ގާފަރު، މާފުށި، ދެއްވަދޫ އަދި ކަނޑުހުޅުދޫ އަތޮޅު ސެމީން ޖާގަ ހޯދައިފި

Jan 10, 2026, 3:11 AM
މާފުށި ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މާފުށި ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި، މި އަހަރުގެ މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ކ. އަތޮޅު ސެމީ ފައިނަލުން ގާފަރާއި މާފުށިން ޖާގަ ހޯދިއިރު، ގއ. ސެމީން ދެއްވަދޫ އާއި ކަނޑުހުޅުދޫ ޖާގަ ކަށަވަރުކޮށްފި އެވެ.

މި ފަހަރުގެ މުބާާރާތުގައި، ކ. އަތޮޅުން ހަތް ޓީމެއް ކުޅޭއިރު، ތިން ޓީމު ވާދަކުރާ ގްރޫޕްގެ ސެމީ ފައިނަލް ދެ ޖާގަ ކަަށަވަރުވީ، އިއްޔެ ހަވީރު މާފުށިން 6-1 ހިންމަފުށި ބަލިކުރުމުންނެވެ. މި މެޗުގައި، މާފުށީގެ ލަނޑުތައް ޖެހީ ހުސައިން ރިފާން ހެޓްރިކެއްގެ އިތުރުން އަހުމަދު ހާފިޒު މުހައްމަދު، އިބްރާހީމް އަމީރް އަދި އިސްމާއީލް ޒަރީރު އެވެ. ހިންމަފުށީގެ ލަނޑު ޖެހީ އަތުޝާން އިބްރާހިމް އެވެ.

މި ގްރޫޕްގައި ތިން ޓީމު ވާދަކުރާއިރު، ހިންމަފުށި މި ވަނީ ދެ މެޗުން ބަލިވެފަ އެވެ. އެހެންވެ، މޮޅުވެފައި އޮތް މާފުށްޓާއި ގާފަރަށް ސެމީ ޔަގީންވެފައިވާއިރު، އެ ދެ ޓީމުން ކުޅޭނީ ގްރޫޕްގެ އެއް ވަނަ ހޯދާނެ ޓީމެއް ކަނޑައަޅާނެ މެޗެވެ.

ކ. އަތޮޅުން ހަތަރު ޓީމު ވާދަކުރާ ގްރޫޕްގައި، އިއްޔެ ހަވީރު އެންމެ ފަހުގެ ޗެމްޕިއަން، ކާށިދޫ ވަނީ ލަނޑެއް ނުޖެހި ގުރައިދޫއާ 0-0 އިން އެއްވަރުވެފަ އެވެ. އަދި، މި ގްރޫޕްގެ އަނެއް މެޗުން، ދިއްފުށިން ވަނީ އަހުމަދު ރިޒްވާން (ރިޒޭ)ގެ ދެ ގޯލާ އެކު، 2-0 އިން ގުޅި ބަލިކޮށްފަ އެވެ.

މި ގްރޫޕްގެ އެއް ވަނައިގައި، މި ވަގުތު ހަތަރު ޕޮއިންޓު ހޯދައިގެން ދިއްފުށި އޮތްއިރު، ދެ ވަނައިގައި އޮތް ގުޅި އަށް ތިން ޕޮއިންޓް ލިބިފައިވެ އެެވެ. ތިން ވަނައިގައި އޮތީ ދެ މެޗުން އެއްވަރުވެ، ދެ ޕޮއިންޓް ލިބުނު ކާށީދޫ އެވެ. އަދި، ފުލުގައި، އޮތް ގުރައިދޫ އަށް ވަނީ ޕޮއިންޓެއް ލިިބިފަ އެވެ.

ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، ކާށިދޫން ކުޅޭނީ ގުޅިއާ އެވެ. އަދި، ގުރައިދޫން ބައްދަލުކުރާނީ ދިއްފުއްޓާ އެވެ.

ދެއްވަދޫ ޓީމުގެ ވިއްޓު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ދެއްވަދޫން ގއ. އަތޮޅު ސެމީ ޔަގީންކުރީ، އެ އަތޮޅު ގްރޫޕް ބީގައި ކުޅުނު ދެެ މެޗުން ވެސް މޮޅުވެގެންނެވެ. އެ ގޮތުން، އިއްޔެ ހަވީރު ކުޅުނު މެޗުގައި، ދެއްވަދޫން ނިލަންދޫ ބަލިކުރީ ފަހަތުން އަރައި 3-1 އިންނެވެ. މި މެޗުގައި، ނިލަންދޫގެ މުހައްމަދު ޒާހިލް އަހުމަދު އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، ދެއްވަދޫން އެއްވަރުކުރީ، ނަސޫހު ސައީދު ޖެހި ގޯލުންނެވެ. އެ ޓީމު މޮޅުވި ދެ ގޯލު ދެ ހިލޭ ޖެހުމުން ލިބުނު ފުރުސަތުގައި ޖެހިީ ވިޝާހް އަބްދުލް މަޖީދު (ވިއްޓު) އެވެ.

ގއ. އަތޮޅުގެ ގްރޫޕް އޭގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، ކަނޑުހުޅުދޫން ވަނީ 3-2 އިން ދާންދޫ ބަލިކޮށްފަ އެވެ. އަދި، މި ގްރޫޕްގެ އަނެއް މެޗުން ކޮލަމާފުށި އަތުން ގެމަނަފުށި ވަނީ 7-1 އިން މޮޅުވެފަ އެވެ. މި ގްރޫޕްގެ އެއް ވަނައިގައި އޮތް ކަނޑުހުޅުދޫ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ގެމަނަފުށީގެ ހަތަރު ޕޮއިންޓް އޮތްއިރު، ތިން ވަަނައިގައި އޮތް ދާންދޫގެ އޮތީ ޕޮއިންޓެކެވެ. އަދި، ފުލުގައި އޮތް ކޮލަމާފުށި ދެ މެޗުން ބަލިވުމުން ޕޮއިންޓެއް ލިބިފައިނުވެ އެވެ.

ގްރޫޕްގައި ފަހު މެޗުގައި، ކަނޑުހުޅުދޫން ކުޅޭނީ ގެމަނަފުއްޓާ އެވެ. އަދި، ދާންދޫން ކުޅޭނީ ކޮލަމާފުއްޓާ އެވެ.

ރޭ ކަނޑުހުޅުދޫގެ ލަނޑުތައް ޖަހައިދިނީ، އަހްނަފް ޒާހިރު، އިބްރާހިމް ރާއިޝް އަބްދުލް އަޒީޒް، ފަޒްލީން މުހައްމަދު އެވެ. ދާންދޫން ލަނޑު ޖެހީ މުހައްމަދު މަސްއޫދު އާއި އަރުޝަމް ސައީދު އެވެ. ގެމަނަފުށީގެ ކެޕްޓަން، އަލީ ޝާޒް ހަބީބު ހަތަރު ގޯލު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ އަންޝަދު ހަަސަން ދެ ގޯލާއި ހުސެއިން ތައިމް އެވެ. ކޮލަމާފުށީގެ ހަމައެކަނި ގޯލަކީ، ގެމަނަފުށީގެ ޝަހާމަތު ހަނީފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.

16:00 - އދ. މަހިބަދޫ - އދ. ދަނގެތި

16:00 - އދ. ހަންޏާމީދޫ - އދ. ކުނބުުރުދޫ

17:00 - އދ. މަންދޫ - އދ. އޮމަދޫ

17:00 - އދ. ފެންފުށި - އދ. މާމިގިލި

--------------------------------------------

20:00 - ހދ. މަކުނުދޫ - ހދ. ނޮޅިވަރަންފަރު

20:00 - ހދ. ނެއްލައިދޫ - ހދ. ފިނޭ

21:00 - ހދ. ނޮޅިވަރަން - ހދ. ނޭކުރެންދޫ

21:00 - ހދ. ކުމުންދޫ - ހދ. ނައިވާދޫ

22:00 - ހއ. ކެލާ - ހއ. ފިއްލަދޫ

22:00 - ހއ. ދިއްދޫ - ހއ. ވަށަަފަރު

23:00 - ހއ. މާރަންދޫ - ހއ. މުރައިދޫ

23:00 - ހއ. ބާރަށް - ހއ. ހޯރަފުށި

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox