ހުޅުމާލެ ފޭސް 2 ގައި އެންޒީގެ އާ ފިހާރައެއް ހުޅުވައިފި

Jan 30, 2026, 9:15 AM
ފޭސް 2 ގައި އެންޒީގެ ފިހާރަ ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި ޒުހޫރު އާއި އެންޒީގެ އިސްވެރިން. -- ފޮޓޯ: އެންސިސް ފިޝަރީޒް

ފޭސް 2 ގައި އެންޒީގެ ފިހާރަ ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި ޒުހޫރު އާއި އެންޒީގެ އިސްވެރިން. -- ފޮޓޯ: އެންސިސް ފިޝަރީޒް

ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު އެންޒީގެ އުފެއްދުންތަކާއި ތާޒާ މަސް ފޯރުކޮށްދިނުމުގެ މަގުސަދުގައި، އެންސިސް ފިޝަރީޒްގެ "އެންޒީ" ބްރޭންޑުގެ އާ ފިހާރައެއް ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.

ހުޅުމާލެ ފޭސް 2 ގެ ވިނަރެސް 5 ގެ ގްރައުންޑް ފްލޯގައި ހުޅުވި މި ފިހާރަ އިފުތިތާހު ކޮށްދެއްވީ ކުރީގެ މިނިސްޓަރު، މި ސަރުކާރުގައި އެޗްޑީސީގެ ޗެއާމަނަކަށް ހުންނެވި އަހުމަދު ޒުހޫރު އެވެ.

ގިނަ އަދަދެއްގެ މީހުން ބައިވެރިވި މި ރަސްމިއްޔާތުގައި ޒުހޫރު ވިދާޅުވީ، އެންޒީގެ އިސްވެރިން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކުރާ މަސައްކަތަކީ އަބަދުވެސް ބަލައިގަންނާނެ ކަމެއް ކަމަށާއި، ހުޅުވި އާ ފިހާރައިގެ ސަބަބުން ފޭސް 2 ގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.

އެންސިސްގެ ރިހާރު
އެންސިސްގެ ރިހާރު

އެންސިސްގެ ރިހާރު

މިއީ ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި ހުޅުވުނު އެންޒީގެ 4 ވަނަ ފިހާރައެވެ. މި ރަސްމިއްޔާތުގައި އެންސިސް ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއީލް ވިދާޅުވީ، މި ފިހާރައިން އެންޒީގެ އަމިއްލަ އުފެއްދުންތަކުގެ އިތުރުން ކާބޯތަކެތީގެ އެހެނިހެން ސާމާނުވެސް ލިބެން ހުންނާނެ ކަމަށެވެ.

މި ފިހާރަ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 06:30 އިން ރޭގަނޑު 22:30 އަށެވެ. ނަމަވެސް ހުކުރު ދުވަސްތަކުގައި ފިހާރަ ބަންދުކުރާނީ ހަވީރު 17:00 ގައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox