43 އަހަރުގައި ވެސް ބޮންޑާ ފުރަތަމަ ޑިވިޝަނަށް؛ ބުނެދެނީ ހިދުމަތުގެ ވާހަކައެއް!

ބޮންޑާ: އުމުރުން 43 އަހަރުގައި ފުރަަތަމަ ޑިވިޝަނުގައި ކުޅެން ނިންމި އެއް ސަބަަބަކީ ފުޓްބޯޅަ އަށް ހިދުމަތެއް ކޮށްދޭން ލިބުނު ފުރުސަތެއްގެ ބޭނުންހިފުމަށް.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ބޮންޑާ: އުމުރުން 43 އަހަރުގައި ފުރަަތަމަ ޑިވިޝަނުގައި ކުޅެން ނިންމި އެއް ސަބަަބަކީ ފުޓްބޯޅަ އަށް ހިދުމަތެއް ކޮށްދޭން ލިބުނު ފުރުސަތެއްގެ ބޭނުންހިފުމަށް.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

"ދެން ކޮންމެ ގޮތެއް ވިޔަސް އަހަރެމެން އެއްޗަކަށް ހެދީ ފުޓްބޯޅައިން. މިއަކާ ދުރަށްދާން އުޅުނަސް ދެވެނީކީއެއް ނޫން،"

އުމުރުން 43 އަހަރުގައި ފުރަތަމަ ޑިވިޝަންގެ ކްލަބް އީގަލްސް އަށް ސޮއިކުރުމާ ބެހޭގޮތުން، "އަދަދު ސްޕޯޓްސް" އިން ސުވާލުކުރުމުން، ރާއްޖޭގެ ފުޓްބޯޅައިގައި ފެނުނު އެންމެ ތަފާތު މޮޅު އެއް މިޑްފީލްޑަރު، ޝަމްވީލް ގާސިމް (ބޮންޑާ) ބުނީ މިހެނެވެ.

މިއީ، އެންމެ ފަހުން، 2017 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ފަހުން، ބޮންޑާ، ފުރަތަމަ ޑިވިޝަނުގެ ކްލަބަކުން ފެންނާނެ ފުރަތަމަ ފަހަރެވެ. އަށް އަހަރަށް ވުރެން ދިގު މުއްދަތަކަށް ފަހު، ސީޒަނެއްގެ މެދުތެރެއިން ފުރަތަމަ ޑިވިޝަނުގައި ކުޅެން ބޮންޑާ ނިންމީ ތަފާތު ސަބަބުތަކަކާ ވެސް އެކުގަ އެވެ.

މިދިޔަ އަހަރު އައްޑޫ ސިޓީ ޓީމުން، ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރިއިރު، އެ ޓީމުގެ ލީޑަރަކަށް ބޮންޑާ ހުރިއިރު، ޓީމުގެ ކޯޗަކަށް މަސައްކަތްކުރީ، އަބްދުﷲ ހަނީފް (ބެންޖޯ) އެވެ. ބޮންޑާ، މި ފަހަރު، އީގަލްސްއާ ގުޅުނު މައިގަނޑު އެއް ސަބަބަކީ، މި ވަގުތު އީގަލްސްގެ ހެޑް ކޯޗުކަމާ ހަވާލުވެ ހުރި ބެންޖޯ އެވެ.

ކްލަބް އީގަލްސް އިން އިއްޔެ ބޭއްވި ފްރެކްޓިހުގެ ތެރެއިން ބޮންޑާ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

"ދެން، މަގޭ އަނެއްހެން ވިސްނުމަކީ، އަލުން އެނބުރި ފުޓްބޯޅަ ކުޅުމެއް ނޫން. މަގޭ ޅަ އުމުރުގައި އެ ކުޅުނު ބޯޅަ ކުޅުމެއް ނޫން. މި ބައިވަރު ޔަންގުން (ޒުވާން ކުޅުންތެރިންތަކެއް) އެބަތިބި. ބެންޖޯ ބޭނުންވަނީ އެ މީހުންގެ ތެރޭގައި، އައިސް އެ މީހުންނަށް އެހީވެ، ދެން އެ ކަހަލަ ކަންތައް މި ހުރީ،" އީގަލްސްއާ އެކު، އިއްޔެ ފުރަތަމަ ޕްރެކްޓިސް ސެޝަން ކުރިއަށް ގެންދިޔަ ބޮންޑާ ބުންޏެވެ.

އީގަލްސް އަށް ކުޅެން ބޮންޑާ ނިންމި އަނެއް ސަބަބަކީ، އަންނަ މަހު ފަށާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި، ސ. ހިތަދޫ ޓީމުގެ ކޯޗަކަށް އޭނާ ހުންނައިރު، މާލެ ސިޓީގައި މަޑުކޮށްގެން ހުންނަން ޖެހޭ، މި ދުވަސްކޮޅުގައި ފުޓްބޯޅަ އަށް ހިދުމަތެއް ކޮށްދެން ލިބުނު ފުރުސަތުގައި އޭގެ ބޭނުންހިފުމުގެ ގޮތުންނެވެ.

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހިތަދޫގެ މެޗެއްގެ ތެެރެއިން ބޮންޑާ ބޯޅަ ހިފައިގެން.--- ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ

"ދެން ކޮންމެ ގޮތެއް ވިޔަސް އަހަރެމެން އެއްޗަކަށް ހެދީ ފުޓްބޯޅައިން. މިއަކާ ދުރަށްދާން އުޅުނަސް ދެވެނީކީއެއް ނޫން. އެހެންވީމަ ހަމަ ވިސްނާފައި، ކުރާހިތްވީމަ އައިސް މޮޅު ބޯޅައެއް ކުޅޭކަށެއް ނޫން، މިތާގައި މި ތިބި އެކަކަށް (އެންމެ ޒުވާން ކުޅުންތެރިއަކަށް) ބަދަލެއް ގެނެވުނަސް އެއީ މަށަށް ހަމަ ވަަރަށް ބޮޑު ކަމަކަށްވާނީ. އެ ވިސްނުން ހުރީ،" ބޮންޑާ ބުންޏެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި 15 އަހަރަށް ވުރެން ދިގު ތަޖުރިބާ ހާސިލްކޮށްފައިވާ ބޮންޑާ، މައިގަނޑު ގޮތެއްގައި ފާހަގަކުރީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް އޭނާގެ ފަރާތުން ކޮށްދެވެން އޮތް ހިދުމަތަކަށް އަބަދުވެސް އެއްބާރުލުން ދޭނެކަމެވެ. އެ ގޮތުން، ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށްް ޒުވާން ކުޅުންތެރިން ނެރުމުގެ ފިލޯސަފީއެއް އޮތް އީގަލްސް އަށް ބޮންޑާ ކުޅެން ނިންމިއިރު، އެ ޓީމުގައި މި ވަގުތު ވެސް މޮޅު ޒުވާން ކުޅުންތެރިންތިބިކަން ބޮންޑާ ވަނީ ފާހަގަކޮށްފަ އެެވެ.

"ވަަރަށް ޒުވާން ކުޅުންތެރިން ގިނަ ޓީމެއް އީގަލްސްގައި މި އޮތީ. ވަރަށް ހުނަރުވެރި ކުޅުންތެރިން ވެސް އެބަތިބި މި ޓީމުގައި. ކުޅެގެން ދުވަސްވާވަރަކުން އަސްލު މީހާ ފެންނާނީ. އަދި މިހާރަށް ބަލާއިރު، ވަރަށް ރަނގަޅު ކުޑަކުދިންތަކެއް އެބައުޅޭ. ރަނގަޅުވާނެ ކަމަށް މި ބަލަނީ،" ބޮންޑާ ބުންޏެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފަށައިގެން، އީގަލްސް އިން ކުޅުނު ފުރަތަމަ ހަތް މެޗު މޮޅެއް ނުލިބެ އެވެ. އޭގެ ފަހުން، ބެންޖޯ، ޓީމުގެ ކޯޗުގެ ޒިންމާއާ ހަވާލުވި ފަހުން ހާލަތު ބަދަލުކޮށް ލީގުގެ ފަސް ވަނަ މަގާމަށް މިހާރު އޮތީ ޖެހިލަައިފަ އެވެ.

އީގަލްސް އިން ބެންޖޯގެ ކޯޗުކަމުގައި ފުރަތަމަ ބުރުގެ ފަހު ހަ މެޗު ކުޅުނުއިރު، ތިން މެޗުން މޮޅުވެ، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ.

މިދިޔަ އަހަރުގެ ގޯލްޑް ކަޕްގެ މެޗެއްގައި ލަނޑު ޖެހުމަށް ފަހު އައްޑޫ ސިޓީ ކުޅުންތެރިންނާ އެކު ބޮންޑާ އުފާފާޅުކުރަނީ.

ބޮންޑާ ބުނީ، ފަހަރެއްގައި ބެންޖޯ އަކީ ފުރަތަމަ ޑިވިޝަނުގެ ޓީމުގެ ކޯޗަކަށް އާ މީހަކަށް ވެދާނެ ކަމަށެެވެ. އެކަމަކު، މި ވަގުތަށް ބަލާއިރު ވެސް، ބެންޖޯ އަންނަނީ، ކޯޗިން ކެރިއަރުގެ ކުރީކޮޅުގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުން ކަމަށް ބޮންޑާ ފާހަގަކުރި އެވެ.

"ބެންޖޯ އަކީ ވަރަށް ރަނގަޅަށް އެކަން ކުރާ މީހެއް އަހަރެން ދެކޭގޮތުގައި، ވަރަށް ވިސްނުންތެރިކަމާ އެކު، އޭނަގެ ވަރަށް ބޮޑު ވިސްނުމެއް ޑިވެލޮޕްމެންޓަކީ، އެއީ މިހާރު އަހަރެމެންނަށް އެންމެ މުހިންމު އެއްޗަކީ، ޒުވާން ކުޅުންތެރިންތަކެއް ތެރޭގައި ހުރެފައި އެ މީހުން ކުރިއަރުވަން ބޭނުންވާ ވިސްނުމެއްގައި އެކަން ކުރާތީ އެއީ އަހަންނަށް ވަރަށް ރަނގަޅު ކަމެއް،" ބޮންޑާ ބުންޏެވެ.

"ކޯޗެއްގެ ހައިިސިއްޔަތުން ކުރަން ޖެހޭ ހުރިހާ ކަމެއް ބެންޖޯ އެ ކުރަނީ މޮޅަށް. އެކްސްޕީރިއަންސަކީ އެ މީހުން އެ ޝައުގުވެރިކަމާ އެކު ކުރަމުންދާތާ ދުވަސް ފަހުން ލިބޭ އެއްޗެއް. ބެންޖޯ ވެސް ކޯޗިން ދަސްކުރަމުންދާ މަރުހަލާގައި ހުރެ ކުރަމުން އެ ދަނީ ވެސް ވަރަށް ބަލައިގަންނަން ޖެހޭ މަސައްކަތެއް،"

ބޮންޑާ އަކީ އައްޑު އަތޮޅުގެ ވިޔަފާރިވެރިންތަކެއް، މީގެ ސައުވީސް އަހަރު ކުރިން، 2001 ގައި އުފެއްދި އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) އިން ފުރަތަމަ ޑިވިޝަނަށް ތައާރަފްވި ކުޅުންތެރިއެކެވެ. ގައުމީ ފުޓްބޯޅަ ޓީމަށް 2005 ވަނަ އަހަރު ކުޅުނު، ބޮންޑާ ވަނީ، އައިއެފްސީ އަށް ފަސް އަހަރު ކުޅެދީފަ އެވެ. އަދި، އޭގެ ފަހުން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބަދަލުވި އެވެ.

ނިއުއާ އެކު، 2007 ވަނަ އަހަރުގެ އަހަރުގެ އެފްއޭ ކަޕް މިލްކުކުރިއިރު، އޭގެ ފަހުން ވެސް، ބޮންޑާ ވަނީ ދެ ފަހަރެއްގެ މަތިން ނިއު އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. އެންމެ ފަހުން ނިއު އަށް ކުޅުނީ، 2015 ވަނަ އަހަރު އެވެ. ކްލަބް ވެލެންސިއާ އާއި ވީބީ ސްޕޯޓްސް އަށް ވެސް ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ބޮންޑާ ވަނީ، 2017 ވަނަ އަހަރު ޓީސީ އަށް ކުޅުނުއިރު، ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން އެ ޓީމަަށް ހޯދައިދޭން މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އީގަލްސް އިން އިއްޔެ ބޭއްވި ޕްރެކްޓިހުގެ ތެރެއިން ބޮންޑާ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ގައުމީ ޓީމާ އެކު، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ބޮންޑާ، އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވަނީ، 2017 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. އެއީ، 2016 ވަނަ އަހަރު ޓީސީއާ ގުޅުމަށް ފަހު އެވެ.

އީގަލްސް އަކީ ބޮންޑާ ފުރަތަމަ ޑިވިޝަނުގައި ކުޅޭނެ ހަ ވަނަ ޓީމެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި އީގަލްސް އިން ކުޅޭ ފުރަތަމަ މެޗު އޮތީ މާދަމާރޭ ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި ފެނިގެންދިޔަ އެންމެ ރީތި އެއް ގޯލު، ކާމިޔާބުކުރި ބޮންޑާ އެ ލަނޑު ޖެހީ ވިކްޓަރީ ކޮޅަށެވެ. އެއީ، 2011 ވަނަ އަހަރުގެ ލީގުގައި، ވީބީ އައްޑޫ އެފްސީ އަށް ކުޅެމުން އޯވަހެޑް ކިކަކުން ޖެހި ގޯލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox