ކަނޑިތީމު، މިލަންދޫ، ފުނަދޫ އަދި ފޯކައިދޫ އަތޮޅު ސެމީ އަށް

Jan 9, 2026, 4:37 AM
ކަނޑިތީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ކަނޑިތީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ށ. އަތޮޅު ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން، މިލަންދޫ އާއި ރަނަރަޕް، ކަނޑިތީމުގެ އިތުރުން ފުނަދޫ އާއި ފޯކައިދޫން ޖާގަ ހޯދައިފި އެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ށ. އަތޮޅުން ވާދަކުރަނީ 8 ޓީމެވެ. ކަނޑިތީމާއި މިލަންދޫ، ފުނަދޫ އަދި ފޯކައިދޫން ސެމީ އަށް ދިޔައީ ފުރަަތަމަ ދެ މެޗުން މޮޅުވެގެން، ބާކީ މެޗެއް އޮއްވަ އެވެ.

އެ ގޮތުން، ކަނޑިތީމުން ރޭ ފީވައް 5-2 އިން ބަލިކުރިއިރު، އެ ޓީމުން ލަނޑުތައް ޖެހީ ހުސައިން ނިހާލް، ރައުލް ނިޔާޒް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި އިބްރާހީމް ނަދާދު (ކުޑައްޓެ) އެވެ. މި މެޗުގައި، ފީވަކަށް ދެ ލަނޑު ވެސް ޖަހައިދިނީ ހުސައިން ޝާމިހު އެވެ.

މި ގްރޫޕުގައި ރަތް ކާޑެއް ދައްކައިގެން ޓީމުގެ ކުޅުންތެރިއަކު ވެސް މަދުވި، ފޯކައިދޫން ރޭ މަރޮށި ބަލިކުރީ 3-2 އިންނެވެ. މި މެޗުގައި، ފޯކައިދޫގެ އިބްރާހީމް މުޝީރު ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ މުހައްމަދު މުއާން ސަބީހު އެވެ. މި މެޗުގައި، މަރޮށީގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ނާސިފް އާއި އިބްރާހީމް ނިޔާޒް އެވެ.

މިލަންދޫ ޓީމުގެ ޒާހީ ރޭގެ މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ.----- ފޮޓޯ: އިމޭޖަސް.އެމްވީ

ދެން މި ގްރޫޕްގައި، އޮތް މެޗުތަކުން އެންމެ މުހިންމީ ކަނޑިތީމާއި ފޯކައިދޫން ގްރޫޕްގެ އެއް ވަނަ އަށް ވާދަކުރާ މެޗެވެ.

ރޭ، ށ. އަތޮޅު ގްރޫޕް ބީގައި މިލަންދޫން ވަނީ ފުރަތަމަ މެޗުން ވެސް މޮޅުވި ނަތީޖާ ކަމަށްވާ 1-0 އިން، ދެ ވަނަ މެޗުގައި ކޮމަންޑޫ ބަލިކޮށްފަ އެވެ. މި މެޗުގައި މިލަންދޫގެ ލަނޑު ޖެހީ، އިބްރާހީމް ޒާހީ އެވެ. މި ގްރޫޕްގެ އަނެއް މެޗުން ގޮއިދޫ އަތުން ފުނަދޫ މޮޅުވީ، 2-1 އިންނެވެ. މި މެޗުގައި، ފުނަދޫގެ މުހައްމަދު ޒިޔާމަށް ރަތް ކާޑެއް ދައްކައިފަ އެވެ. ފުނަދޫގެ ލަނޑުތައް ޖެހީ، އަބްދުﷲ ޒަމީނު އާއި އަލީ ޝައިހާން ނަސީމް އެވެ. ގޮއިދޫގެ ލަނޑު ޖެހީ މުހައްމަދު އަހުސަމް އެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނީ، މ. އަތޮޅާއި ފ. އަތޮޅުގެ މެޗުތަކެވެ.

މ. އަތޮޅުގައި ދިއްގަރާއި މަޑުއްވަރީ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކުރިން އަހަރެކޭ އެއްގޮތަށް، މ. އަތޮޅުން މި ފަހަރު ވެސް ފަސް ޓީމެއް ވާދަކުރާއިރު، އިއްޔެ ހަވީރު މުލަކުން ވަނީ 2-1 އިން ނާލާފުށި ބަލިކޮށް އުންމީދެއް ހޯދައިފަ އެވެ. މުލަކުގެ މުހައްމަދު އައިހަމް އެ ޓީމަށް ލީޑުނަގައިދިންއިރު، މުހައްމަދު ފަޒީލް ނާލާފުއްޓަށް އެއްވަރުކޮށްދިނެވެ. މުލަކަށް މެޗުގެ މުހިންމު ތިން ޕޮއިންޓް ހޯދައިދިނީ ތޮލްހަތު މުހައްމަދު ޖެހި ގޯލުންނެވެ.

އިއްޔެ، މ. އަތޮޅުގައި ދެން ކުޅުނު މެޗުގައި ފުރަތަމަ މެޗުތަކުން މޮޅުވި، މަޑުއްވަރީ އާއި އެންމެ ފަހުގެ އަތޮޅުގެ ޗެމްޕިއަން، މަޑުއްވަރީ ވަނީ 0-0 އިން އެއްވަރުވެފަ އެވެ.

ފ. އަތޮޅުގައި އިއްޔެ ކުޅުނު މެޗުގައި، ބިލެއްދޫ އަތުން ނިލަންދޫ ވަނީ 3-2 އިން މޮޅުވެފަ އެވެ. އަދި، މަގޫދޫން ވަނީ 3-2 އިން ފީއަލީ ވެސް ބަލިކޮށްފަ އެވެ. މިއީ، ނިލަންދޫގެ ދެ ވަނަ މޮޅެވެ.

ބިލެއްދޫން މި މެޗުގައި ލީޑުނެގީ މުހައްމަދު އީވާން ޖެހި ލަނޑުންނެވެ. ނިލަންދޫން ނަތީޖާ އަނބުރާލި ލަނޑުތައް ޖެހީ ހަސަން ރާއިދު އާއި ފާރޫގު އިސްމާއިލް އަދި މޫސާ ޖަމާލް އެވެ. އޭގެ ފަހުން، ބިލެއްދޫން ދެ ވަނަ ލަނޑު ޖެހީ މުނީފް އަބްދުﷲ އެވެ.

މުބާރާތުގައި މަގޫދޫން ކުޅުނު ފުރަތަމަ މެޗުގައި، ފީއަލި އަތުން މޮޅުވީ 3-2 އިންނެވެ. މި މެޗުގައި، މަގޫދޫގެ އުލޫފް އަހުމަދު ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ އަހުމަދު މުއާޒް އެެވެ. ފީއަލީގެ ލަނޑުތައް ޖެހީ، ޒިޔާން ހުސައިން އާއި ރަފްހާން އިބްރާހީމް އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.

16:00 - ކ. ހިންމަފުށި - ކ. މާފުށި

16:00 - ގއ. ދެއްވަދޫ - ގއ. ނިލަންދޫ

17:00 - ކ. ގުރައިދޫ - ކ. ކާށިދޫ

17:00 - ކ. ދިއްފުށި - ކ. ގުޅި

--------------------------------------------

20:00 - އއ. ހިމަންދޫ - އއ. ތޮއްޑޫ

20:00 - އއ. މާޅޮސް - އއ. މަތިވެރި

21:00 - ލ. މާވަށް - ލ. މުންޑޫ

21:00 - ލ. ފޮނަދޫ - ލ. އިސްދޫ

22:00 - ލ. ގަން - ލ. ދަނބިދޫ

22:00 - ލ. ކުނަހަންދޫ - ލ. ކަލައިދޫ

23:00 - ގއ. ގެމަނަފުށި - ގއ. ކޮލަމާފުށި

23:00 - ގއ. ކަނޑުހުޅުދޫ - ގއ. ދާންދޫ

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox