ފީފާ ވޯލްޑް ކަޕްގައި ފްރާންސާއި ނޯވޭ އަދި ސެނެގާލް އެއް ގްރޫޕަކަށް

Dec 5, 2025, 7:31 PM
ފީފާ ވޯލްޑް ކަޕްގައި ފްރާންސާއި ނޯވޭ އަދި ސެނެގާލް އެއް ގްރޫޕަކަށް

ވޮޝިންޓަން ޑީސީ، ޔުނައިޓެޑް ސްޓޭޓްސް (ޑިސެމްބަރު 6) - އަންނަ އަހަރު އެމެރިކާ، މެކްސިކޯ، އަދި ކެނަޑާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ފްރާންސާއި ނޯވޭ އަދި ސެނެގާލް އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

އެ ގޮތުން، ގްރޫޕް އައިގައި ފްރާންސާއި ނޯވޭ އަދި ސެނަގާލްގެ އިތުރުން ހިމެނުނީ، ޕްލޭއޮފްގައި ސުރިނާމް، ބޮލިވިއާ އަދި އިރާގުގެ ތެރެއިން އަންނަ ޓީމެކެވެ. އިޓަލީ ފަހަތަށް ޖައްސާލައި، 28 އަހަރަށް ފަހު ވޯލްޑް ކަޕަށް ކޮލިފައިވި ނޯވޭގެ ތަރި އަކީ އާލިން ބްރައުޓް ހާލަންޑް އެވެ. އަނެއްކޮޅުން، ފްރާންސްގެ ކެޕްޓަންކަން ކީލިއަން އެމްބާޕޭ ކުރަމުން އަންނައިރު، ސަޑިއޯ މާނޭއާ އެކު ސެނަގާލް ނުކުންނާނީ ޔޫރަޕްގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ސްކޮޑުގައި ހިމަނައިގެންނެވެ.

ދެން، އެންމެ ވަރުގަދަަ ގްރޫޕެއްގެ ގޮތުގައި އޮތް އެއް ގްރޫޕަކީ، އެލް އެވެ. އެ ގްރޫޕްގައި، އިންގްލެންޑާއި ކްރޮއޭޝިއާގެ އިތުރުން ހިމެނެނީ، ގާނާ އާއި ޕެނަމާ އެވެ. މިއީ، އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް އަށް ފަސޭހަވާނެ ގްރޫޕެއްގެ ގޮތުގައި ނުބެލެވެ އެވެ.

2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށި މެޗުގައި ދެކުނު އެފްރިކާ އާއި މެކްސިކޯ ކުޅުނު މެޗުގެ ތެރެއިން.

އަންނަ އަހަރުގެ ވޯލްޑް ކަޕް، ޖޫން 11 ވަނަ ދުވަހު ފަށާނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕް ފެށި މެޗުންނެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ އެއް ހޯސްޓް، މެކްސިކޯ އިން ދެކުނު އެފްރިކާއާ ކުޅޭއިރު، މީގެ 15 އަަހަރުކުރިން މި ދެ ޓީމު ކުޅެގެން ވޯލްޑް ކަޕް ފެށި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި ދެ ޓީމާ އެކު ގްރޫޕް އޭގައި ހިމެނެނީ، ދެކުނު ކޮރެއާ އާއި ޔޫރަޕްގެ ޕްލޭއޮފްގައި، ޗެކް ރިޕަބްލިކް، އަޔަލެންޑް، ޑެންމާކް އަދި ނޯތު މެސެޑޯނިއާ ކުޅެގެން އަންނަ ޓީމެކެވެ.

އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ ލައްވާލީ، ގްރޫޕް ޖޭގަ އެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ، އަލްޖީރިއާ އާއި އޮސްޓްރިއާގެ އިތުރުން މުޅިން އަލަށް ވޯލްޑް ކަޕް ކުޅޭ ޖޯޑަން އެވެ.

ގްރޫޕް ބީގައި އޮތީ ކެނަޑާ އާއި ގަތަރު އަދި ސްވިޒަލެންޑްގެ އިތުރުން، ޔޫރަޕްގެ ޕްލޭއޮފްގައި، ވޭލްސް، ބޮސްނިއާ، އިޓަލީ އަދި ނޮދަން އަޔަލެންޑް ކުޅެގެން މޮޅުވާ ޓީމެކެވެ. އިޓަލީ ކޮލިފައިވެއްޖެނަމަ، ފުރަތަމަ މެޗުގައި ކެނަޑާއާ ދެކޮޅަށް ކުޅެން ޖެހޭނެ އެވެ.

ގްރޫޕް ސީ ގައި ހިމެނެނީ، ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލް އާއި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނު މޮރޮކޯގެ އިތުރުން ހައިޓީ އާއި 28 އަހަރަށް ފަހު ވޯލްޑް ކަޕަށް ކޮލިފައިވި ސްކޮޓްލެންޑް އެވެ.

ގްރޫޕް ޑީގައި އެމެރިކާއާ ދެކޮޅަށް ކުޅޭނީ ޕެރަގުއޭ، އޮސްޓްރޭލިއާގެ އިތުރުން، ޔޫރަޕްގެ ޕްލޭއޮފްގައި ސްލޮވާކިއާ، ކޮސޯވޯ، ތުރުކީ އަދި ރުމޭނިއާ ކުޅެގެން މޮޅުވާ ޓީމެކެވެ.

ޖަރުމަނުން ގްރޫޕް އީގައި ކުޅޭނީ ވޯލްޑް ކަޕަށް މުޅިން އަލަށް ކޮލިފައިވި، އަދި ވޯލްޑް ކަޕްގައި ކުޅޭ އެންމެ ކުޑަ އާބާދީ އަށް ނިސްބަަތްވާ ގައުމު، ކުރަސާއޯގެ އިތުރުން އައިވަރީ ކޯސްޓާއި އެކުއެޑޯ އެވެ. އެކުއެޑޯ އަކީ މި ފަހަރުގެ ވޯލްޑް ކަޕަށް އެންމެ ރަނގަޅު ޑިފެންސިވް ރެކޯޑަކާ އެކު ކުރިމަތިލި ދެކުނު އެމެރިކާގެ ޓީމެވެ. އަނެއްކޮޅުން، އައިވަރީ ކޯސްޓަކީ އެފްރިކާ ފުޓްބޯޅައިގެ ގަދަބާރެކެވެ.

ގްރޫޕް އެފްގައި ނެދަލެންޑްސް އާއި ޖަޕާން އަދި ޓިއުނީޝިއާގެ އިތުރުން ހިމެނެނީ، ޔުއެފާގެ ޕްލޭއޮފްގައި ޔޫކްރެއިން، ސްވިޑެން، ޕޮލެންޑް އަދި އަލްބޭނިއާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ބެލްޖިއަމް އާއި މިސްރުން ގްރޫޕް ޖީގައި ފުރަތަމަ މެޗުގައި ކުޅެން ޖެހުނުއިރު، މި ގްރޫޕްގައި ދެން ހިމެނެނީ، އިރާނާއި ނިއު ޒީލެންޑް އެވެ. ގްރޫޕް ޖީގައި ސްޕެއިނާއި އުރުގުއޭ އަދި ސައުދީ އަރަބިއްޔާގެ އިތުރުން ހިމެނެނީ، މުޅިން އަލަށް ވޯލްޑް ކަޕްގައި ކުޅޭ ކޭޕް ވާޑް އެވެ.

މުޅިން އަލަށް ވޯލްޑް ކަޕަށް ކޮލިފައިވި، އުޒްބެކިސްތާނުން ގްރޫޕް ކޭގައި ވާދަކުރާނީ ޕޯޗުގަލް އާއި ކޮލަމްބިއާގެ އިތުރުން، ޕްލޭއޮފްގައި، ނިއު ކެލަޑޯނިއާ އާއި ޖެމެއިކާ އަދި ކޮންގޯ ކުޅެގެން މޮޅުވާ ޓީމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox