ފަހުމީގެ ކޮރަޕްޝަނުގެ ޝަކުވާ ރައީސް އޮފީހަށް ގެންދިއުމުން ސްޓެލްކޯގެ ވަޒީފާއިން ކަނޑާލިކަމުގެ ތުހުމަތު

ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އަދި ޝަކުވާ ހުށަހެޅި މީހާ ---- ފޮޓޯ: ރައީސް އޮފީސް

ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އަދި ޝަކުވާ ހުށަހެޅި މީހާ ---- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި ގުޅޭ ކޮރަޕްޝަނުގެ ޝަކުވާތަކެއް ރައީސް އޮފީހާ ހިއްސާކުރުމުން ވަޒީފާއިން ވަކިކުރި ކަމަށް އެ ކުންފުނީގެ ކުރީގެ މުވައްޒަފަކު ބުނެފި އެވެ.

ރައީސް މުހައްމަދު މުއިއްޒު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި އެކަމުގެ ޝަކުވާ ރައީސްއާ ހިއްސާކުރީ އަބްދުالله ހަމީދު (ހަމިއްޓޭ) އެވެ. އޭނާ ސްޓެލްކޯގެ ވަޒީފާއަށް އައްޔަނުކުރީ މާޗު 19، 2014 ގަ އެވެ.

ސެޕްޓެމްބަރު 19، ގައި ވަޒީފާއިން ކަނޑާލުމާ ހަމައަށް ހަމީދު ހުރީ ސްޓެލްކޯގެ ސޭލްސް ސެންޓަރުގެ ޔުނިޓު ހެޑުގެ ގޮޮތުގައި އެސިސްޓަންޓު މެނޭޖަރު ލެވެލް ދޭއްގެ މަގާމެއްގަ އެވެ. އޭނާއަކީ މި ސަރުކާރު ގެނައުމަށް މުއިއްޒުގެ ކެމްޕޭނުގައި އިސް ދައުރެއް އަދާކުރި މީހެކވެ. އިންތިގާލީ މަރުހަލާގައި ކޮމިޓީ ތަކުގައި އުޅުނު ކަމަށް ވެސް ހަމީދު ބުންޏެވެ.

ސަރުކާރުން އޭނާ ދުރުކޮށް ވަޒީފާއިން ވަކިކުރީ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު (ހެރިންސް އަބްދުﷲ) އާއި ބައްދަލުކޮށް ފަހުމީގެ ހިންގަމުންދިޔަ ކޮރަޕްޝަނުގެ ވާހަކަތައް ހިއްސާކުރުމުން ކަމަށް ހަމީދު ރޭގެ ބައްދަލުވުމުގައި ބުންޏެވެ.

"ފަހުމީގެ އެމްޑީ ކަމުގަ އެއީ އިނގޭތޯ. ފަހުމީއަށް އެނގޭނެ މިއީ ރަނގަޅު ތެދު ވާހަކަ ކަން. އެކަމު މަނިކުފާނުގެ އަރިހުގަ ދެއްތޯ އިންނެވީ. ކޮރަޕްޝަން. އަޅުގަނޑު މި ދެންނެވީ ކޮރަޕްޝަން އޭ އެއީ،" އޭނާ ބުންޏެވެ.

މި ވާހަކަތައް ހިއްސާކުރުމުން އެއީ މުއިއްޒު ވަރަށް ނުރުހޭނެ ކަމެއް ކަމަށާއި ވައްކަމާއި ކޮރަޕްޝަނުގެ އެފަދަ ތުހުމަތުތައް ވަރަށް ގާތުން ބަލާނެ ކަމަށް އަބްދުﷲ ބުނި ކަމަށް އޭނާ ބުންޏެވެ. އަބްދުﷲ އާއި ބައްދަލުކުރީ ރައީސް އޮފީހުގައި ކަމަށް ވެސް ބުންޏެވެ.

"އަޅުގަނޑާ ހެރިންސް އަބްދުﷲ އާ ހަމަ ރައީސް އޮފީހުގަ މީޓު ކުރީ. މި މައްސަލާގަ. އެކަމު ކިހިނެތްތޯ އޭގެ ނަތީޖާ. އޭގެ މުގާބިލުގައި ހަފުތާއެއް ފަހުން އަޅުގަނޑޭ ވަޒީފާއިން ވަކިކޮށްލީ. ކިހާ ރަނގަޅު ތޯ ފަހުމީ. ފަހުމީ. ވަރަށް ބޮޑަށް ޝުކުރިއްޔާ،" ހަމީދު ބުންޏެވެ.

ސްޓެލްކޯގެ ހިންގުން ބޮއްސުންލައި މާލެ ސަރަހައްދުން ކަރަންޓު ކެނޑުން އާންމުވެ ކަރަންޓު ބިލުތައް އިންތިހާއަށް ބޮޑުވުމުގެ އިތުރުން ކޮރަޕްޝަނުގެ އެތައް ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް ފަހުމީ ސްޓެލްކޯގެ އެމްޑީ ކަމުން ވަކިކުރީ ސެޕްޓެމްބަރު 7، ގަ އެވެ.

ނަމަވެސް ޖެހިގެން އައި ދުވަހު އޭނާ ވަނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީއެއްގެ މަގާމަށް މިނިސްޓަރެއްގެ ފެންވަރުގައި އައްޔަން ކޮށްފަ އެވެ. ރޭގެ ބައްދަލުވުމުގައި ފަހުމީ ވެސް ބައިވެރިވި އެވެ.

މީގެ އިތުރުން، މި ސަރުކާރު ގެނައުމަށް ފަހުމީ ފަދަ ބޭފުޅުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި ނަމަވެސް ސަރުކާރު ގެނައުމަށް ކެމްޕޭން ކޮށް މަސައްކަތްކުރި މީހުންގެ ބަދަލުގައި މުއިއްޒު އަރިހުގައި ގެންގުޅެނީ ފަހުމީ މެންފަދަ ބޭފުޅުން ކަމަށް ވިދާޅުވެ ރޭ ވާހަކަދެއްކި މީހާ މުއިއްޒުއަށް ފާޑުކިޔެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox