރިކެއް ހެދިއިރު، އަނެއް ލަނޑު ޖެހީ މުހައްމަދު ނާއިލް އެވެ.

ހޯނޑެއްދޫގެ އިސްމާއިލް މަމްދޫހު، އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، އިތުރު ވަގުތުގައި ފިޔޯރީ އަށް އެއްވަރުކޮށްދިނީ، އަބްދުﷲ މަހީލް މުއްތަލިބް އެވެ.

ހިތަދޫ ޓީމުގެ އީމާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އައްޑޫގެ ގްރޫޕް އޭގެ އެއް ވަނަ ހޯދީ ރޭ އެންމެ ފަހުގެ ޗެމްޕިއަން، ފޭދޫއާ 2-2 އިން އެއްވަރުކުރި މަރަދޫ އެވެ. މަރަދޫ އާއި ފޭދޫ އަށް ހަތަރު ޕޮއިންޓާ އެކު ސެމީގެ ޖާގަ ލިބޭއިރު، މަރަދޫން ލަނޑުގެ ތަފާތުން އެއް ވަނަ ހޯދި އެވެ. މި ގްރޫޕްގެ ފުލަށް ދިޔަ މަރަދޫފޭދޫ ވަނީ ދެ މެޗުން ބަލިވެފަ އެވެ.

ގްރޫޕް ބީގައި، ހިތަދޫން ރޭ ކުޅުނު މެޗުގައި ވަނީ 1-1 އިން މީދޫއާ އެއްވަރުވެފަ އެވެ. މި ގްރޫޕްގެ އެއް ވަނަ ހޯދީ ހަތަރު ޕޮއިންޓާ އެކު ހިތަދޫ އެވެ. އަދި، ދެ ވަނަ އަށް ދިޔަ މީދޫ އަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. އަދި، ފުލަަށްދިޔަ ހުޅުދޫ ކެޓީ އެއް ޕޮއިންޓާ އެކު އެވެ.

ފޭދޫ އަށް ރޭގެ މެޗުގައި ދެ ލަނޑު ވެސް ޖަހައިދިނީ މުހައްމަދު ސަޔަމް ސައީދު އެވެ. މަރަދޫގެ ލަނޑުތައް ޖެހީ ހަސަން ޝިއުސް އާއި ހަސަން ނޫރިޝް އެވެ.

ހިތަދޫގެ އީމާން ނަޒީރު އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، މީދޫން އެއްވަރުކުރީ ހިތަދޫގެ މުހައްމަދު ސަބާހު މަންސޫރު (ސަބަޓީ) އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.

16:00 - އއ. މާޅޮސް - އއ. ބޮނޑުފޮޅުދޫ

16:00 - އއ. މަތިވެރި - އއ. ތޮއްޑޫ

17:00 - ގއ. ދާންދޫ - ގއ. ކޮލަމާފުށި

17:00 - ގއ. ގެމަނަފުށި - ގއ. ކަނޑުހުޅުދޫ

--------------------------------------------

20:00 - މ. ކޮޅުފުށި - މ. ނާލާފުށި

20:00 - މ. މުލައް - މ. މަޑުއްވަރީ

21:00 - ފ. ފީއަލީ - ފ. ބިލެއްދޫ

21:00 - ފ. ދަރަނބޫދޫ - ފ. މަގޫދޫ

22:00 - ކ. ކާށިދޫ - ކ. ގުޅި

22:00 - ކ. ދިއްފުށި - ކ. ގުރައިދޫ

23:00 - ކ. މާފުށި - ކ. ގާފަރު

23:00 - ގއ. ނިލަންދޫ - ގއ. ވިލިނގިލި

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox