އަޔާ އޮޑި އަށް ސޮއިކޮށްފި

Dec 3, 2025, 9:59 AM
އަޔާ އޮޑި އަށް ސޮއިކޮށްފި

މި ސީޒަނުގައި މުޅިން އަލަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްް ތަފާތު ދައްކަމުން އަންނަ އޮޑި ސްޕޯޓްސް ކްލަބުން، އަހުމަދު އަޔާޒް (އަޔާ)ގެ ސޮއި ހޯދައިފި އެވެ.

ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ، އަޔާ ވަނީ މީގެ ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅެފަ އެވެ. އެ ގޮތުން، މީގެ ހަތަރު އަހަރު ކުރިން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅުނެވެ. އަދި، އެންމެ ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނުގައި، ހަ އަހަރު ކުރިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި އަޔާ، އޮޑި އަށް ސޮއިކުރީ މި ސީޒަނުގެ ނިޔަލަށެވެ.

"އަޔާ، އޮޑި ސްޕޯޓްސް ކުލަބާއި ގުޅުމަކީ މި ކުލަބުގެ މެނޭޖްމެންޓާއި، ކުޅުންތެރިން އަދި ސަޕޯޓަރުން އުފަލާއެކު ބަލައިގަންނަ ކަމެއް. އަދި މި ކުލަބުގެ އުންމީދަކީ އަޔާއާއެކު ކާމިޔާބު ސީޒަނެއް ނިންމާލުން. އަޔާގެ ހުނަރާއި ތަޖުރިބާ ދިވެހި ފުޓްބޯޅައަށް ވެސް މުހިންމު! މި ކުލަބުގެ އުންމީދަކީ އަޔާއާއެކު ކާމިޔާބީތައް ހޯދުން،" އޮޑި ސްޕޯޓްސް ކްލަބުން ބުނެފައިވެ އެވެ.

އަޔާ އަކީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ފުޓްސަލް ޓީމަށް ކުޅުނު ހަމައެކަނި ކުޅުންތެރިޔާ އެވެ. އަޔާ ވަނީ އަޔާ ވަނީ، 2019 ވަނަ އަހަރު، އޭޝިއަން ކަޕް ކޮލިފައިންގައި ސީރިއާ އަތުން 2-1 އިން ރާއްޖެ ބަލިވި މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައިފަ އެވެ. އަދި، ދާދި ފަހުން، މިޔަންމާގައި ކުރިއަށްދިޔަ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ގައުމީ ފުޓްސަލް ޓީމަށް ވެސް އަޔާ ކުޅެފައިވެ އެވެ.

އެންމެ ފަހުން ބޭއްވި ދެ ވަަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އަޔާ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ނިމުުނުއިރު، އޮޑި އޮތީ ދެ ވަަނައިގަ އެވެ. އެއީ، އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވުރެން ފަސް ޕޮއިންޓް ފަހަތުގަ އެވެ. ލީގުގެ ދެ ވަނަ ބުރު ފަށާނީ އަންނަ ހަފްތާގަ އެވެ.

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox