ޓީޗަރަކާއި ކިޔަވާ ކުއްޖެއްގެ މި ވާހަކަ ވެސް ދައްކަމާ!

އޭއައި ބޭނުންކޮށްގެން ކުރަހާފައިވާ ކްލާސްރޫމްގެ މަންޒަރެއް.

އޭއައި ބޭނުންކޮށްގެން ކުރަހާފައިވާ ކްލާސްރޫމްގެ މަންޒަރެއް.

ޓީޗަރުންނާއި އެބައިމީހުންގެ މަތިވެރި ހިދުމަތާއި އެ ހިދުމަތަށް އަގުނުކުރެވޭނެ ޝުކުރު ހުއްޓެވެ. ގައުމެއް ނުވަތަ އުންމަތެއްގެ ނިސްބަތުގައި އެ އުންމަތެއްގެ މުދައްރިސުންނަކީ އެބައިމީހުންގެ ދަރުމަވެރިކަމުގެ މައްޗަށް މުޅި އުންމަތް ފަޚްރުވެރިވުން ޙައްޤު އެ އުންމަތެއްގެ ފަހުރާއި ޝަރަފުގެ ތެރޭގައި އެންމެ އިސްކޮށް ހިމެނޭނޭ ބޭކަލުންނެވެ. މުދައްރިސުންނާއި ކިޔަވައިދޭ މީހުން ނުވާނަމަ، ކުރިއެރުމެއް ތަރައްގީއެއް ނެތެވެ. ފުދުންތެރިކަމެއް މުއްސަނދިކަމެއް ނެތެވެ. ކިއެއްތަ ވަތަނެއް ގައުމެއް ވެސް ނުއޮންނާނެއެވެ. ފަހެ އެބައިމީހުންގެ ހުސްވުމެއް ނެތް އިލްމާއި ހީވާގި ކެރުންތެރިކަމާއި މިނެއް ނެތް ފޯރުންތެރިކަމުން ގައުމުތައް ކޮޅަށް ޖަހައި، ޖީލުތައް ބިނާކުރެއެވެ.

ތުއްތު ކިޔަވާ ކުއްޖާތޯއެވެ! ތުއްތު ކިޔަވާ ކުއްޖާއަކީ އަހަރެމެން އެންމެންގެ ލޯތަކުގެ ފިނިކަމެވެ. ނިތްކުރިތަކުގެ އަލިކަމެވެ. ހިތްތަކުގެ އުންމީދެވެ. އަހަރެމެންގެ މާދަމާއާއި މުސްތަގުބަލެވެ. ކޮންމެ ތުއްތު ކިޔަވާ ކުއްޖެއްގެ މައުސޫމުކަމާއި ލޯބިކަމެވެ. އެކުދިންގެ ވިސްނުން ފުރިހަމަވާ އުމުރަށް އެޅި ތަސައްރުފު ފުދިއްޖައުމަށް ދާން ދެން އެ ހުންނަ މޮޔަކަމެއްގައި ވެސް އެހެރަ ލެއްވިގެންވާ ޖާޒުބީ ދަމާ ބާރެކެވެ. އަހަރެމެން ބޮޑެތި ސިކުނޑިތައް އޭގެ މަސްތުގައި ޖެހޭ ހަމްދަރުދީގެ ރޮދިން ހިތްތަކާއި ގުޅާލެވިފައިވާ އާދަޔާ ޚިލާފު މަތިވެރި ޖާޒުބިއްޔަތެކެވެ.

ކޮންމެ މުދައްރިސަކީ އޭނާގެ ހިދުމަތަށް ގައުމު ދަރާފައިވާ މީހަކަށްވުމަކުން އަދި އޭނާގެ މަތިވެރިކަމާއި އިލްމުވެރިކަމުގެ ބޮޑުކަމަކުން، އިންސާނީ ޖަޒުބާތުތަކާއި އިހްސާސްތަކުން ހުސްދުރުވެފައިވާ މީހަކަށް ވަކި ނުވާނެއެވެ. ހަމަ އެހެންމެ ތުއްތު ކުއްޖާގެ ހުންނަ މޮޔަކަމާއި ތަސައްރުފު ނުފުދޭ ކުދިންގެ ހުންނަ ބައެއް ލާނެތްކަމަކީ، އެ ކުދިންގެ މައުސޫމުކަމާއެކު އެޔަށް އިހުމާލުވެވިގެންވާނޭ ކަންކަމެއް ނުމެ ނޫންމެއެވެ.

Advertisement

މުދައްރިސުންނާއި ދަރިވަރުންގެ މެދުގައި އިހުތިރާމާއި ލޯބި އުފެއްދުމުގެ އެއް މަގަކީ، އެބައިމީހުންގެ މެދުގައި އުފެދޭ އަދި ހިނގާ ހިތާމަވެރި ހާދިސާތަކަށްވުރެ ގިނައިން އެބައިމީހުންގެ މެދުގައި ހިނގާ މާ އުޖާލާ ބާއްޖަވެރި ކަންކަން އާންމުންނާ ހަމަޔަށް ތިލަކޮށް އެކަމުގެ މިސާލުތައް ގިނަ ގިނައިން މުޖުތަމައުގައި ފެތުރުމެވެ. އެހެންވީމާ އިސްލާމީ ތާރީޚްއިން މުދައްރިސަކާއި ދަރިވަރެއްގެ މެދުގައި ހިނގާފައިވާ އަންނަނިވި ރީތި ޙިވާރު ތިޔަ އެންމެ ކިޔުންތެރިންނާ ހިއްސާކުރުމުގެ އުފާ އަޅުގަނޑު ލިބިގަންނާނަމެވެ.

ރިވާވެގެންވެއެވެ. އިލްމުވެރިޔަކު އޭނާގެ ދުވަސްވީ ދަރިވަރަކާ ސުވާލުކުރެއްވިއެވެ. ކޮއިފުޅާއެވެ! އަހަރެންނާއެކުގައި އުޅޭތާ ކިހާ ދުވަހެއް ވެއްޖެތޯއެވެ؟

ދަރިވަރު: މިހާރު ތެއްތިރީސް އަހަރުވެދާނެއެވެ.

މުދައްރިސް: މި ދިގު މުއްދަތުގައި އަހަރެންގެ ކައިރިން ދަސްވީ ކޮން އެއްޗެއް ހެއްޔެވެ؟

ދަރިވަރު: ހަތް ކަމެކެވެ.

އެހިނދު މުދައްރިސް ބުންޏެވެ. އެންމެ ހަތް ކަންތައް ހެއްޔެވެ؟ މިވީ ދިގު މުއްދަތުގައި ހަމަ އެންމެ ހަތް ކަންތައް ހެއްޔެވެ؟ އެހެންވިޔަސް ހެވެ. ތިޔަ ހަތް ކަމަކީ ކޮބާހެއްޔެވެ.

ދަރިވަރު ދެންނެވިއެވެ. ލޯބިވާ މުދަރިއްސެވެ. ދޮގެއް ހަދާކަށް ނެތީމެވެ. ފުރަތަމައީ؛ އަހަރެންނަށް މީސްތަކުންނަށް ބެލުމުން ފެނުނު ކަމަކީ، ކޮންމެ މީހަކު ވެސް މަރުވެދިއުމުން އެމީހެއްގެ ލޯބިވެރިން އެމީހަކާ ވަކިވެދާ ތަނެވެ. އެހެންވެގެން އަހަރެންގެ ލޯބިވެރިންނަކީ ހެޔޮ އަމަލުތައް ކަމުގައި ހެދީމެވެ. އޭރަށް އަހަރެންނާ އެ އަމަލުތައް ކަށްވަޅުގައިވެސް ވަކިވެނުދާނެއެވެ.

ދެވަނައީ މާތް ﷲ ވަހީ ކުރައްވާފައިވެއެވެ. "އަދި އެމީހާގެ ކަލާނގެ ހަޒުރަތުގައި ހުންނަންޖެހޭނެ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފުސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ." މިއާޔަތަށް ވިސްނާފައި އަހަރެންގެ އަމިއްލަ އެދުންތަކުން ސަލާމަތްވުމަށް ގަދައަޅާ މަސައްކަތްކުރީމެވެ. އެއީ ﷲ އަށް ކިޔަމަންތެރިވުން އަހަރެންގެ ނަފުސުގައި ހަމަޖެހި ގަރާރުވެއްޖައުމަށްދާންދެނެވެ.

ތިންވަނައީ؛ މީސްތަކުންގެ އުޅުން ހުންނަ ގޮތަށް އަހަރެން ބެލިއިރު، އަހަރެންނަށް ވިސްނުނީ، އެއްވެސް މީހެއްގެ އަތުގައި ފައިދާހުރި އެއްޗެއް އޮވެއްޖެނަމަ، އެއެއްޗެއް ގެއްލިގެން ހިނގައިދާނެތީ ކޮންމެ މީހަކުވެސް އެއެއްޗަކަށް ރައްކާތެރިވާކަމެވެ. އެޔަށްފަހު މާތް ﷲ ގެ ވަހީ ބަސްފުޅަށް އަހަރެން ނަޒަރުކުރީމެވެ. "ތިޔަބައިމީހުންގެ ގާތުގައިވާ އެއްޗެއް ހުސްވެގެން ހިނގައިދާނެއެވެ. އަދި ﷲ ގެ ހަޒުރަތުގައިވާ އެއްޗެއް ދެމިހުންނާނެއެވެ." އެހެންވެގެން ފައިދާހުރި އެއްޗެއް އަހަރެންގެ އަތުގައި ޖެހިއްޖެނަމަ އެއެއްޗެއް މާތް ﷲ ވަޖުހުފުޅަށް ހާއްސަކުރަމެވެ. އެއީ އެކަލާނގެ ހަޒުރަތުގައި އެއެއްޗެއް ރައްކާތެރިކުރުމަށެވެ.

ހަތަރުވަނައީ؛ އަހަރެން މީސްތަކުންނަށް ބެލުމުން ފެނުނީ، ކޮންމެ މީހަކުވެސް އެމީހެއްގެ މުދާވެރިކަމަކުން ނުވަތަ އެމީހެއްގެ ހަސަބުގެ މޮޅުކަމުން އެހެންނާ ނަސަބުގެ މަތިވެރިކަމުން ފަހުރުވެރިވޭވޭ އުޅޭތަނެވެ. އެކަމަކު އަހަރެންނަށް ފެނުނީ މާތް ﷲ ގެ ބަސްފުޅެވެ. "ތިޔަބައިމީހުންގެ ތެރެއިން ﷲ ގެ ހަޒުރަތުގައި އެންމެ މާތްކަން ބޮޑު މީހަކީ ތިޔަބައިމީހުންގެ ތެރެއިން ﷲ އަށް އެންމެ ބޮޑަށް ބިރުވެތިވާ މީހެކެވެ." އެހެންވެ އަހަރެން ﷲ އަށް ބިރުވެތިވެވޭތޯ ބަލަމެވެ. އެކަލާނގެ ހަޒުރަތުގައި މާތް މީހަކަށް ވަންދެނެވެ.

ފަސްވަނައީ؛ އަހަރެންނަށް ފެނުނީ މީސްތަކުން އެކަކު އަނެކަކަށް އެއްޗެހި ކިޔައި، އެއްބަޔަކު އަނެއް ބަޔަކަށް ލައުނަތްދީ ހަޑިހުތުރު ގޮވާ އުޅޭ ތަނެވެ. މި އެންމެހާ ކަމެއްގެ އަސްލަކީ ހަސަދަވެރިކަން ފިޔަވައި އެހެން ކަމެއް ނޫނެވެ. ދެން އަހަރެންނަށް ފެނުނީ ﷲ ގެ ބަސްފުޅެވެ. "...ދުނިޔޭގެ ދިރިއުޅުމުގައި އެމީހުންގެ މެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންކަލާނގެއެވެ. އަދި ތިމަންކަލާނގެ އެމީހުންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެމީހުންކުރެ އެއްބަޔަކު އަނެއްބަޔެއްގެ ޚިދުމަތްތެރިކަން ހިފުމަށްޓަކައެވެ." ދެން އަހަރެންގެ ހަސަދަވެރިކަން އަހަރެންގެ ކިބައިން އެކުގައި ދޫކޮށްލައިފީމެވެ.

ހަވަނައީ؛ އަހަރެންނަށް ފެނުނީ މީސްތަކުން އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅުވެރިވެ އަދާވާތްތެރިވަމުންދާ ތަނެވެ. ދެން މާތް ﷲ ގެ ބަސްފުޅަށް އަހަރެން ބެލީމެވެ. "ހަމަކަށަވަރުން ޝައިޠާނާއަކީ ތިޔަބައިމީހުންނަށް ހުރި އަދުއްވެކެވެ. ފަހެ ތިޔަބައިމީހުން އޭނާއަކީ އަދާވާތްތެރިއެއްކަމުގައި ހަދާށެވެ." ދެން އަހަރެންގެ އަދާވާތްތެރިކަން މީސްތަކުންގެ ކިބައިން ނަގައި، ޝައިތާނާއަށް އެކީއެކަށް ހުސްކޮށްފީމެވެ.

ހަތްވަނީ؛ އަހަރެންނަށް ފެނުނީ މީސްތަކުން ހަރާމެއް ހަލާލެއް ނުބަލައި މުދަލައިގެން ދަހިވެތިވަމުންދާ މަންޒަރެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅަށް އަހަރެން ބެލީމެވެ. "ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް ރިޒުޤުދެއްވުން ﷲ ކަނޑައަޅުއްވާފައި ނުވާ އެއްވެސް އެއްޗެއް ނުވެއެވެ." އެހިސާބުން ހަރާން ކަންކަމުގެ ތެރެއިން ރިޒްޤު ހޯދުމަށް ހިތަށް އެރުވުން ވެސް އަހަރެން ހުއްޓާލައިފީމެވެ.

މުދައްރިސުންނާއި ދަރިވަރުންގެ މެދުގައި ހިނގާފައިވާ މިކަހަލަ ރީތި ހާދިސާތަކާއި ވާހަކަތައް ކުދިންނަށް ކިޔައިދިނުންވެސް ގިނަކުރާށެވެ! އަދަބު އަހުލާގަކީ ރީތި ނަމޫނާތަކާއި ވަރަށް ބައިވަރު އަސަރުތަކުން އަށަގެންނުވޭ އެއްޗެކެވެ. އަހަރެމެންގެ ލޮބުވެތި މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެއެވެ. "އަހަރެމެންގެ ބޮޑެތި މީހުންނަށް އިހުތިރާމުނުކުރާ އަހަރެމެންގެ ކުޑަކުދިންނަށް އޯގާތެރިނުވާ އަދި އަހަރެމެންގެ އިލްމުވެރިޔާގެ ހައްގު ނުއެނގޭ މީހުންނަކީ އަހަރެމެންގެ ތެރެއިންވާ މީހުންނެއް ނޫނެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox