މެސީގެ މިއާމީން އީސްޓާން ކޮންފަރެންސް ކާމިޔާބުކޮށް އެމްއެލްއެސް ކަޕް ފައިނަލަށް

Nov 30, 2025, 8:09 AM
މެސީގެ މިއާމީން އީސްޓާން ކޮންފަރެންސް ކާމިޔާބުކޮށް އެމްއެލްއެސް ކަޕް ފައިނަލަށް

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ނޮވެމްބަރު 30) - ލިއޮނަލް މެސީގެ އިންޓަ މިއާމީން 5-1 އިން ނިއުޔޯކް ސިޓީ ބަލިކޮށް އެމްއެލްއެސްގެ އީސްޓާން ކޮންފަރެންސް ޗެމްޕިއަންކަން ހޯދައި، އެމްއެލްއެސް ކަޕް ފައިނަލުން ޖާގަ ކަށަވަރުކޮށްފި އެވެ.

ފުރަތަަމަ ފަހަރަށް އީސްޓާން ކޮންފަރެންސް ފައިނަލުގައި ކުޅުނު އިންޓަ މިއާމީން ވަނީ މި މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެ، ނިއު ޔޯކް ސިޓީ އަށް މާ ބޮޑު ފުރުސަތެއް ނުދީ މެޗުން ނަތީޖާ ނެރެފަ އެވެ. އުމުރުން 38 އަހަރުގެ މެސީ، މި މެޗުގައި ލަނޑެއް ނުޖުހުނު ނަމަވެސް އެއް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީ ޖުމްލަކޮށް، ގިނަ އެޓޭކްތަކުގައި ހިއްސާ އަދާކުރި އެވެ. މި މެޗުގައި، މިއާމީގެ ޓަޑެއޯ އަލޭންޑޭ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ލަނޑުތައް ޖެހީ، މަޓެއޯ ސިލްވެޓީ އާއި ޓެލަސްކޯ ސެގޯވިއާ އެވެ.

މި މެޗުގައި، ނިއު ޔޯކްގެ ހަމައެކަނި ލަނޑު ޖެހީ އެ ޓީމުގެ ފަހަތަށް ކުޅޭ ޖަސްޓިން ހާކް އެވެ.

މެސީގެ ކެރިއަރުގައި ލިބުނު 47 ވަނަ ޓްރޮފީއާ އެކު، ދެން އޭނާ އަމާޒުހިފާނީ، ކުރިއަށް އޮތް އެމްއެލްއެސް ކަޕް ކާމިޔާބުކުރުމަށެވެ. އެމްއެލްއެސް ކަޕްގައި، އިންޓަ މިއާމީން ކުޅެން ޖެހޭނީ ވެސްޓާން ކޮންފަރެންސްގެ ޗެމްޕިއަން، ޖަރުމަނުގެ ލެޖެންޑް ތޯމަސް މުލާ ކުޅެމުން އަންނަ ވެންކޫވާ ވައިޓްކެޕްސްއާ ދެކޮޅަށެވެ.

ވެންކޫވާ ވައިޓްކެޕްސް އިން ވެސްޓާން ކޮންފަރެންސް ކާމިޔާބުކުރީ ފައިނަލުގައި، ސެން ޑިއޭގޯ އަތުން 3-1 އިން މޮޅުވެގެންނެެވެ. މިއާމީ އާއި ވެންކޫވާ އިން ކުޅޭ އެމްއެލްއެސް ކަޕް ފައިނަލް އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox