ހުލާސާކޮށް އިއްޔެ: އެޗްޑީސީގެ ބޯޑު މެންބަރުންގެ މައްޗަށް ބޮޑު ތުހުމަތެއް

Dec 22, 2025, 1:34 AM
ހުލާސާކޮށް އިއްޔެ: އެޗްޑީސީގެ ބޯޑު މެންބަރުންގެ މައްޗަށް ބޮޑު ތުހުމަތެއް

ހުޅުމާލޭގެ ތިން ފިޔަވަހީގެ ބިންތަކުގެ މިލްކުވެރި ފަރާތް ކަމަށްވާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެންބަރުން ރާއްޖެއިން ބޭރުގެ އިންވެސްޓަރުން އަތުން މިލިއަން ޑޮލަރުގެ ރިޝްވަތު ނަގާކަމުގެ ތުހުމަތުކޮށްފި އެވެ.

ރައީސް މުހައްމަދު މުއިއްޒު ރޭ ހުޅުމާލެ ފުރަތަމަ ފިވަހީގައި ދިރިއުޅޭ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެއްކި އެ މީހާ ފުރަތަމަ ބުނީ އެ ވާހަކަ ދައްކަން ބޭނުންވަނީ ލައިވް ޓީވީގައި ނޫން ކަމަށާއި މުއިއްޒު އަރިހުގައި ކަމަށެވެ. ނަމަވެސް ކޮންމެ ވެސް ވަރެއްގެ ތަފުސީލެއް ދިނެވެ.

އެގޮތުން، ބޭރުގެ އިންވެސްޓަރުން ލައްވާ އެޗްޑީސީއިން 300 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ގެންނަން މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން އެ ކުންފުނީގެ ބޯޑު މެންބަރުން އެތައް ލައްކައެއްގެ ޑޮލަރު އަމިއްލަ ޖީބަށް ޖަމާކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"މިހާރު، އެޗްޑީސީ ބޯޑުގެ ބައެއް މެންބަރުންގެ ޖީބަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގަ 500،000 ޑޮލަރު ވަރު ވަދެއްޖެ. އެއް މިލިއަން ޑޮލަރު ނުދީގެން ހަމަ ބަރާބަރަށް ދުބާއި ތަންތަނުގަ ތިބި މީހުންނާ ތަޅާފޮޅާތީ އެ ވާހަކަ ބުނެލީ،" އޭނާ ބުންޏެވެ.

މި އަހަރުގެ ކުރީކޮޅު ފެންމަތިވި ގޯތި ވައްކަމުގެ ވާހަކަ ވެސް އޭނާ ދެއްކީމު ކަމަށާއި ނަމަވެސް އެ ހިޔާނާތުގައި ބައިވެރިވި އެޗްޑީސީގެ ބޯޑު މެންބަރުން އަދި ވެސް އެ ކުންފުނީގައި އެބަތިބި ކަން އޭނާ ފާހަގަކުރި އެވެ. މި ވާހަކަ ހިއްސާކުރީ އެފަދަ ހިޔާނާތެއް ތަކުރާރުވާން ނޭދޭތީ ކަމަށް ވެސް ބުންޏެވެ.

އެޗްޑީސީ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މުއިއްޒުގެ ވެރިކަމުގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ކުންފުންޏެކެވެ. އެގޮތުން، ހިޔާ ފުލެޓުގައި ލިފްޓު ބެހެއްޓުމާއި ހުޅުމާލޭގެ މަގުތައް ހެދުމާއި ގޯއްޗާއި ފުލެޓުތައް ވިއްކާލުމުގެ ތެރެއިން ބޮޑެތި ތުހުމަތުތަކެއް މިވީ ދެ އަހަރުގެ ތެރޭގައި އެ ކުންފުނީގެ ބޯޑަށާއި ވެރިންނަށް އަމާޒުވި އެވެ.

މީގެ ތެރެއިން އެންމެ ފާޅުގައި ކޮރަޕްޝަނުގެ ތުހުމަތު އަމާޒުވީ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ފަޒުލް ރަޝީދު އަށެވެ. އޭނާ އެ ކުންފުނީގެ ލިޔެކިޔުންތަކެއް ނައްތާލި ކަމަށް ބުނާ މައްސަލައިގައި އޭނާއާ ދެކޮޅަށް ދައުވާކުރާ ކުރަން ވެސް ފޮނުވި އެވެ.

ނަމަވެސް ހެކި ނެތް ކަމަށް ބުނެ އެ ދައުވާ ނުކުރާން ދައުލަތުން ވަނީ ނިންމާފަ އެވެ. ކޮރަޕްޝަނުގެ ތުހުމަތުތަކާއެކު ފަޒުލް އިސްތިއުފާދެއްވި ފަހުން އޭނާ ވެރިކަންކުރާ ޕީއެންސީގެ އިސް ސަފުން ވަނީ ފެނިފަ އެވެ.

އެޗްޑީސީއަށް ކުރިމަތިވާ ކޮރަޕްޝަނުގެ ތުހުމަތުގެ ތަކުގެ ސިލްސިލާގެ ދަށުން އެންމެ ފަހުން ފެންމަތިވެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1.3 މިލިއަން އަކަފޫޓުގެ ބިޔަ ބިމެއްގައި ލަގްޒަރީ ހައުސިން މަޝްރޫއުއެއް ހިންގަން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަން އެންމެ ހަ ދުވަސް ދީ މިދިޔަ ހަފުތާގައި ކުރި އިއުލާނެވެ.

މި މަޝްރޫއު އިއުލާނު ކުރުމާއެކު އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ފާހަގަކުރި ގޮތުގައި، މީގެ ކުރިން މިއަށްވުރެ މާ ކުދި މަޝްރޫއުތަކަށް ވެސް މިއަށްވުރެ ދިގު މުއްދަތު ދީފައި އެބަހުއްޓެވެ. 6 ދުވަހުގެ ތެރޭގައި ފަންނީ ދިރާސާތައް ހަދައި، ފައިނޭންޝަލް މޮޑެލްތައް ތައްޔާރުކޮށް ބިޑު ހުށަހެޅުމަކީ އާންމު އިންވެސްޓަރަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މިއީ މިކަމުގެ މައުލޫމާތު ކުރިން ލިބި، ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށްގެން ތިބި "ވަކި ބަޔަކަށް" މަގުފަހިކޮށްދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ ބޮޑެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox