ކުޅިވަރު ކުރިއެރުވުމަށް ތައިލެންޑާ އެކު ރާއްޖޭން އެއްބަސްވުމަކަށް

Nov 30, 2025, 10:01 AM
ކުޅިވަރު ކުރިއެރުވުމަށް ތައިލެންޑާ އެކު ރާއްޖޭން އެއްބަސްވުމަކަށް

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި، ތައިލެންޑްގެ ސަރުކާރާ އެކު، ރާއްޖޭން ފަހުމުނާމާ އެއްގައި ސޮއިކޮށްފި އެވެ.

ތައިލެންޑުގައި މި މަހު 27 ވަނަ ދުވަހު ކުރިއަށްދިޔަ ބައްދަލުވުމެއްގައި، ރާއްޖޭގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) އެވެ. އަަދި، ތައިލެންޑުގެ ފަރާތުން ސޮއިކޮށްފައިވަނީ، ތައިލެންޑްގެ ޓޫރިޒަމް އާއި ސްޕޯޓްސް މިނިސްޓަރު، އަތަހޯން ސިރިލައްތަޔަހޯން އެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެ އާއި ތައިލެންޑުން ގުޅިގެން ކުޅިވަރުތަކުގެ ކުރިއެރުމަށް ގިނަ މަަަސައްކަތްތަކެއް ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

އެ ގޮތުން، މައިގަނޑު ގޮތެއްގައި މި އެއްބަސްވުމުގެ ތެރެއިން، މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ، ކުޅިވަރުގެ އެކި ފަރާތްތައް ޑިވެލޮޕް ކުރުމުގެ އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ކުޅިވަރުގެ ޓްރެއިނިންތަކާއި ޔޫތު ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ އިތުރުން ކުޅިވަރު ވަސީލަތްތަކާއި އިންފްރާސްޓްރަކްޗާ ޑިވެލޮޕްކުރުމުގެ އެކި މަަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އެއްބަސްވުމުގައި ހުރި ކަންތައްތައް ފުރިހަމަކުރުމަށް އެހީތެރިވުމަށްޓަކައި، ތައިލެންޑްގެ ޑިޕާޓްމަންޓް އޮފް ފިޒިކަލް އެޑިއުކޭޝަނުންނާއި ސްޕޯޓްސް އޮތޯރިޓީ އޮފް ތައިލެންޑް އަދި ނެޝަނަލް ސްޕޯޓްްސް ޔުނިވާސިޓީ އޮފް ތައިލެންޑުން ބައިވެރިވާނެ އެވެ.

މީގެ ކުރިން، މިނިސްޓަރު ރާފިއު ވަނީ މެލޭޝިއާ، ކިއުބާ، އުޒްބެކިސްތާން އަދި ފްރާންސުން ވެސް ރާއްޖޭގެ ކުޅިވަރަށް ހުރި ފުރުސަތުތައް ހޯދަން މަޝްވަރާތަކެއް ކުރިއަށްގެންދަވައިފަ އެވެ. އަދި، ރާއްޖޭގެ ކުޅިވަރަށް ފުރުސަތު ހޯދުމުގެ ގޮތުން، ސައުދީ އަަރަބިއްޔާ އާއި ޗައިނާއާ އެކު އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox