އައު އަހަރު ފާހަގަކުރުމާ މެދު އިލްމުވެރިންގެ ތަފާތު ދެބަސްފުޅެއް

އައު އަހަރު ފާހަގަކުރުމާ މެދު އިލްމުވެރިންގެ ތަފާތު ދެބަސްފުޅެއް

އައު އަހަރު ފާހަގަކުރުމަކީ މިހާރަކަށް އައިސް ދިވެހިންގެ ތެރޭގައިވެސް އާދަޔަކަށް ވެފައިވާ ކަމެކެވެ. އަދި ފެންނަ މަންޒަރުތަކަށް ބަލާއިރު މީލާދީ އައު އަހަރުގެ ފެށުން ފާހަގަކުރުން މިހާރަކަށް އައިސް އެއީ ޤައުމީ ފެންވަރުގައި ހިނގަމުންދާ ކަމެއްކަމުގައި ވެފައިވެއެވެ. މިހެންކަމާއެކު ކޮންމެ އައު އަހަރެއް ފެށުމާއެކު ދިވެހިންގެ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް އައު އަހަރުގެ ތަހުނިޔާއިން ފުރާލެވޭ ފަދައިން، އެއްބަޔަކު އެމީހުންގެ ވަގުތުތައް ހުސްކުރަނީ އެކަމުގެ ހުކުމް އޮތްގޮތާމެދު ބަހުސްކުރުމަށެވެ. ބައެއް މީހުން ހަރާންކުރެއެވެ. އަދި ބައެއް މީހުން އެއީ ހުއްދަ ކަމެއް ކަމަށް ބުނެއެވެ.

އައު އަހަރު ފާހަގަކުރުމާ ގުޅޭ ގޮތުން އިލްމުވެރިން ދައްކާފައިވާ ތަފާތު ގިނަ ވާހަކަފުޅުތަކަށް ބަލާއިރު ވަރަށް ގިނަ ދީނީ އެހެން އާންމު މައްސަލަތަކެކޭ އެއްގޮތަށް މިކަމުގައި ދެ ބަޔަކަށް އިލްމުވެރިން ބެހިފައިވާކަން ފާހަގަކުރެވެއެވެ. މިކަމުގައި ކޮންމެހެން ފިކުރު ހިންގާލަން ބޭނުންވެދާނެ ކިޔުންތެރިންގެ ސަމާލުކަމާއި ފަސޭހައަށްޓަކައި މި ލިޔުމުގައި އަޅުގަނޑު މި ގެނެސްދެނީ މުއުތަބަރު ދެ ތަނެއްގެ ތަފާތު ދެ ރައުޔަކަށް ބިނާވެފައި އޮތް ދެ ފަތުވާއެއްގެ ކުރު ހުލާސާއެކެވެ.

އެއް ފަތުވާއަކީ، ޤަޠަރުގެ ވުޒާރަތުލް އައުޤާފުގެ ބެލުމުގެ ދަށުން ހިންގޭ އިސްލާމްވެބް.ނެޓް ނަންބަރު 26883 ފަތުވާއެވެ. އައު އަހަރު ފާހަގަކުރުން މިފަތުވާގައި ސިފަކޮށްފައިވަނީ އެއީ ޣައިރު މުސްލިމުން ފާހަގަކުރާ އީދެއްގެ ގޮތަށެވެ. އެފަދަ އީދެއްގައި އެބައިމީހުންނާ ބައިވެރިވެ އަދި ތަހުނިޔާ ކިޔުން ހުއްދަ ނުވާނެކަމަށެވެ. މިކަމުގެ މައްޗަށް މިފަތުވާގައި ޢިލްމުވެރިން ޤުރުއާނުންނާއި ސުންނަތުން ދަލީލު ދައްކަވައެވެ.

އެގޮތުން މިކަމަށް ކީރިތި ޤުރުއާނުން ލިބޭ ދަލީލެއްގެ ގޮތުގައި ފުރުޤާނު ސޫރަތުގެ 72 ވަނަ އާޔަތުގައި ދޮގު ހެކިދިނުމާ ބެހޭ ގޮތުން އޮތް އާޔަތުގައި ދޮގު ހެކިދިނުމުގެ މާނައިގެ ތެރޭގައި ނަޞާރާއިންގެ ޢީދަށް ހެކިވުން ހިމެނޭކަމަށް ބައެއް ތަފްސީރު އިލްމުވެރިން ވިދާޅުވާކަން ހުއްޖަތެއްގެ ގޮތުގައި ގެންނަވައެވެ.

އަދި ސުންނަތުގެ ދަލީލެއްގެ ގޮތުގައި، ޖާހިލިއްޔަ ޒަމާނުގެ ދެ އީދެއްގެ ވާހަކަ މާތް ނަބިއްޔާގެ އަރިހުގައި ނަންގަނެވުނު ހިނދު އެ ދެއީދަށް ރުހިވަޑައިގަތުމުގެ ބަދަލުގައި އެޔަށްވުރެ މާ ހެޔޮވެގެންވާ ދެ އީދު އިސްލާމްދީނުގައި ކަނޑައެޅިފައިވާކަމަށް މާތް ނަބިއްޔާ ހަދީސްކުރެއްވި ބަސްފުޅު ގެންނަވައެވެ. އަދި ޢުމަރުގެފާނުގެ ބައެއް ބަސްފުޅުތައް ގެންނަވައެވެ. އެބަސްފުޅުތަކުގައި އުމަރުގެފާނު ވިދާޅުވެފައިވަނީ، ނަސާރާއިންގެ އީދު ފާހަގަކުރާއިރު ތިޔަބައިމީހުން ކަނީސާތަކަށް ނުވަންނަ ހުށިކަމެވެ. އެހެނީ އެވަގުތު އެތަނަށް ނުހުރިވޮޑިގަތުން ބާވާލެއްވެމުންދާނެއެވެ. އަދި އުމަރުގެފާނުގެ އެހެން ބަސްފުޅެއްގައިވެއެވެ. ﷲ ގެ އަދާވާތްތެރިންގެ އީދުތަކުގައި އެބައިމީހުންނާ ތިޔަބައިމީހުން ދުރުހެލިވާހުށިކަމެވެ.

މީގެ އިތުރުން މާތް ނަބިއްޔާގެ ހަދީސް ބަސްފުޅު ބަޔަކު މީހުންނާ އެއްގޮތްވިގެންފި މީހާ ވަނީ އެބަޔަކުގެ ތެރެއިންނެވެ. މިބަސްފުޅަކީ ވެސް އައު އަހަރު ފާހަގަކުރުން ހުއްދަނޫންކަމަށް ވިދާޅުވާ އިލްމުވެރިން ނަންގަވާ ދަލީލެކެވެ.

މިޞްރުގެ ދާރުލްއިފްތާއުގެ ވެބްސައިޓްގެ ނަންބަރު 5856 ފަތުވާގައި އޮތީ މިއާ މުޅިން ތަފާތު ރައުޔެއްގެ މައްޗަށް އޮތް ފަތުވާއެކެވެ. މިފަތުވާގައި ބުނަނީ އައު އަހަރު ފާހަގަކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ. އަދި އެކަމަކީ އޭގައި އިޖުތިމާއީ އަދި ދީނީ އަދި ވަތަނީ މަގުސަދުތަކެއް ހިމެނިފައިވާ ކަމެއްކަމަށެވެ. އަހަރެއް ނިމި އެހެން އަހަރަކަށް މަރުހަބާކިޔުން ފާހަގަކުރުމަކީ އެއީ އެއްވެސް ގޮތަކުން މައްސަލައެއް ނޫނެވެ. އަދި އެކަމުގައި މުސްލިމުންގެ މެދުގައްޔާއި މުސްލިމުންނާއި ޣައިރު މުސްލިމުންގެ މެދުގައި ވެސް ގުޅުންތައް ބަދަހިވުމާއި ޤައުމީ އެއްބައިވަންތަކަން އަށަގަތުން ފަދަ ރަނގަޅު ކަންކަން ވެސް ހާސިލުވެގެންދާކަމަށްޓަކައެވެ.

އިމާމް އަލްޙާފިޒުލްމުންޛިރީ އަލްޙާފިޡުލް މަޤްދިސީގެ އަރިހުން ރިވާކުރައްވައެވެ. އަލްޙާފިޡުލް މަޤްދިސީ ވިދާޅުވެއެވެ. މީސްތަކުންގެ ޚިޔާލު މިކަމުގައިވަނީ ތަފާތުވެގެންނެވެ. އަހަރެން ދެކެނީ އެކަމަކީ ހުއްދަކަމެއްކަމަށެވެ. އެއީކީ ސުންނަތެއް ނޫނެވެ. އަދި ބިދުއައެއް ވެސް ނޫނެވެ.

އައު އަހަރު ފާހަގަކުރުމުގެ މުނާސަބަތު ފާހަގަކުރުމަކީ ދީނީ ގޮތުންވެސް އެންމެ އެދެވިގެންވާ ކަމެއް ކަމުގެ މައްޗަށް ހަމަ މިފަތުވާގައި ކީރިތި ޤުރުއާނުންވެސް އެތައް ދަލީލެއް ގެންނަވައެވެ. އެގޮތުން މީލާދީ އަހަރުގެ ފެށުން ގުޅެނީ ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް އުފަންވެވަޑައިގަތުމާކަން ފާހަގަކުރައްވައި އެކަމަކީ މުސްލިމުން އުފާކުރުން ހައްގު މުނާސަބަތެއްކަން ބަޔާންކުރައްވާފައިވެއެވެ.

އެހެނީ ޢީސާ ޢަލައިހިއްސަލާމްއަކީ އެހެން ނަބިއްޔުންނާ ޚިލާފަށް އުފަންވެވަޑައިގެންނެވި ބޭކަލެއްކަން އާލް ޢިމްރާން ސޫރަތުގައި ބަޔާންކުރައްވައި އާލް ޢިމްރާން ސޫރަތުގެ ފަންސާސް ނުވަވަނަ އާޔަތުގައި ޢިސާގެފާނު ހެއްދެވުމުގެ މިސާލު އާދަމްގެފާނު ހެއްދެވުނު ގޮތުގެ މިސާލަށް ކީރިތި ޤުރުއާން ސިފަކުރައްވާކަން ޢީސާގެފާނުގެ އުފަންވެވަޑައިގަތުން މުސްލިމުންނަށް ޚާއްސަވާ ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި މިފަތުވާގައި ބަޔާންކުރާ ގޮތުން، މަރްޔަމް ސޫރަތުގެ ފަނަރަ ވަނަ އާޔަތުގައި ކީރިތި ޤުރުއާން ނަގަހައްޓައިދެނީ ވެސް މިޚާއްސަކަން ޢީސާގެފާނުގެ އުފަންވެވަޑައިގަތުމާ ގުޅިފައިވާކަމުގެ ހަގީގަތެވެ. " އަދި އެކަލޭގެފާނު އުފަންވި ދުވަހުގައްޔާއި، އަވަހާރަވާ ދުވަހުގައްޔާއި، އަލުން ދިރުއްވައި ފޮނުއްވާ ދުވަހުގައި، އެކަލޭގެފާނުގެ މައްޗަށް ސަލާމް ހުށްޓެވެ." އަދި އިބްރާހީމް ސޫރަތުގެ ފަސްވަނަ އާޔަތުގައި "...އަދި އެމީހުންނަށް ﷲ ގެ ދުވަސްތައް ހަނދުމަކޮށްދެއްވާށެވެ!.."

ކޮންމެއަކަސް މި ދެ ފަތުވާއަށް ބެލުމުން ވެސް އެނގި ޔަގީންވާ ކަމަކީ މިއީކީ ސާފު ސަރީހަކޮށް ޤުރުއާނުގައި ނުވަތަ ސުންނަތުގައި އެކަމުގެ ހުކުމް ބަޔާންވެފައިވާ ކަމެއް ނޫންކަމެވެ. އެހެންކަމާއެކު އިލްމުވެރިން ޤުރުއާނާއި ސުންނަތުގެ ދަލީލުތައް ދިރާސާކުރައްވައި، އެކި އިލްމުވެރިން ތަފާތު ބަސްފުޅުތައް ވިދާޅުވެފައިވަނީއެވެ. މިކަމުގައި ދެބަސްވެ އަރާރުންވެ އެކި ރައުޔުގެ މީހުންނަށް އަނެއް ރައުޔުގެ މީހުން މަލާމާތް ރައްދުކޮށް ބަދު ބަސް ބުނެ ނަފުރަތުކުރުން ހުއްދަވެގެންނެއް ނުވެއެވެ.

މިބާވަތުގެ ކަންކަމުގައި ތަފާތު ރައުޔުތައް އޮންނަ އޮތުމަކީ އިސްލާމީ އިލްމާއި ސަގާފަތާއި އާދަކާދައިގެ މުއްސަނދިކަން ދައްކުވައިދޭ ކަމެކެވެ. ހަނދާން ނައްތާލައިގެން ނުވާނެ ކަމަކީ ވަޅި ގެންގުޅުން ހުއްދަވުމަކީ އެވަޅިން އިންސާނަކު މެރުން ހުއްދަވާނެ ކަމެއް ނޫންކަމެވެ. އަދި ކެއްކުން ހުއްދަވުމަކީ ކައްކަން ހުރި އުނދުނުން އޫރުމަހާއި ބަނގުރާ ކެއްކުން ހުއްދަވެގެންދާނެ ސަބަބެއް ނޫންކަމެވެ.

މިކަމުގައި އިލްމުވެރިންގެ މި ދެ ރައުޔުގެ ތެރެއިން ކޮންމެ ރައުޔެއް ގަބޫލުކޮށް އަމަލުތައް ބައްޓަންކުރިޔަސް، އޭގެ ޒާތުގައި އިސްލާމްދީން ހަރާންކޮށްފައިވާކަން ކަނޑައެޅިގެން ޤުރުއާނާއި ހަދީސުން އެނގޭ ކަންކަމަށް އަރައިގަތުމަކީ އެއްވެސް މުނާސަބަތެއްގައިވެސް އަދި މުނާސަބަތެއް ނޫނަސް ހުއްދަވެގެންވާނެ ކަންކަމެއް ނޫނެވެ.

އަދި ހުއްދަ އުސޫލުތަކާއި ގޮތްތަކުގެ ތެރެއިން އެއްބަޔަކު އަނެއް ބަޔަކަށް އުފާ ފާޅުކޮށް ހާލު އަހުވާލު ބަލައި، މަޖާކޮށް ގުޅުން ބަދަހިވާނެހާ ކަންކަމަކީ އަބަދުވެސް އިސްލާމްދީން އެކަމަށް ގޮވާ ބާރު އަޅާ ކަންކަމެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ކާންދިނުމާއި ހީސަމާސާކޮށް އުފާވެރިކަން އާންމުކުރުމުގެ އިޖުތިމާއީ ހަރަކާތްތަކަކީ އަބަދުވެސް ހިތްވަރުދެވެންޖެހޭ އާލާކުރުވެންޖެހޭ ކަންކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox