ހުލާސާކޮށް އިއްޔެ: ބޮޑު އިނާޔާތެއްގެ ތުހުމަތު

Dec 20, 2025, 12:59 AM
ހުލާސާކޮށް އިއްޔެ: ބޮޑު އިނާޔާތެއްގެ ތުހުމަތު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ލަގްޒަރީ ހައުސިން މަޝްރޫއުއެއް ހިންގާނެ ބަޔަކު ހޯދަން އެންމެ ހަ ދުވަހުގެ މުހުލަތަކާއެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެޗްޑީސީން ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ކަމަށެވެ.

މިއީ ހުޅުމާލެއިން ލަގްޒަރީ ހައުސިން މަޝްރޫއެއް ހިންގަން ދޫކުރާ އެންމެ ބޮޑު ބިމެވެ. 15 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ލިބޭ އެ ސަރަހައްދުން އެ މަޝްރޫއުއަށް ދޫކުރަން ނިންމާފައި ވަނީ 125,387.81 އަކަފޫޓުގެ ބިމެކެވެ. އެ ބިމާއެކު އެ މަޝްރޫއު ހިންގާ ބަޔަކަށް ބޭނުންކުރެވޭ ޖުމުލަ ބިމުގެ ބޮޑުމިނަކީ 1.3 މިލިއަން އަކަފޫޓެވެ. އެއީ ޗެނެލް ޕާކް ސަރަހައްދު ވެސް ހިމެނޭ ގޮތަށް ކަމަށް އެނގިފައިވެ އެވެ.

މިހާ ބޮޑު މަޝްރޫއުއެއް ހިންގާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގައި އީއޯއައި ހުށަހަޅަން އެންމެ ހަ ދުވަހުގެ މުހުލަތެއް ދީފައި އޮތް ނަމަވެސް، އެއީ އެކަމަށް އެންމެ އެކަށީގެންވާ މުހުލަތެއް ނޫން ކަމަށާއި މިއަށްވުރެ މާ ކުޑަ މަޝްރޫއުތައް ހިންގަން ކުރާ އިއުލާނުތަކުގައި ވެސް އީއޯއައި ހުށަހަޅަން އެއަށްވުރެ ދިގު މުއްދަތު ދީފައި ހުންނަކަން ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ މީހަކު އަދަދު އަށް ބުންޏެވެ.

"މީގެ ކުރިން ކުދިކުދި ބައެއް ކަންކަން އެބަހުރި އިއުލާނުކޮށްފައި، އެ ކަންކަމަށް ވެސް ބިޑު ހުށަހަޅަން މިއަށްވުރެ ގިނަ ދުވަސް ދީފައި އެބަހުރި، އެހެންވީމާ ހުޅުމާލޭގައި ހިންގާ އެންމެ ބޮޑު ރިއަލްއެސްޓޭޓް ޕްރޮޖެކްޓަށް ހަ ދުވަސް ތެރޭގައި ބިޑު ހުށަހަޅަންޖެހުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން،" އޭނާ ބުންޏެވެ.

އެ މަޝްރޫއު ހިންގަން ނިންމާފައި ވަނީ ޑިވެލޮޕްމެންޓް ސޭލްސް ރައިޓްސް މޮޑެލްއަށް ނަމަވެސް، އެހެން މޮޑެލްތަކުގެ ދަށުން މަޝްރޫއު ހިންގަން ވެސް އީއައިއޯ ހުށަހެޅިދާނެ ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ.

އެ މަޝްރޫއު ހިންގަން އެއް ފަރާތަށްވުރެ ގިނައިން އީއައިއޯ ހުށަހަޅައިފި ނަމަ، ކުރިއަށް ދާނީ އެޗްޑީސީގެ މާސްޓާ ޕްލޭން އާއި ވިޝަންއާ އެންމެ އެއްގޮތް އީއައިއޯއަކާ އެކު ކަމަށް އެ އިއުލާނުގައި ބުންޏެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox